އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒްގެ ވެރިކަމެއްގައި އަތޮޅުތައް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަށަށް ގެންގޮސް ލާމަރުކަޒީ ނިޒާމް ހަރާބުކޮށްލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އަތޮޅުތައް ހިންގުމަށްޓަކައި ވަކި ތަރުތީބަކުން ވަކި ނިޒާމަކުން ލާމަރުކަޒީ ގާނޫނު އިސްލާހްކޮށް، ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިއަދު އަތޮޅުތެރެ ހިންގަމުން ތަރުތީބު ކުރަމުން އައިސް ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުން އިދިކޮޅުން ފަހަތުން ގޮވާލަނީ އެމީހުން އައިސް ތިނަދޫ ބޮޑު ސިޓީއަކަށް ހަދާނެކަން ކަމަށް ވިދާޅުވިއެވެ. އެއީ ރައީސް ސޯލިހް ކަންކުރައްވާނެ ގޮތެއްނޫން ކަމަށް ވިދާޅުވިއެވެ.

ތިނަދޫގައި މިރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން - ފޮޓޯ: ކެމްޕެއިން ޓީމް

"އިދިކޮޅު ކެނޑިޑޭޓް ވެރިކަމަށް ވަޑައިގެންފިނަމަ ދައުލަތުގެ މުޅި ނިޒާމް ހަރާބު ކޮށްލާނެ. ލާމަރުކަޒީ ގާނޫނޫ އެފުށް މިފުށަށްޖަހައި ސިޓީތައް އުވާލާ. އެޓޯލް މިނިސްޓްރީގެ ދަށުން، އަދުރޭގެ ދަށަށް އަތޮޅުތައް ގެންގޮސް އަތޮޅުތައް ހަރާބުކޮށްލާނެ.". އިމްރާން ވިދާޅުވިއެވެ.

އޭގެ އިތުރުން އިމްރާން ވިދާޅުވީ ފުރަތަމަ ބުރުގައި ސަރުކާރު ކޯލިޝަންގެ ކޮންފިޑެންސް މާ މަތިވީ ކަމަށެވެ. އަތޮޅުތަކުގެ ކުދި ރަށްތަކުގައި ހިންގާފައިވާ ޕްރޮޖެކްޓަކާއި ރައްޔިތުން ގާއިމްކޮށްފައިވާ ހިދުމަތްތައް ހިތުގެ އަޑިން ގަބޫލްކޮށްގެން އިތުރު ކަމެއްނެތި ރައްޔިތުން ރައީސް ވޮޓު ލާނެކަ މަށް ހީކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

"އެ ޔަގީންކަމާއި ކެމްޕެއިންގެ ފޯރިގަދަކަމާއި ސަފުތަކުގެ ދިގު ކަމާއި، ނެގުނު ސެލްފީގެ އިތުރުކަމާއި މި ހުރިހާ އެއްޗަކަށް ހިސާބު ޖަހައިގެން އަޑުގަނޑުމެން ވޯޓުލީ ދުވަހު ހުރީ ހިތްހަމަޖެހިގެން. އެ ދުވަހު މެންދުރެއް ހާއިރު ޗެސްގަނޑެއް ޖަހާލަން އިށީނިން. އެކަމަކު ނުވަވަނަ ދުވަހު ވޯޓުގެ ނަތީޖާ އައި ގޮތުން ވަރަށް ބައިވަރު ކަންތައްތަކެއް މުރާޖާކުރަން ޖެހުނު.". އިމްރާން ވިދާޅުވިއެވެ.

ތިނަދޫގައި މިރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން - ފޮޓޯ: ކެމްޕެއިން ޓީމް

ރައީސް ކެމްޕެއިން ގެންދިޔައީ ވަރަށް ޕޮޒިޓިވްކޮށްކަމާއި ރައްޔިތުން ކައިރީގައި ދައްކަމުން ދިޔައީ ސަރުކާރުގެ އޯގާތެރި، ސާފުވެރިކަމުގެ ވާހަކަ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ކޮށްދޭން ހުރި މުހިންމު ކަންތައްތަކުގެ ވާހަކަތައް ދައްކަމުންދާއިރު، އިދިކޮޅުގެ ކެނޑިޑޭޓްގެ ވާހަކައެއް ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ނުދައްކާކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިހާރު އިދިކޮޅު ކެނޑިޑޭޓް މުއިއްޒުގެ އޮފް ކެނޑިފައިވާ ކަމަށެވެ. އޭނާއަކީ ކާކުކަން ރައްޔިތުންނަށް އެނގިއްޖެ ކަމަށެވެ. އޭނާ ގޭތެރޭގައާއި، އާއިލާގެ ތެރޭގައާއި، މާލެ ސިޓީ ކައުންސިލްގަޔާއި ހައުސިން މިނިސްޓްރީގައި ކަންކުރިގޮތް މިއަދު ހާމަވެފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހަށް އިދިކޮޅުން ކުރި ތުހުމަތުތަކުގެ ހަގީގަތްތައް ވެސް މިއަދު ހާމަވެފައިވާ ކަމަށެވެ. ހަގީގަތް ސާފުވުމުން ދެން ވޯޓުލާންވީ ކިހިނެތްކަން ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކުރީގަ

