އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭނަށް ވަމުންދާ ވައުދުތައް ސަރުކާރުން ކޮޕީ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރޭ ކ. ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ފެންނަމުން ދަނީ އޭނާ ޕޯޑިއަމްއަކަށް އަރައި ވާހަކަ ދައްކާލާއިރަށް ކޮޕީ ކުރަމުންދާ މަންޒަރު ކަމަށެވެ.

އަދި އެކަން ގދ. ތިނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަތަކުން ވެސް ހާމަވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކުރީ ދުވަހު އަޅުގަނޑު ގޮސްފައި ތިނަދޫގައި އިއުލާންކުރީ ތިނަދޫ ރައްޔިތުންނަށް އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ސަރުކާރެއް އައިއްސިއޭ، ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ތިނަދޫއަކީ މިހާރުވެސް ރައީސް ޔާމީންގެ ވެރިކަމުގައި ސިޓީއަކަށް ބޭނުންވާ ވަރަށް އިންފްރާސްޓަރަކްޗާ ގާއިމުކޮށްފައިވާތީ އެކަށީގެންވާ އާބާދީއެއް ވެސް އެބަ އޮތޭ 10،000 ހަމަ ނުވިޔަސް. އަދި ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން އެވަރަށް އާބާދީ ހަމަވަންޏާ އެހެން ރަށްތަކަށް ވެސް އެ ފުރުސަތު ލިބޭނެތާ.". މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ ތިނަދޫއަކީ ސިޓީއަކަށް ހަދާނެކަމަށް އިއުލާން ކުރި ކަމަށާއި އަދި ސަރުކާރުން އެ ވައުދު ކޮޕީކޮށް ދެ ދުވަސް ނުވެ ތިނަދޫ ސިޓީއަކަށް ހެދި ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

ރޭ އިދިކޮޅުން ތުލުސްދޫގައި ބޭއްވި ޖަލްސާގައި - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

މުއިއްޒު ވިދާޅުވީ އެ ނިންމުމާއެކު ވަރަށް އުފާވެލެއްވި ކަމަށެވެ. އަދި ތިނަދޫގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވިއެވެ.

އެކަމަކު ޕީޕީއެމް/ ޕީއެންސީން ކަންކުރާނީ ނަމުން އެކަނި ނޫން ކަމަށާއި ކަން ކުރެވޭކަން ދައްކާނީ ކަންކަންކޮށްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ނަން ބޯޑު ޖަހާފައި ހުރި ކިތަންމެ ރަށަކަށް ވެސް ދެވިއްޖެ ކަމަށާއި އެގޮތުން ނަމުން ހޮސްޕިޓަލު ކިޔަައިގެން އުޅޭ ތަންތަނުގައި އާދައިގެ ހެލްތު ސެންޓަރަކަށްވުރެ ވެސް ހިދުމަތް ދަށް ކަމަށެވެ.

ރޭ ބޭއްވި ޖަލްސާގައި މުއިއްޒު - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"އެހެންވީމާ ތިނަދޫގައި ތިނަދޫ ސިޓީ ޖެހިދާނެ. އެކަމަކު އެއްވެސް ކަމެއް އެތަނަށް ނުކޮށްދިނީމަ ކޮބައިތޯ އިހުލާސްތެރިކަން. ހަމަ މި އަތޮޅުގައި ވެސް މި ފެންނަނީ އިންތިހާބަށް ދެތިން ދުވަހަށް ވީމަ އެއް އެއްޗެއް ގެންނާނެ. އަނެއް އެއްޗެއް ގެންނާނެ. މި ދިވެހި ރައްޔިތުންނަކީ ގުނބޯ ހެއްދޭނެ ބަޔަކަށް ހެދޭނެތޯ" މުއިއްޒު ވިދާޅުވިއެވެ.

މިގޮތަށް މުއިއްޒު ވިދާޅުވީ، ތިނަދޫ ސިޓީ އަކަށް ބަދަލު ކޮށްފައި ވަނީ މުއިއްޒު އެ ވާހަކަތައް ދެއްކިތާ ދެ ވަރަކަށް ދުވަސް ފަހުންނެވެ. އަދި މުއިއްޒު ޕާކިންގ ސްޓިކާ މައާފުކޮށްދޭ ވާހަކަދެއްކިތާ ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި އެކަންވެސް މި ސަރުކާރުން ވަނީ ކޮށްފައެވެ.

މުުއިއްޒު ރޭ އިތުރަށް ވިދާޅުވީ މިހާރުގެ ޖީލަަކީ ތައުލީމީ ޖީލެއް ކަމަށާއި އަދި މިި ޖީލު ހުރީ ކަންކަމަށް ލޯ ހުޅުވިފައި ކަމަށެވެ.

ދެތިން ދުވަހަށް ވުމުން ހައި މާކެއް ގެނެސް އަދި ދެތިން ދުވަހަށް ވުމުން ނަން ބޯޑުތައް ބަދަލުކުރުމުން މުއިއްޒު ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރު ސިފައިން ތިބެގެން ނުވާނެ ކަމަށް ވެސް މިރޭ މުއިއްޒު ވިދާޅުވިއެވެ. އަދި ރައްޔިތުން ތިބީ އެ ފުުރުސަތު ދޭގޮތަށް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އެހާ ދަށު ދަރަޖައިގެ ބަޔަކަށް ވެގެން ނުވާނެ. އަޅުގަނޑުމެންގެ މިނިވަންކަން ދޫކޮށްލައިގެން ނުވާނެ. އެހެން ދައްކާލާ ދަޅައަކަށް. އެއަށް ވުރެ ގައުމު ދެކެ ލޯބިވާން ޖެހޭނެ އަޅުގަނޑުމެން " މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އިބޫ ނޯވޯޓް އިނގޭ ، ގާސިމްބެވެސް ނޯވޯޓް އިނގޭ ، އުމަރުވެސް މިހެން ގޮސް ކިޔާނެ ކަމެއްނެއް 8 ހަމައައް ނޯވޯޓް އިނގޭ.

