ދަނޑުވެރިންނާއި މަސްވެރިންގެ ހުވަފެންތަކުގައި ކުލަޖައްސާ ދެއްވާނެ ކަމަށާއި، ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކާށިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކާށިދޫއަކީ ދަނޑުވެރިކަމުގެ މަސައްކަތް ވަރަށް ފުޅާކޮށް އަދި ވަރަށް ފުރިހަމަކޮއް ކުރަމުންދާ ރަށެއް ކަމުން، މިހާރުގެ ސަރުކާރުން ދަނޑުވެރިންނަށާއި މަސްވެރިންނަށް ދޭ އިސްކަމަށް ވުރެއް ބޮޑު އިސްކަމެއް ދޭނެ ކަަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުގައި ދަނޑުވެރިކަން ރާއްޖޭގައި ވަރަށް ބޮޑު އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިއްމާފައިވާ ކަމެއް. މި ސަރުކާރަށް ވުރެއް ބޮޑު އިސްކަމެއް ދީގެން މުޅި ރާއްޖެއަށް ބޭނުންވާ ފުޑް ސެކިއުރިޓީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުން ވާ ވަރަށް އެކި ކަހަލަ ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދާ އަޅުގަނޑުމެންގެ ފުޑް ސެކިއުރިޓީ ޔަގީން ކުރެވޭ ވަރަށް އެކަން ކުރާނާން.". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާޔަތުގައި އަދި އެ މަސައްކަތް އަލުން ފަށަން ބޭނުންވާ ފަރާއްތަކަށް ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ކަންކަމުގެ ސަބަބުން ޒުވާނުންނާއި އެކި އުމުރުފުރައިގެ ފަރާތްތަކައް ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދުމަގެ މަގު ފަހި ވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެެވެ.

ޑރ. މުއިއްޒު ކާށިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"އަޅުގަނޑުމެންގެ ގައުމުގެ އިގްތިސޯދް އޮތް ހިސާބުގެ ސަބަބުން އަޅުގަނޑުމެންނަށް މިރަށައް ވެސް އިންވެސްޓަރުން ނުގެނެވިގެން މި އުޅެނީ ، ސަބަބަކީ އިގްތިސޯދަކު ނެތް އިންވެސްޓަރުންނަކަށް އެއްވެސް އިތުބާރެއް! އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ އިންވެސްޓަރުންނަށް އިތުބާރު އުފެއްދުމަށް.". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ އިތުބާރު އިންވެސްޓަރުންނަށް އުފައްދަދީގެން ކާށިދޫގެ ލޯކަލް ޓޫރިޒަމް ފުޅަކޮށް ޓޫރިޒަމް ސިނާޔަތުގައި ކުރިޔަށް ދާން ބެނުން ވާ ހުރިހާ ފަރާއްތަކަށް އެ ފުރުސަދު ފަހި ކޮށްދެއްވާނެ ކަމަށެވެ. އަދި ޓޫރިޒަމް އާއި ދަނޑުވެރިކަން ކުރިއަށް ގެންދިޔުމުގެ އިތުރުން މިރަށުގެ ފަޅުތެރޭގެ ބޭނުން ކޮށްގެން މިރަށަށް، ފައިދާވާނެ ގޮތަށް، މި ރަށުގެ ފަޅުތެރެއިން ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީ ކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ގައުމުގައި ތިބެން ޖެހޭނީ ދިވެހިންގެ ނިންމުންތައް ބަލައިގަންނަ ދިވެހިން ބޭނުން ވާ ގޮތައް ކަންތައް ކުރާ ބައެއްކަން ފާހަގަކުރައްވަމުން ޑރ، މުއިއްޒު ވިދާޅުވީ، މި ހުރިހާ ކަމަކަށް ވިސްނައިގެން ގައުމީ ވިސްނުމެއްގައި މި ހޮނިހިރު ދުވަހު ގައުމު ސަލާމަތްކުރުމަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާރި

    ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުން އެ ރަށު ރައްޔިތުންނަށް ހައްގު. މި ސަރުކާރުން އަންނަނީ އަންނަނީ ކިޔާލަ ކިޔާލަ 5 އަހަރު ދުއްވާލީ. މުއިއްޒަށް މިކަން ވާނެ

  2. Anonymous

    ކާށިދޫ ފަޅުގައި ރާ ވިއްކީމާ ކާށިދޫ މީހުން ރާ ގަނެގެން ރާ ބޯނެ ދޯ. ރާބުއިމާއި ރާ ވިއްކުމާއި ރާ ގެންގުޅުމާއި ރާ އުފުލުމާއި ރާ ތަށްޓަށް އެޅުމާއި ރާ ފުޅި ގެނައުމާއި ރާ ވިއްކާ ރިސޯޓު ހެދުމާއި ރާ ވިއްކާ ރިސޯޓު ހަދާނަމޭ ބުނަކީ ޙަރާމް ކަންކަން ދޯ.