އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒަށް އއ.ރަސްދޫގެ ރައްޔިތުން ޚޫނު މަރުޚަބާއެއް ކިޔައިފިއެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު އއ އަތޮޅުގެ ރަސްދޫ އަށް ވަޑައިގަތުމުން ރަސްދޫގެ ކުދި ބޮޑު އެންމެން އެ ރަށުގެ ބަނދަރަށް ނިކުމެ ވަނީ ތަފާތު ގޮތަކަށް ޚޫނު މަރުޚަބާ އެއް ކިޔާފައެވެ.

ބަނދަރުގެ އެއްކޮޅުން ފެށިގެން ޕީޕީއެމްގެ ޖަގަހަ އާއި ހަމަޔަށް ރައްޔިތުންގެ ސަފު އޮތް އިރު ހުރިހާ އެންމެން ވެސް ގޮވަމުން ދިޔައީ "ޑރ.މުއިއްޒު އެއްބުރުން" ހޮވާނެކަމަށެވެ.މާ ފަތި ތަކުން އެމަނިކުފާނުގެ ކަރު ފުރާލައިފައި ވާއިރު ފެނިގެންދިޔައީ ރައްޔިތުން ޑރ.މުއިއްޒުގެ ވެރިކަމަކަށް ބޭނުންވެފައި ހުރި މިންވަރެވެ.

"ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ކުރިމަތިލާފައިވައިރު އެނެމެ ޤާބިލުކަމަށް އަޅުގަނޑު ދެކެނީ ޑރ.މުއިއްޒު.ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް" ސަފުގައި ހުރި ރަސްދޫ ޒުވާނެއް ވަގުތައް އޭނާ ދެކޭގޮތުގައި ޑރ.މުއިއްޒު ޤާބިލު ގޮތް ވަނީ ހާމަކޮށްދެއްވާފައެވެ.

ޑރ.މުއިއްޒު އަށް ރަސްދޫގެ ޒުވާނުންގެ ބޮޑުބެރު ގްރޫޕުން ވެސް ވަނީ ބެރުޖަހާ ޚޫނު މަރުހަބާއެއް ކިޔާފައެވެ.އެމަނިކުފާނުގެ ކެމްޕެއިން ލަވައެއް ކިޔައި ޒުވާނުން ވެސް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ކުރާނީ ޑރ.މުއިއްޒުކަމަށް ބުނެފައެވެ.

ރަސްދޫއިން ކީ ޚޫނު މަރުޚަބާއެއް ކަން ފާހަގަކުރައްވާ ޑރ.މުއިއްޒު އެރަށުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެ ރަށުގައި ނުނިމި ހުރި މަޝްރޫޢުތައް ނިންމާދެއްވާނެކަމަށެވެ. ރަސްދޫގެ މަގުތަކުގައި ތާރު އަޅުއްވައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަރުކާރުން ވޭތުވެގެންދިޔަ 5 އަހަރު ރަސްދޫގައި އެއްވެސް މަޝްރޫޢުއެއް ނިންމާފައި ނުވާކަމަށް ވެސް މުއިއްޒު ވަނީތަކުރާރުކުރައްވާފައެވެ.

އެގޮތުން ރަސްދޫގެ އާބާދީއާ އަޅާ ކިޔާފަ ރަސްދޫއަކީ އެންމެ މިސްކިތެއް ހުރެގެން ވާނެ ތަނެއް ނޫންކަން މުއިއްޒު ވަނީ ފާހަގަކޮށްފައެވެ.ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އިންތިޚާބު ވެގެން ދާނަމަ އެންމެ ފުރަތަމަ ވެސް އިސްކަންދޭނީ ރަސްދޫަގައި އިތުރު މިސްކިތެއް އެޅުން ކަމަށް މުއިއްޒު ވިދާޅުވިއެވެ."މި ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައި ވަނީ މިސްކިތްތަކަށް. މި ރަށުގައި ވެސް ހުރީ އެންމެ މިސްކިތެއް.ރާއްޖޭގެ ގިނަ ރަށްރަށުގައި ހުރި މިސްކިތްތަކުގެ ޓިނުން ފެން ފައިބާ. އެހެންވީމަ އަޅުގަނޑު ބަލާނަން މި ރަށުގައި މިސްކިތެއް ޤާއިމްކޮށްދެވޭތޯ." މުއިއްޒު ވަނީ މިސްކިތެއްގެ ޔަގީންކަން ރަސްްދޫގެ އެންމެހާ ރައްޔިތުންނަށް އަރުވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއިއްޒުގެ ފަހަރު

    އެއްކޮޅުގަ މުއިއްޒު، އަނެއްކޮޅުގަ ހުސް މި ނުލަފާ ކޯލިޝަންގެ ބައިވެރިން.
    ރައްޔިތުން ބިކަކޮށް ނިކަމެތި ކޮއްލި ކޯލިޝަންގެ ބައިވެރިން. ރައްޔިތުން އާދޭސް ކުރަނީ ހެޔޮ ބަދަލަކަށް. އޭއީ މުއިއްޒު