ސީރިޔާގައި ހާލުގައި ޖެހިފައިވާ ދިވެހި އާއިލާތަކަށް ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ހާރިޖީ ސިޔާސަތުގެ ފައިދާ ވާނީ ދިވެހި ރަށްޔިތުންނަށް ކަމަށެވެ. ބޭރު ގައުމެއް ވިއްޔާ އެ ގައުމެއްގައި ތިބި ދިވެހި ރައްޔިތުންނަށް އޭނާގެ ހާރިޖީ ސިޔާސަތުގެ ފައިދާވާނޭ ކަމަށް ވިދާޅުވިއެވެ. އަދި އެ ސިޔާސަތުން ފައިދާވަނީ އެހެން ގައުމެއްގެ މީހުންނަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ބަޔަކަށް އޭގެން ފައިދާ ވަނީ ދިވެހިންނަށް ފައިދާވެފައި ކަމަށް ވިދާޅުވިއެވެ.

ނައިފަރުގައި ރޭ ބޭއްވި އިދިކޮޅު ޖަލްސާގައި މުއިއްޒު އާއި އަދި ބައެއް ބޭފުޅުން - ވަގުތު އިމޭޖްސް: މުހައްމަދު އަލިފު

"ސީރިޔާއަށް ގޮސްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ނިޔާވެގެން އެމީހުންގެ ކުދިން ޔަތީމްވެ މިސްކީނުވެ އަޅާލާނެ މީހަކުނެތި ނިކަމެތި ހާލެއްގައި އުޅެނީ. އެހެންވީމަ މިކަން ރަނގަޅަށް ބަލަންޖެހޭ. ބަލާފައި މި އޮންނަ އުސޫލުތަކުގެ ތެރެއިން ވީހާވެސް ރަނގަޅަށް އެކުދިންނާއި މެދު ކަންތައްތައް ކުރެވޭނެ ގޮތެއް ރާވައިގެން އެކުދިން އަނބުރާ މުޖްތަމައަށް ގެނައުމަކީ ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލްކުރަނީ.". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެކަމު އެކަންތައް ވަރަށް ރަނގަޅަށް ބަލަންޖެހޭނެ ކަމަށާއި މާދަމާ އެ ކުދިން ރާއްޖެ ގެންނާނަމޭ ނުބުނެވޭނެ ކަމަށެވެ. ނަމަވެސް އެއީ ދިވެހި ރައްޔިތުން ކަމަށާއި އެހެންކަމުން ސީރިޔާގައި ތިބި އާއިލާތަކަށް ރަނގަޅު ހައްލެއް ގެނެސްދިނުމަށް އެކަން އޮންނަ ގޮތް ބަލައިގެން އެންމެ ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނާއި ގަވައިދާ ހިލާފަށް އޭނާ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެއްވެސް ފައިސާއެއްގައި ނުޖެހޭނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

މިރޭ ނައިފަރުގައި ބޭއްވި އިދިކޮޅު ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލިފު

"ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު 13 މިލިއަން މުޅި މިނިސްޓްރީގެ ހަތް އަހަރުގެ މަސައްކަތްތަކުގެ އަގަކީ. އެހާ ފައިސާ އަޅުގަނޑު އިސްވެ ހުރެގެން ބެލި މިނިސްޓްރީއަކުން ހަރަދުކޮށްފައިވޭ އެކިއެކި އުމްރާނީ ތަރައްގީގެ އެކި މަސައްކަތްތަކަށް. އެންމެ ރުފިޔާއެއްގައި ވެސް ޖެހިފައެއް ނޯންނާނެ. އެކިއެކި މާލީ ޒިންމާދަރު ވެރިން އެތާގެ ހިންގުމުގައި އޭރު ތިއްބެވި. އެ ބޭފުޅުން ހެކިވާނެ މިކަމާ. އެއްވެސް ބޭފުޅަކުު ވިދާޅެއް ނުވާނެ މިހާރު ގެނެސް ސުވާލުކުރިއަސް، ވިދާޅެއް ނުވާނެ އަޅުގަނޑު ފައިސާއެއްގައި ޖެހުނޭ.". މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފަހުން ގެއްލުންވާނެ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އޭނާ ޖަވާބު ދާރީ ވަންޖެހޭނީ ހަމައެކަނި މިހާރަކަށް ނޫން ކަމަށާއި އާހިރަތް ދުވަހަށް ވެސް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތ

    މިގައުމަށް އެންމެ ރަގަޅުގޮތަކީ މުއިއްޒެވެ އެންމެގެ ވޯޓް މުއިއްޒަށް ދެއްވާ

    • ށުވޭސ

      ސީރިޔާ އަށް މީހުން ފޮނުވި މީހުނަށް އެގޭނީ ގެންނަންވެސް

  2. މެދުއިރުމަތި

    މިގައުމުގައި އުޅޭ ސަލާންޖަހާ ސީރިއާގެ މީސްކޮޅެއް ވެސް.

  3. އޮއިވާލި

    މުއިޒް ވެރިކަމަށް އައިސްފިނަމަ މާރިއާ އެބުނާގޮތަށް މިގައުމުގެބސްކޫލް ނިންމާ ކުދިން ކަންދަހާރަށް ކިއަވަން ފޮނުވާނެހެން އެބަހީވޭ އަސްލު މުއިޒް އަށް ވޯޓުދޭން ބޭނުންވޭ އެކަމަކު ހަރުކަށި ސައިޑުގަ އުޅޭހެން ހީވާތީ ގައުމު ހަލާކުގެމަގަށް ހިގައިދާނެތީ އެބަ ބިރުގަނޭ ވޯޓުދޭން

  4. އޮއިވާލި

    އަސްލު އިދިކޮޅަށް ވެރިކަން ގެންދަން ބޭނުންނަމަ ޕީޕީއެމްއިން މީހަކު ނެރެންޖެހޭ ފަހަރެއް މިފަހަރުމިއީ