    • އިބޫ

      އިބޫ ވޯޓް ހޯދަން ކުރާކަމަކީ ޕްރޮޖެކްޓްތައް ފައްޓާނީ މަޖިލިސް އިންތިހާބު ނޫނީ ކައުންސިލް ވިޔަސް. ސްޕީޑް ބާރުވާނެ . އިންތި ހާބުތައް ނިމުނީމަ އަސްލު ސްލޯ ސްޕީޑައް ވެއްޓެނީ

    • ޔަހޫ

      ވަޒީފާތައް ވެސް ބަހަނީ އިންތިހާބު ކައިރި ވީމަ

  2. މުއ

    ސައިކަލް ސްޓިކާ ކަހަލަ ކުދި ކަންކަން ކޮޕީ ކުރެވޮދާނެ. ނަމަވެސް 5 އަހަރު ތެރޭ ފްލެޓެއް ނޭޅުނު މި ސަރުކާރުން ކޮޕީ ނުކުރެވޭނެ ކަންކަން ބައިވަރު. މިސާލަކަށް:
    ގޯތި ލިބުނު މިހުންގެ ގޯތި ހަދައިދިނުން
    މާލެ ކައިރި ފަޅެއް ހިއްކައި ގޯތި ދިނުން
    ރައްރަށުގަ އެއާރޕޯޓުތަކާއި ޓުއަރިޒަމް ތަރައްގީ ކުރުން
    އިންޑިޔާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރުން.

    މިކަންކަން ކުރެވޭނީ ހަމައެކަނި މުއިއްޒުއަށް

  3. ހަމްޒާ

    ކަމެއްކު ކުރަން ނޭންގެ ނުނުކުރެވޭ މީހުން ކަންތައް ކުރާނީ އެގޮތައް ހަމަ އިންތިޚާބައް ނުފޫޒުފޯރުވަން މިރިޝްވަތު ސަރުކާރުން ކިތަންމެ ވަރަކައް ދަޅަދެއްކިޔަސް ﷲ އިރާދަކުރެއްވިއްޔާ ދެވަނަ ދައުރަކައް ސޯލިހެއްނުހޮވޭނެ

    • Anonymous

      ހެހހެ ސޯލިހު ހޮވުނަސް ނުހޮވުނަސް ޔާންޓޭ ޖަލަކުން ނުނިކުންނާނެ

  4. މޫޒޫ

    ހެހހެހެެ ނެތްތަ އެހެން ޖޯކެއް

  5. އަޒީޒް

    ތިހާ މޮޅެތި މީހުން އަޑުނާހާ ވައުދުތަކެއްތާ.. ވައުދުތަށް ކޮޕީރައިޓްކޮއް ޕޭޓަންޓުކޮއް ރަޖިސްޓުރީ ކުރަންވީނުން. މީނާއަކަށް ނޭނގޭ ސިޔާސީ ކެމްޕެއިންކި ކޮބާކަންވެސް.

    • Anonymous

      ކމނޕ

  6. ޢަލިފްަަަ

    ޢެއީި ޑިކްޓޭޓަރުންގެ ވައްތަރު

    • ކަދުރޭ

      .މުއިއްޒޫ. ކަލެއައް ނުވާވަރުގެ ކަންތަކައް ވައުދު ވަނީ ކީއްކުރަން. ޚަލޭ ތިއުލެނީ ވޯޓު ރޭޕް ކުރަންތަ؟ތިކަމެއްނުވާނެ.

  7. ނުފެނެއޭ

    ރާއްޖޭގައި ކޮޕީ ކުރުން އެއީ އެއްވެސް މައްސަލަ އެއް ނޫނޭ ޓީވީއެމް މެންދުރު ފަސް ޕްރޮގްރާމް ގައި އެގެނެސްދޭ އެއްވެސް ކޮލިޓީ އެއް އަދި އޮށްޓަރެއް ނެތް ކާޅު ޕްރޮގްރާމް އަކީ އެއީ ޔާރާ ދިލްދާރާ ހިންދީ ރާގަށް ހަދާފައި ހުންނަ ދިވެހި ލަވަ ކޮޕީ ކޮށްގެންނޭ މުއިއްޒު ކެމްޕެއިން ގައި ރާއްޖެތެރޭގައި ޖަހާ ލަވަ ތަކަކީ ވެސް ހިންދީ ލަވަ ކޮޕީ ކޮށްގެންނޭ އެކަން ކުރަނީ ގާސިމް އިބްރާހިމް އެކަނި ކެމްޕެއިން ލަވަ އަމިއްލަ ރާގަށް ހަދައިގެން ކިޔަނީ މުއިއްޒު ތާހިރެއްނޫނޭ

  8. nimenee

    މިވެރިކަން ދެން މިނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ ނިމެނީ