ރާއްޖެއަކީ ފުރިހަމަ މިނިވަން ޤައުމެއް ކަމަށާއި މި ޤައުމުގައި ބޭރު ބައެއްގެ އެއްވެސް ނުފޫޒެއް، އަޅުވެތި ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް އައްޑޫސިޓީގެ ކެމްޕޭން ޓީމްތަކާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖެއަކީ ފުރިހަމައަށް މިނިވަން ޤައުމެއް ކަމަށާއި ބޭރުގެ އެއްވެސް އަޅުވެތި ކަމެއް ރާއްޖޭގައި ނެތް ކަމަށެވެ.

ރާއްޖޭގައި ބޭރު ބައެއްގެ ނުފޫޒު އޮތް ކަމަށް ދައްކުވައިގެން ރައްޔިތުން އަޅުވެތިކުރުވަން ބަޔަކު އުޅޭކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ބޭރުގެ އަޅުވެތިކަމެއްގެ ބިރު ދައްކައިގެން އެތެރޭގައި ތިބި ބަޔަކު އަޅުގަނޑުމެން އަޅުވެތި ކުރުވަނީ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފާއިތުވީ 5 އަހަރު ނިމިގެން ދިޔައިރު ރައްޔިތުން ތިބީ މިނިވަންކަމާއި އިސްތިގުލާލުގައި ކަމަށެވެ. އިންޑިޔާ ސިފައިންގެ އެއްވެސް ބާރެއް ރާއްޖެއަށް ނޯންނާނެ ކަމުގެ ޔަޤީންކަން އިމްރާން ވަނީީ ދެއްވާފައެވެ.

"އަޅުގަނޑުމެން މިތިބީ ފުރިހަމަ މިނިވަންކަމާ އިސްތިގުލާލުގަ. އިންޑިއާ ސިފައިންގެ އެއްވެސް ބާރެއް މިގައުމަކު ނޯންނާނެ." އިމްރާން ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ސޯލިހު ނޫން އެހެން ބޭފުޅަކު ވެރިކަމަށް އަތުވެއްޖެނަމަ ރައްޔިތުން އަޅުވެތިކުރާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. މުއިއްޒުގެ ވެރިކަމުގައި ޖެންޑާ މިނިސްޓްރީފަދަ މިނިސްޓްރީތައް އުވާލާނެކަމަށާއި އާސަންދައާއި އެންސްޕާ ފަދަ ކަންކަން އުވާލާނެކަމަށް އިމްރާން ތުހުމަތު ކުރެއްވިއެވެ.

"މިއަންނަ މީހުން އަތުވެއްޖިއްޔާ އަޅުގަނޑުމެން އެންމެން އަޅުވެތިކުރާނެ. ހުރިހާ ރަށްތައް އަޅުވެތި ކުރާނެ. ވަރަށް ސާފު ކަމެއް އެއީ." އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށްޓަކައި މިނިސްޓްރީއެއް އުފެއްދުމަށް މުޅި ދައުލަތުގެ ނިޒާމު އުވާލާން އުޅޭ ކަމަށާއި އެގޮތުން އެޓޯލްސް މިނިސްޓްރީ އުފައްދަން އުޅެނީ އަބްދުއްރަހީމްއަށް މިނިސްޓަރުކަން ދިނުމަށް ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ސޯލިހަކީ އޯގާތެރި، ކެއްތެރި، މަޝްވަރާކުރާ، ރުޅިމަޑު ވެރިއެއް ކަމަށެވެ. އަދި މިއިންއެއްވެސް ސިފައެއް ކައިރިކުރާ ހިސާބަށްވެސް ޑރ. މުއިއްޒު ނާންނަކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަރުލަމާނީ އަޅުވެތިކަމާ ދެކޮޅު

