އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މި ސަރުކާރުން ކުރިމަތިި ކުރުވި ގޮންޖެހުންތަކާއި ނުފޫޒުގެ ކުރިމަތީގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ދެއްކެވީ ރީތި އަޚުލާޤެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މިސަރުކާރުން ކުރިމަތި ކުރި އެންޓިކެމްޕޭންގެ ހަރަކާތްތަކާއި، ނުފޫޒާއި ބާރުގެ ކުރިމަތީގައި ރައްދުގައި އެއްވެސް ބަހެއް ނުބުނެ މުއިއްޒު ދެއްކެވީ ރީތި އަޚުލާގެއް ކަމަށާއި އެމަނިކުފާނަށް އިންތިހާބުން ލިބުނު ކާމިޔާބުގެ އެންމެ ބޮޑު ސިއްރު އެއީ ކަމަށެވެ.

ކެމްޕެއިނަށް ޑރ.މުއިއްޒާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޝަހީމް ވަނީ ދަތުރުކޮށްފައެވެ. އެހެންކަމުން އެރަށްރަށުން މުއިއްޒަށް ކުރިމަތިވި ފުރައްސާރަ އާއި ސަރުކާރުން ކުރިމަތި ކުރުވާ ފާޑުކިޔުންތަކާއި ކުރާ ދޮގު ތުހުމަތުތަކަށް މުއިއްޒު ރައްދު ދެއްވާފައިނުވާ ކަމަށާއި އޭރުވެސް ދެއްކެވީ ކެތްތެރިކަމާއި އިޚުލާސްތެރިކަމުގެ ރީތި ނަމޫނާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ.މުއިއްޒާއި އަނބިދަރީންގެ އަބުރަށް އަރައިގަނެ ބޮޑެތި ތުހުމަތުތައް ކެމްޕެއިން ތެރޭ ވަނީ ކޮށްފައެވެ. ބައެއް ފަހަރު އެ ކަންތައްތަކަށް ކެތް ނުކުރެވި ރައްދު ދެއްވި އެއްބޭފުޅަކީ ޑރ.ޝަހީމެވެ. އަދި އެފަދަ ދޮގު ވާހަކަތަކުން ލިބޭނެ ކުރިއެރުމެއް ނޯންނާނެކަމަށް ޝަހީމް އޭރުވެސް ދިޔައީ ވިދާޅުވަމުންނެވެ.

ޝަހީމް ވިދާޅުވީ އިންތިހާއަށް ނުފޫޒާއި، ފައިސާއާއި، އެންޓި ކެމްޕޭންގެ ކުރިމަތީގައި މުއިއްޒު ދެއްކެވި ހިތްވަރާއި ސާބިތު ކަމަކީ އިންތިޚާބުގައި މިހާބޮޑު ނަތީޖާއެއް ލިބުނު އެންމެ ބޮޑު ސަބަބު ކަމަށެވެ. އަދި ދެވަނަ ބުރުގައިވެސް ކާމިޔާބު ހޯދާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިިއްޔާ ދެވަނަ ބުރުންވެސް ކާމިޔާބުވާނެ." ޑރ.ޝަހީމް ވިދާޅުވިއެވެ.

މިސްރުކާރުން ކެމްޕެއިނަށްވުރެ ބޮޑަށް ޑރ.މުުއިއްޒުގެ އަނބުރަށް އަރައިގަނެ ދިޔައީ ފާޑު ވިދާޅުވަމުންނެވެ. ކެމްޕޭންގެ ތެރޭގައި ރައީސްގެ ތަރުޖަމާން މާރިޔާ ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާއާ ދިމާލަށް އެއްޗެހި ގޮވިއެވެ. މިކަމާ ގިނަ ބަޔަކު ފާޑުވެސް ކިޔެވެ. އެންޓިކެމްޕެއިން ކުރިޔަސް މިއީ ދެން ބޮޑުވަރު ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ެެލިލީ

