ކުރީގެ ސަރުކާރުތަކުގައި އިސް މަގާމްތަކެއް ފުރުއްވާފައިވާ އައްޝައިޚް މުހައްމަދު ގުބާދު އަބޫބަކުރު އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

ގުބާދު ޕީޕީއެމްއާއި، ގުޅިވަޑައިގަތުމަށްފަހު ފޯމު ހަވާލު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއިއެވެ. އޭނާއަކީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން އެމްޑީޕީ އާއި ގުޅުމުގެ ކުރިން ގުބާދު އުޅުއްވީ އެމްއެންޕީގައެވެ. މީގެކުރިންވެސް ޑީއާރުޕީ އާއި ޕީޕީއެމްގައި މެންބަރަކަށް އުޅުއްވި ގުބާދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ދެހާސް އެގާރަ ވަނަ އަހަރު އެމްޑީޕީ އާއި ގުޅިވަޑައިގެން ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތތްތެރިއެކެވެ. އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނަވަނިކޮށް އޭނާ މަގާމުން ވަކިކޮށްފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި، 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ފޯރިއާއެކު ކުރިޔަށް ގެންދަވާ އިރު ސަރުކާރުގެ އިސްބޭފުޅުންތަކެއް ވަނީ އެމްޑިޕީ ދޫކޮށް ޕީޕީއެމާއި ގުޅި ވަޑައިގެންފައެވެ.

ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވަރަށް ގިނަ ރަށުން ޕީޕީއެމްއަށް މީހުން ގުޅެމުންދާކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް އެ ރަށެއްގެ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ ބަޔަކު އެ ޕާޓީ ދޫކޮށް މުއިއްޒުގެ ފަހަތަށް ދަނީ އަރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަދުރޭ

    އިސްލާމިކު މިނިސްޓަރު ކަމުގެ ދަހިވެތިކަމުގައި. މުނާފިގުން ފަޠީހައްކުރައްވާ ހައްގައް ނަސްރު ދެއްވާށި.

    17
    1
    • ޟިމީ

      ގުބާދު ވަރަށް އަންހެނުން ހިތި ވާނެ

      3
      1
  2. ބޯވަދިލަމަސް

    ކުލަބަދަލުކުރާބޯވަތައް މޫސުމައްތިލަވަނީ😂😂😂

    16
    2
  3. ކުޑަބޭ

    ހެއުވިސްނުދެއްވިﷲއަށްޝުކުރުކުރަން ދުވާއަކީމާތްﷲގުބާދުއަށްސާބިތުކަންކަންމިންވަރުކުރެއްވުން

    7
    1
  4. ވާންށޭ

    ގުބާދު ވާނީ ހަމަ ގުބާދަށް ހަތްހުތުކައްކާފަ ރާހުތަށް ލިޔަސް

    16
    1