ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިޙް އަލީ ޒައިދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދޫކުރައްވާ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.

އޭނާ މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާގެ ތާއިދު އޮތީ މުއިއްޒު އަށް ކަމަށެވެ. އަދި މިގޮތަށް ނިންމީ މިވަގުތު ގައުމުގެ ވެރިކަމަށް އެންމެ މުނާސަބަ ކެންޑިޑޭޓަކީ މުއިއްޒު ކަމަށް އޭނާއަށް ގަބޫލު ކުރެވޭތީ ކަަމަށްވެސް ޝެއިޙް ޒައީދު ވިދާޅުވިއެވެ.

"ދުއާއަކީ ﷲ ތައާލާ ހެޔޮތައުފީގު ދެއްވުން. އާމީން". އޭނާގެ ޕޯސްޓްގައި ވެއެވެ.

ޝެއިހް ޒައިދު ޑރ. މުއިއްޒަށް ތާއިދު ކުރައްވަން ނިންމެވިއިރު، އިއްޔެ ދީނީ އިލްމުވެރިންގެ ތެރެއިން 24 އިލްމުވެރިއަކު ރަައިސް ސޯލިހަށް ތާއިދު ކުރައްވާކަން ހާމަކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.

ޒައިދަކީ މި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

ޒައިދުގެ އިތުރުން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާއެއްް ކަމަށްވާ އިލްމުވެރިންގެ ގުޅުމުގެ ގިނަ އަދަދެއްގެ ފަރާތްތައްވެސް ތާއިދު ކުރައްވަނީ ޑރ. މުއިއްޒުއަށް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ލުތުފީ

    ނޮވެންބަރް 3 1988 ބަޑި ބުރާސްފަތި ހަނދާންވެ 3 ކައްވޯޓްދޭންބޭނުންނުވީބާ ނޮވެންބަރް 4 ފަތިހު ރާއްޖެއަމާންވީ އެންވީމަކަމައްވެދާނެ އެގޮތައް ނިއްމީ ދިވެހީންގެރާއްޖެއައްއެނބުރިދާން

    • Anonymous

      ތެދުފުޅެއް

      • ފޯކަސް

        ޒައިދު ނެތް ތަން ފޫބެއްދުމައް އަހަރެން 10 މީހުންގެ ތާއި ދު ސާލިހައް ހޯދައިފިން. ޒައިދައް ދެވޭނީ 1 ވޯޓު. ސާލިހައް 10 ވޯޓު އިތުރު ވެއްޖެ.

    • Anonymous
  2. ގިތެޔޮ

    އަލްހަމްދުލިﷲ. ވަރަށް ފުރިހަމަ ނިންމުމެއް

  3. ބަރަބޯ

    ހެޔޮވިސްނުން ދެއްވީތީ ﷲ އަށް ހަމްދު ކުރަން.

  4. މުއިއްޒު އެއްބުރުން

    ވަރަށް އުފާ ކޮއްފިން. ރާއްޖޭގަ 363 އިލްމުވެރިން ތިއްބެވިއިރު އިބޫ އަށް ތާއީދު ކުރާ ބޭފުޅުން ގާތްގަނޑަކަށް ދެ އަތުން ގުނާލެވޭވަރު ވާނެ.
    ދެންތިބި ގިނަ ބޭފުޅުން މުއިއްޒަށް ތާއީދު ކުރާކަން ފާޅުކުރައްވަމުން އެ ގެންދަވަނީ.
    އިބޫގެ ލާދީނީ ކަމާއި ކޮރަޕްޓުކަމާއި ނާގާބިލުކަމާއި ބާލާއިރު މުއިއްޒަކީ ހަމަ ޖަވާހިރެއް. މާޝާﷲ

  5. ބޮލުރޮދި

    އަލްޙަމްދުލިއްﷲ! މަރުޙަބާ ޝައިޚް ޒައިދު! 9 ސެޕްޓެމްބަރ 2023 ގެ އިންތިޚާބު ގައި ﷲގެ ތަނަވަސް ރަޙްމަތް ފުޅުން ޑރ. މުޢިއްޒުއަށް ކާމިޔާބީ ދެއްވާށި. އާމީން

    • ނަންނި

      އާމީން އާމީން އާމީން

  6. ސަރަފަކައްދަ

    ސޭޙުންތައް ކިއެއްވެގެންތަ މިއުލެނީ ސިޔާސީ ވެގެން. ހަމަ އަމިއްލަ އެދުމުގާ ދޮތަ! ބޭނުންވަނީ ފައިސާ ފައިސާ ފައިސާ ދޮތަ! ﷲ އަށް ބިރުވެތި ވުމެއް ނޯވޭ ދޮތަ!