    1. ރާއްޖޭގެ ބޭރުގެ ދަރަންޏަށް ބަލާއިރު 50% އަކީ އިންޑިޔާގެ ގެ ދަރަނި
    2. މި ވެރިކަމުގަ ނުއަގުގަ އިންޑިޔާއަށް ހަވާލު ކުރި ޕްރޮޖެކްޓުތަށް ކުރިއަށް ނުދޭ. ދެން އޮންނާނީ ބައިތުލްމާލުން ބިލއަނުން ބަދަލު ދޭން މަޖުބޫރުވެފަ
    3. އިންޑިޔާ ސިފައިން މިތާ ތިބެނީ ރާއްޖޭގެ ބާރު ނުހިނގާ ގޮތަށް
    4. މި ސަރުކާރުގެ ނިންމުންތަކާ ޕްރޮޕަގެންޑާ ހިންގަނީ އިންޑިޔާ ބޭނުންވާ ގޮތަށް
    5. ބަރުލަމާނީ ގެންނަން އުޅެނީވެސް ރައްޔިތުންގެ ބާރު ކަނޑުވާލާ އިންޑިޔާގެ ބާރުގެ ދަށަށް ގެންދަން

    ސިއްކިމް ގެ ބޮޑުވަޒީރު މެދުވެރިކޮށް އެތަން އިންޑިޔާގެ އަޅުވެތިކަމަށް ގެންދިޔަގިތަށް މިތާނގަވެސް އެކަން ވޭތޯ އިންޑިޔާ އެއުޅެނީ. އެކަން ވިޔަ ނުދޭނަން އިންޝާﷲ

    16
    • ދިވެހިރައްޔިތެއް

      މިއީ ރައްދެއް ނޫން
      މުސްލިމު ގައުމެއްގައި މުސްލިމުން ދެކޮޅުހަދަހަދާ ތިއްބާ އިންޑިޔާ ރުއްސަން ''ޔޯގާ ދުވަސް'' ފާހަގަ ކުރުމުން ދޭހަވަނީ ކޮންކަމެއްބާ؟
      އެއީ ކޮންބައެއްގެ ނުފޫޒެއްބާ؟

      ކަކުނި ހަރުކޮންނަހެން ޕްލޭން ހަދަހަދާ ތިބޭ.
      މީހާ ނަޖިސްވެ ޚަރާބުވާއިރުވެސް ހޮރުކޮނުމުގަތިބޭ.
      ތިމާއަށް މާމޮޅަށް ކަންކަންއެނގޭކަމަށް ޤަބޫލުކުރެވޭ މީހާ އަށް ރަގަޅަކަށް ނުކުރެވޭނެ ކަންކަމެއް.

  2. އޭނަ

    އަނެއްދޮގުޑަބިޔާ ބަލަ ކަލޭ ކީއްވެތަ ދޮގުހަދަނީ އެއީ މިއަދު ކަލެއަށް ހުއްދައެއްޗަކީތަ ދީންވިއްކާ އަލަމްގިރި ވިއްކާ ހަނިމާދޫ އެއަރޕޯޓުވިއްކީމަވެސް ކަލޭ އަދިވެސް ހަދަނީ 100 ޕަސެންޓު ކަލެއަކީ ކަށްޒާބެއް ......ކަލެއެކޭ އިބިލީހެކޭ އެއްވަރު.

    14
  3. އޭނަ

    އަނެއްދޮގުޑަބިޔާ ބަލަ ކަލޭ ކީއްވެތަ ދޮގުހަދަނީ އެއީ މިއަދު ކަލެއަށް ހުއްދައެއްޗަކީތަ ދީންވިއްކާ އަލަމްގިރި ވިއްކާ ހަނިމާދޫ އެއަރޕޯޓުވިއްކީމަވެސް ކަލޭ އަދިވެސް ހަދަނީ ދޮގު 100 ޕަސެންޓު ކަލެއަކީ ކަށްޒާބެއް ......ކަލެއެކޭ އިބިލީހެކޭ އެއްވަރު.

  4. ނޫނޭ ނުލަފާ

    ޖާހިލު ކަލޭގެއާ އަންނަން އޮތް ސަރުކާރުގައި މިނިސްޓަރުކަން ދޭންޖެހޭ މީހުންނާއި ދޭން ނުޖެހޭ މީހުން ކަލެއަކަށް ނޭންގޭނެ.

  5. ހަވާސާ ހާދިސާ

    ފަހަރީގެ އަޅުވެރިކަން އޮތީ!