ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރު މުވައްޒަފުންނަށް ޖެއްސި ހާލާއި މެދު، ސަރުކާރުގެ އެންމެހާ މުވައްޒަފުން ވިސްނާވަޑައިގެން އެންމެ ވޯޓެއްވެސް ނުދެއްވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގޮވާލައްވައިފިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިހެން ވިދާޅުވެފައިވަނީ ނ.ވެލިދޫ ނަރުދަމާގެ ނިޒާމާއި، ފެނުގެ ނިޒާމް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް ރޭ ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެމްޑީޕީގެ ސަރުކާރުގައި ޖެއްސި ހާލު ސަރުކާރުގެ މުވައްޒަފުން ވިސްނާވަޑައިގަންނަވާތި، އެންމެ ވޯޓެއްވެސް ނުދޭތި" އެމްޑީޕީގެ ސަރުކާރުގައި ސަރުލާރު މުވައްޒަފުންގެ މުސާރަ ނުދެވުމާއި، އިތުރުގަޑި އުނިކުރި ކުރުމަށް އިޝާރާތްކޮށް ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ، ކުރީގެ ސަރުކާރުތަކަށް ރާއްޖެ ތަރައްޤީ ނުކޮށްދެވުނުއިރު، ރައްޔިތުންގެ ފައިސާތައްވެސް ވަގަށް ނަގާފައިވާ ކަމަށެވެ. މިއަދު މުއައްސަސާތަކުގައި މުވައްޒަފުންގެ ގޮތުގައި ތިބި ބައެއް ބޭފުޅުން އެހަނދާންތައް ހަނދުމަފުޅު ނެތުނީތޯ ފަލާޙް ސުވާލު ކުރެއްވިއެވެ.
"އަޅުގަނޑު މީ ރާއްޖޭގެ ތިންވަނަ އަށް އެންމެ އާބާދީ ބޮޑު އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް، ރ އަތޮޅުގެ އެއްވެސް ރަށެއްގައި އުއްޑުން އޮތް ނާށި ބަންޑުންވެސް ނުޖަހާ. ބައްލަވާ އެވަރުން ނުވެގެން ދައުލަތުގަ ސަރުކާރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ ނުދެވިގެން ރަށްރަށުގެ ކައުންސިލްތަކުން ހަރު ގެވަޅުތައް ދޫކޮށްގެނާއި، ރައްޔިތުން މަސައްކަތް ކޮށްގެނާއި، ރުއްގަނޑުތައް ކުއްޔަށްދީގެން ހޯދާފައިހުރި ފައިސާކޮޅު ވަގަށް ނަގައިގެން ގެންދިޔައީ. އެހަނދާންތައް މިއަދު މުއައްސަސާތަކުގައި މުވައްޒަފުންގެ ގޮތުގައި ތިބި ބައެއް ބޭފުޅުން ހަނދުމަފުޅު ނެތީތޯ؟ އަޖައިބެއް ނޫންތޯ މީ!"ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ ރައީސް ޔާމީން ވަގަށް ފައިސާ ދީގެން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، އިދިކޮޅު ފަރާތްތަކުން ވަގަށް ނެގި ލާރިން އަމުރު ނެރުމާއި، މީހުން މެރުމާއި، ނުބައި އަމަލުތައް ހިންގުމުގެ އިތުރުން މީހުންނާ ދިމާކުރުމާއި، މިރާއްޖެ ފަނާ ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
"ބަހުސްއަށް ވަޑައިގެން ސުވާލު ކުރައްވަން ވީނުންތޯ އެޑްވާންސް ކޮށް މިނަގާ ފައިސާއަށް ދިވެހިރާއްޖޭގައި ކުރަނީ ކީތްތޯ؟ އަޅުގަނޑުމެން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. އެމްޑީޕީގެ ބޭފުޅުންނަށް ސާފުވާންނީ ދިވެހިރާއްޖޭގައި ވައްކަން ކުރީ ކޮން ވެރިންނެއްކަން، ވައްކަން ކުރީ ކޮން ވަޒީރުންނެއްކަން، ވައްކަންކުރީ ކޮން ކުންފުނިތަކެއްގައި ތިބި އެމްޑީންނެއްކަން، ކޮން ކުންފުނިތަކެއްގައި ތިބި ސީއީއޯ އިންނެއްކަން، ކޮން ސަރުކާރުތަކެއްގައިކަން." އެމްޑީޕީން ވައްކަން ކޮށްފައިވާކަމަށް ވިދާޅުވެ ފަލާޙް ވިދާޅުވިއެވެ.