    މިހާރު ރައްޔިތުން ނޫޅޭ ތިކަހަލަ ފުލޯކު ވާހަކަ އަޑު އަހާކައް

    46
    1
  2. ނާރު

    މި ވެރިކަމުގައި ލާމަރުކަޒީއޭގޮވިއަސް އެކަމެއްނުފެނެއި ހަތަރުއަހަރުން ވެސް ރަށެއްނަރުދަމާ ނުނިމިގެން އެ އުޅެނީ

    42
    1
    • ޗޯރު އިބޫ

      ލާމަރުކަޒީ އެއްކޮށް ފެއިލްވެފަ ވަނީ. އެކަމަކައިގެން ގައުމުގެ ދަރަނި 114 ބިލިއަނަށް އަރައިގެން ދިޔައީ

      10
  3. އަދުރޭ

    މަށޭ އެބަކިޔާތަ

    30
    1
  4. ޅަކުޑިބޯ

    މިކަލޭގެ ދީންވިއްކާލާ ގައުމުލާދީނިއްޔަތަށް ގެންދިއުމުގެ ބޮޑުބައި ކުޅެ ރާއްޖޭގެ ރަށްރަށަށްއަރާ ރަށްޔަތުންނަށް އަނިޔާވެރިވެގައިފަނީ އާދަޔާހިލާފަށް މިކަލޭގެއާއި ޗޯރޭ ހަށްޔަރުނުކުރަންޏާ ރަށްޔަތުން ނަށްއަނިޔާކުރަން ރަށްރަށަށް ކަލޭމެން އެރިގޮތަށް މާލެއަރާ ރަށްޔަތުން އިމުރާނުއާއި ޗޯރޭ ގާނޫނީ ހަމަތަކުގެ މަތިން ހަށްޔަރުކުރާނަން.

    32
    1
  5. ރެޓޭ

    އަދުރޭ ނޫޅޭ ކަލޭ އުޅޭ ފާޑަކަށް

    37
    1
    • ޕޮގުބާ

      އިދިކޮޅުން ބޭނުންވަނީ ތިޔަޖާހިލު ރަށްޔިތުންގެ ތާއީދެއްނެތް މުނާފިގު ދިގު މުއްދަތަކަށް ޖަލަށްލާން ސަބަބަކީ ރައީސްޔާމީން ޖަލުގައެހުރީ ގެއަށް ބަދަލުނުކޮށް ތިޔަ މުނާފިގު ކަލޭގެ ސަބަބުމް ރަށްޔިތުން ބޭނުމެއްނޫން މުނާފިގު ހޯމްމިނިސްޓރ ކަމުގަ ބަހައްޓާކަށް ހާއްސަކޮށް ޕީޕީއެމް މެޖޯރެޓީ

  6. އައިސް

    ތިހެން ވިދާޅުވި މޭ ޑޭގަފެސް ، މިހިރިއްޔޭ ޔާމީން އަފްރާޝީމް ގަޔުލުކިރިކަމުގެ ހެކި .. 5 އަހަރުވީ ، ކޮބާތަ އެ ހެކި. އަމިއްލަޔަށް ބުނީ މޭޑޭގަ ހެދީ ދޮގެކޭ..ދެން ކިހިނެއް ގަބޫލްކުރާނީ

    39
    1
    • .ކަތީބު

      .މަގާމް ބޭނުމުގައި މިހާދޮގުހަދާ ސޭހެއް ނުދެކެން..އެބުނީނު ޗެސްގަޑެއް ޖަހާލަން އިންވާހަކަ.ހިއެއްނުވޭޗެސްކުޅެން އިގޭހުނެއްވެސް..