    ޝަހީމު ހިގަނީ އަމިއްލަ އެދުމާއި ގެން ކޮންވާ ހަކަ އެއް މިދައްކަނީ

    6
    38
    • ނޫރު

      "ލިލީ"ގެ ކޮމެންޓަށް ބުނެވޭނީ އަމިއްލަ އެދުމެއް ނެތް އިންސާނެއް ކޮބައިތޯ ؟؟ ނިކަން ދައްކަބޅަ!! ތިމަންނަ އަމިއްލަ ނަފުސާމެދު ވިސްނިޔަސް

      17
      1
    • އިއްބެ

      ނޮކުޅެދޭ މޮޔަގޮލާކު އަހަރުމެން ވެރިކަން ދިނީމަ ގައުމު ފުޑާލައި އަމިއްލަ އެދުމާއިގގެން ދެވަނަ ދައުރެކޯ �،

  2. ނޫރު

    "ލިލީ"ގެ ކޮމެންޓަށް ބުނެވޭނީ އަމިއްލަ އެދުމެއް ނެތް އިންސާނެއް ކޮބައިތޯ ؟؟ ނިކަން ދައްކަބޅަ!! ތިމަންނަ އަމިއްލަ ނަފުސާމެދު ވިސްނިޔަސް

    14
    1
  3. احم

    މުޢިޒުގެ އަޚްލާގުގެ ވާހަކަ ދައްކާއިރު ތިމާމީހާގެ އެއްވެސް އަޚްލާގެއްނެތި އުޅެވޭގޮތުގެމަތިން އެއްފަހަރުވެސް ހަނދާނވޭތަ؟

    4
    16
  4. ޏަމްޏަމް

    * ﷲ އިރާދަފުޅާއެކު މުއިއްޒު ދެވަނަބުރުގަ ކާމިޔާބުކުރައްވާނެ އިންޝާ ﷲ އެވެ.

    29
    0
  5. ރ. ޞޯލިޙަކީ މާރިވެތި އަޚްލާގެއްގެ ވެރިއެއް

    މުޢިއްޒަކީ ރިވެތި އަޚްލާޤެއް ހުރި މީހެއްނަމަ ކުށްވެރިއެއްގެ ފޮޓޯ ޖަހައިގެން ކުށްވެރިއަކު ދޫކޮށްލާ ވާހަކައެއް ނުދެއްކީހެވެ.

    2
    8
    • ބަދަވި

      ރައީސް ސުލޯލިހް އައިސް ކިތައްކުއްވެރިން ދޫކޮށްލި (އިމްރާން ،ނަޝީދް، އަދީބް ،ގާސިމް،)

  6. އުޝާފް

    ކަލޯ ޝަހީމު މުއިއްޒުއަށް ފިސާރި ހުޝާމަތުކޮއްފަ ބަހައްޓާތި.. އޭނާއަށް ކަލޭނުލާ ފޮޓޯއަކަށް އެރުވެނާ ނުދޭތި. ކޮންމެހެންވެސް ޖެހޭނެ މިނިސްޓަރުކަން ހޯދަން.

    2
    6
  7. Anonymous

    ޢަދާލަތުގެ ލީޑާޝިޕް ގޯސްހަދާފައި ވާތީ ލީޑާޝިޕަށް ނޫނެކޭ ބުނެ ލީޑާޝިޕް އިސްލާހުކޮށް ބަދަލް ކުރަންޖެހޭކަމަށް ގިނަ ރައްޔިތުން މިވަނީ ބުނެފައި، ޢަދާލަތު ޕާޓީގެ ލީޑާރޝިޕަކަށްވެސް އަބަދު ގޯސްހަދަހަދާ ނުތިބެވޭނެ، ދިވެހިރައްޔިތުން ވަނީ ގޯސް ހެއްދެވީމާ ރައީސް މައުމޫނު ނަޝީދު ، ވަހީދު ޔާމީނު ދުރުކޮށްފައި، އަދި ސޯލިހާއި ޢިމުރާން ވެސް ދުރުކުރާނެ 😆