"އެމްޑީޕީ ބޭފުޅުން އަޅުގަނޑުމެންނާ ހިސާބަށް އާދޭ ބަހުސްކުރަން. ވައްކަންކުރީ ކޮން ބައެއްކަން ދައްކާނަން. ވައްކަންކުރީ އެމްޑީޕީން، ވައްކަންކުރީ އެމްޑީޕީގެ ސަރުކާރުން، ތިބޭފުޅުން ބައްލަވާ އޭރުގައި ރާއްޖޭގަ ހުރި ހުރިހާ ފަޅުރަށެއް ބަހާ ހުސްކޮށްލީ މާލިއްޔަތު ޤާނޫނާއި، ޓުވަރިޒަމްގެ ހެދިފައިހުރި ގަވާއިދުތަކާއި ޚިލާފަށް. ވައްކަން ކުރެވިފައިތާ ހުންނާނީ 2000 ގެ ހުރިހާ އަހަރުތަކުގައި ދައުލަތުގެ ބަޖެޓްގައި 50 ބިލިއަން ރުފިޔާ ފާސްކޮށްގެން ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކޮށް އެ 50 ބިލިއަން ރުފިޔާ ހުންނާނީ ކޭއިރުގައި ކެވިފަތާ!" ބަހުސްއަށް ވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތު އަރުވަމުން ފަލާޙް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ފިޔަވައި އެހެން ކެންޑިޑޭޓަކާ ދޭތެރޭގައި ވިސްނަންވެސް ނުޖެހޭކަމަށް ފަލާޙް ވިދާޅުވިއެވެ.
"ކަންކަން ކުރަން އެނގޭ އިޤްތިޞާދީ މާހިރުން ވަޑައިގަތީމަ ތަފާތު ފެނިވަޑައިގަންނަވާނެ. ރ އަތޮޅަކީ 92 ފަޅުރަށް އޮވެ، 15 އަހަރު ވަންދެން އެންމެ ރިސޯޓެއް އޮތް އަތޮޅެއް. މިއަދު އެޔޮށް ހަދާ ނިންމަނީ ތިރީސް ރަށުން ސާޅީސް ރަށުން. ހަތަރު އަހަރުގެ ތެރޭގައި 15 ރިސޯޓް ހުޅުވައިފި. އެއް އެއާޕޯޓް ނިންމާފައި އަނެއް އެއާޕޯޓް އެޔޮށް އަޅަންފެށީ. މީ ނޫންތޯ ވެރިންނަކީ؟ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އިތުރު ކެންޑިޑޭޓަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަން ޖެހޭތޯ؟ އަޅުގަނޑުމެން ނުޖެހޭ." ފަލާޙް ވެލިދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ޑޮލަރެއްގެ ފަހަތުގައި ހަ ފުލުހުން ބަހައްޓައިގެންވެސް އިޤްތިޞާދު ހަމައަކަށް ނޭޅުވުނު ކަމަށާއި، ނަމަވެސް މިއަދު ޑޮލަރުގެ އަގު ދަށްވެ ގޭގައި ޑޮލަރެއް ބޭއްވިއްޔާ ފޫޖެހުން ނޫންކަމެއް ނުވާ ކަމަށެވެ. އަންނަ ސެޕްޓެމްބަރު 23 ގައި ލެވޭ ވޯޓުގައި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން ކެންޑިޑޭޓް ނަންބަރު އެކެއް، ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް ފަލާޙް ގޮވާލެއްވިއެވެ.
Saabahey member falah thy hama javahireh
އެއްވެސް ތައުލީމެއް ނެތް މީހަކަށް މަތީދަރަޖަ އާއި ނަހަމަ މުއްސަދިކަން ލިބުމުން އެފަދަ ގިނަމީހުންނަށް ވާގޮތް ފަލާހަށް އެހެރީވެފާ.އޭނާގެ ތައުލީމީ ފެންވަރަކީ ގްރޭޑް 5. ބޭރުކަރަޔަކަށް ދާނަމަދާނީ ބަސްދޭހަކުރާނެ މީހަކުގޮވައިގެން.
އެއްވެސް ތައުލީމެއް ނެތް މީހަކަށް މަތީދަރަޖަ އާއި ނަހަމަ މުއްސަދިކަން ލިބުމުން އެފަދަ ގިނަމީހުންނަށް ވާގޮތް ފަލާހަށް އެހެރީވެފާ.އޭނާގެ ތައުލީމީ ފެންވަރަކީ ގްރޭޑް 5. ބޭރުކަރަޔަކަށް ދާނަމަދާނީ ބަސްދޭހަކުރާނެ މީހަކުގޮވައިގެން.