    • ސޭކު

      100 ގެ ވާހަކަ

  7. ޜައޫ

    ރާއްޖޭގެ ގިނަބަޔަކު ތިކަމަށް މަރުހަބާ ކިޔާނެ. ޤައުމާއި ދީން އަދި ރައްޔިތުންވއިސްކުރީކަން ޔަޤީނެވެ.ފާޙިޝް ޢައްޔާސީ ކަންކަމާއި ނުރުހުނީ އެވެ.

  8. ސޭކު ގޮލާ

    ޕީޕީއެމް އިން ތިކަހަލަ ސޭކުން ބޭނުމެއް ނުވާނެ. ތިކަހަލަ މީހުން އައިމަ އިތުރަށް ވޯޓް ގެއްލޭނީ. ގައުމުގެ ހަލާކު.

    • Anonymous

      ތި ކަމަށް ތާއީދު. ވަރައް ފޫހި ވެއްޖެ ތިޔަ މީހާ ގަނޑު އައުމުން. މުއިއްޒު ހޮވިގެން އެއްފަރާތުގަ ހުންންން ޖެހިދާނެތީ ބަދަލު ކޮއްލީ

  9. އާދޭސް

    الحمدلله.
    ހެޔޮވިސްނުން ދެއްވިކަމަށް ޓަކައި ﷲ އަށް ޙަމްދުހުރި.
    މިޤައުމަށް ހަދަމުންމިދާ ގޮތް އެނގިތިބެ އާޚިރަތް ނަގާލުމުގެ ކޮންފައިދާއެއްތޯ އޮތީ . ދުނިޔޭގެ ވެރިކަމަށްޓަކައި ވޯޓްގެ ބޭނުމުގައި ބޮޑެތި ކުށްވެރިން މުޖުތަމަޢުގެ ތެރެއަށް ދޫކޮށް
    ކޮބާތޯ އިންސާފު. ލިވާޠު ކުރިމީހުންގެ އަދަބުވެސް ނިންމާލި. ކީރިތި ޤުރުއާންގައި އެކަމުގެ ނުބައިކަން އަންގަވާފައިވާއިރު ލޫތުގެފާނުގެ ޤައުމަށް ފޮނުއްވި ގަދަފަދަވެގެންވާ ޢަޒާބު ނުވެސް އެނގޭކަހަލަ. ރަށެއްގެ މައްޗަށް އޮތްފުއް ވަތަށްޖައްސަވާ އަލިފާނުގެ ވާރޭވެއްސެވިކަން އަންގަވާފައި އެބައޮތް. ޒައިދު މެންނަށް މިކަންކަން އެނގިވަޑައި ގަންނަވާތޯ. ދުނިޔޭގެ މަންފާއަށްޓަކައި ވޯޓްނުދީ ދަރިންނޭ. އާޚިރަތް ރަނގަޅު ކުރަން އެންމެވެސް އުޅެންވީ. ގުޅިފައި ހުރީ ގެރިމޯދީ. މުސްލިމުންގެ ބޮޑު އަދުއްވެއް. އިންޑިއާގެ މުސްލިމް ދަރިވަރުންނަށް ބުރުގާ ގަނޑު އަޅައިގެން ސުކޫލްތަކަށް ނުވަދެވޭ. އިންޑިއާގެ ސިފައިން ތިބި ޢަދަދު ވެސް ނުކެރުނު ހާމަ ކުރަން. ކަމެއްވީމާތާ. މިވަބާއިން ސަލާމަތް ވުމަށް މުޢިއްޒަށް ވޯޓް ދެއްވާ ރައްޔިތުންނޭ

  10. Anonymous

    މީހަކަށް ހެޔޮ ވިސްނުން ކޮންމެ ވަގުތެއްގައިވެސް ލިބިދާނެ

  11. މަރޮށި އަލީ

    ޝޭހު ޒައިދުއަށް ﷲ ހެޔޮވިސްނުން ދެއްވީތީވެ އެކަލާގެ ހަޒުރަތަށް ހަމްދާއި ސުކުރުކުރަން.

    • އއ

      މި ޤަވްމަށް ވަމުން މިދާގޮތް ޒައިދު އަށް ފަހުމް ވީކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރަމެވެ. ތިމާއަށް ލިބިހުރި ޢިލްމަކީ ކޮންމެވަޤުތެއްގައިވެސް ތިމާއަށް ފައިދާކޮށްފާނެ އެއްޗެކެވެ.

  12. ެއއއއ

    ހީވަނީ މުއީޒު ހޮވޭނެ ކަމައްލާކުރެވޭތީ ކުރިކަމެއްހެން.

  13. ހިދަަޔަަޓް

    ޒައިދުއަށް ހެޔޮ ވިސްނުން ދެއްވީތީ ﷲ ހަމްދަަސުކުރަން އެފަދައިން މިގައުމުގަަތިބި ދީނީ ހުރިހާ އެންމެނަަސް ހެޔޮވިސްނުންދެއްވާށި އާމީން

  14. Anonymous
  15. ކަރި

    ތީތި އިލްމުވެރިންގެ ފެންވަރު. މިހާރު ކުރިން ޒައިދު ގޯސްވެފައި އޮތީ ފިރިހެންކުޅުއަށް ގޮވާ މިހާރު ޕީޕީ ކުދިންނަށް ހުދުކާފޫރައް ބަދަލުވާނެ މިއަދުން ފެށިގެން ހެއްވާ ބަޔެއްތީ!

  16. އަހްމަދު

    ޒައިދުއަށް ﷲ ހެޔޮވިސްނުންދެއްވިކަމަށްޓަކާ ﷲއަށް ހަމްދުކުރަން

  17. ނަރުގިސް

    ޒައިދު އިރުއަރާ އިރަށް އެއްގޮތައް އިރު އޮސޭއިރު އެހެން ގޮތަކަށް!

  18. އަޙްމަދު

    ވަކިޕާޓީއަކަށް ވަނީމަ ދޯ މި މީހުންބުނާގޮތުން ފާފަ ފުއްސަވަނީ . މިހާރު ޒައިދަކީ ސާފު ޠާހިރު މޮޅު ދީނީ ޢިލްމުވެރިެއް.

    • ގުއި

      ތެދެއްތިބުނީ

  19. ޙައްޕު

    ބޭފުޅާ ރާއްޖެ ދޫކުރައްވާ ވާހަކަ އަޑުއިވުނުނަމަ ވަރަށްބޮޑަށް ހިތްހަމަ ޖެހޭނެ. ޞާލިހު ދޫކުރުމަކީ ރަނގަޅެއް. ދިވެހިންގެ ގިނަ ބަޔަކު ބަލައިގަންނަ ފަރާތެެއްނޫން ތިއީ.

  20. ކުޑަހުއްތު

    ޒައިދު އައް ހެޔޮވިސްނުންދެއްވިކަމައްޓަކާ ﷲށް حمدކުރަން ﷲ ދެއްވި ޢިލްމުގެ ބޭނުން ހެޔޮގޮތުގަހިއްޕަވާ ހެޔޮކަންތަކައްއަމުރުކޮއް ނުބައިކަންތައްތަކައް ފާޅުގައި ބަސްބުނުމުގެ ހިއްވަރު ޒައިދައް ދެއްވާށި امين

  21. މުޙައްމަދު

    ތި ޝައިޚުންތައް ބޮލަށް ފިތާލާއިރަށް އަނެއްކޮޅަށް ޖަހާލާނެ. ހުސް ރޮދިން

  22. ސޯލްޓް

    ރާއްޖޭގައި ދީނީ އަޚްލާގީ މައްސަލަތަކުގައި ވެރިން ފިޔަވަޅު އެޅިޔަސް ނޭޅުޔަސް ހެޔޮގޮތެއް ނޯވޭ. ރައީސް މައުމޫނުގެ ދުވަސްވަރު ޑްރަގްގައި ޖަލައްލީ ބައެއްމީހުންވެސް ތުނބުޅިދިގުކޮށް ފޭރާން ބަދަލުކޮށްލީމާ ވީ ދީނާހުރެ އަނިޔާލިބުން މީހުންގެ ތެރޭގައި. މަސްހޫރު ނައިފަރު ދޮހޮއްކޮވެސް ޖަލަށްލީ އޭނާގެ އަޑުން ކިޔާފައިހުރި ވަރަށް ވިޔާނުދާ ލަވަތަކެއް ފެތުރިގެން. އެކަމަކު އެހެންމީހުން އެހަގީގަތް ބަދަލުކޮށްލީ، މައުމޫނު ނޫން ރައީސެއް ދެކެންބޭނުމޭ ބުނެގެން ކަމަށް ދޮގުފަތުރާލީ! އަދިވެސް އެނގިތިބެމެ އެދޮގު ފަތުރާ މީހުން އެބަތިބި.