  7. balaathi

    އެމްޑީއޭ އެމްޑީޕީ އާއި ވަކި ވުމުން އެމްޑީޕީ އަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ ސީދަލަށް 10 ހާސް ވޯޓް މަދުވާނެއޭ ދެން އިތުރަށް އެ 10 ހާސް ވޯޓް އަނބުރާ އެމްޑީޕީ އަށް ނުލިބޭނެއޭ ސަަބަބަކީ އެމްޑީއޭ އަކީ ޕީޕީއެމް ފިކުރުގެ މީހުންނޭ ދެން އެމެންގެ ވޯޓް ކަނޑާލުމުން ތިޔާ ގޮތަށް ދަ ޑިމޮކްރެޓްސް އިން ގުޅޭ މަދުބައެއްގެ ސަބަބުން ވޯޓް އިތުރު ނުވާނެ އިބޫ އަށް ދެވަނަ ބުރުގައި ލިބޭނީ %25 ކަން ޔަގީން ކަށަވަރޭ އިބޫ ހަތިޔާރު ބަހައްޓާ މުއިއްޒު އަށް އިބޫ ތާއީދުކުރާށޭ

  8. heyonuvaane

    ތިނަދޫ އަކީ މަސްވެރި ރަށެކޭ ރާއްޖޭގެ ކަނޑު އިންޑިއާ އަށް ވިއްކާލުމުން މުޅި ތިބަދޫ ވަނީ ބަނޑަށް ޖެހިފައޭ އެއީ ބިން ހިއްކުމަށް ވުރެން މުހިއްމު ކަމެކޭ ރާްއްޖޭގެ ކަނޑު އިންޑިއާ އަތުން މިނިވަންކުރުން އެއީ ގައުމީ ވާޖިބެކޭ އެކަން މިކުރަނީ މަމެން ޕިންކީންނޭ ރާއްޖޭގެ މިނިވަން ކަން އަލުން އަނބުރާ ހޯދަން ޕިންކީން ކުރާ ޖިހާދުގައި ތިނަދޫ ޑިމޮކްރެޓުން ބައިވެރިވާށޭ ހެޔޮނުވާނެއޭ ދަރިންނޭ ދެވަނަ ފަލަސްތީނަށް ރާއްޖެ ހަދަން ފުރުސަތު ނުދޭށޭ ކަނޑުވިއްކާ ދޫކޮށްލާށޭ

  9. ކުރާށޭ

    އުތުރު ތިލަފަޅު އިންޑިއާ އަތް ދަށުން މިނިވަންކުރޭ އެމްޑީއޭ އާއި ޕީޕީއެމް ގުޅިގެން އުތުރު ތިލަފަޅު އިންޑިއާ އަތްދަށުން މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ

  10. މިރީ

    މަށޭކިޔާތަ ޔަގީން

  11. ޖަނޫ

    ބަލިވާތަން ފެނުނީމާ މޮޔަވެގެން ނޫޅެބަލަ އިމޫ

  12. ހުސެން `

    ޗެސްގަނޑޭ.އެލްޖީއޭ މިހާރުވެސް އޮތީ ޕެރެލައިޒް ކޮށްފަ.މިއީ އެލްޖީއޭ ގެ ބެލެނިވެރިފަރާތް

  13. އައްމަޓީ

    ޢއިރާދަކުރެއްވިއްޔާ އަދިވެސް ވާނީ ހަމަ ބަލި، ދެންވާބަލި އަދި މާބޮޑުވާނެ އިމްރާނޫ... އަދުރޭގެ ހިސާބަށްވުރެވެސް ގޯސްކޮށްތިޔަ ހިސާބުޖަހަނީ. ރައީސްވަޑައިގަންނަވާއިރު އިސްތިގުބާލަށްނުކުންނަމީހުންގެ ބޮލަށްބަލައިގެން އަދި ވޯޓުގެ ހިސާބެއްދިމަލެއްނުވާނެ ކޮއްކޯ،

  14. ޕޮގުބާ

    އިދިކޮޅުން ބޭނުންވަނީ ތިޔަޖާހިލު ރަށްޔިތުންގެ ތާއީދެއްނެތް މުނާފިގު ދިގު މުއްދަތަކަށް ޖަލަށްލާން ސަބަބަކީ ރައީސްޔާމީން ޖަލުގައެހުރީ ގެއަށް ބަދަލުނުކޮށް ތިޔަ މުނާފިގު ކަލޭގެ ސަބަބުމް ރަށްޔިތުން ބޭނުމެއްނޫން މުނާފިގު ހޯމްމިނިސްޓރ ކަމުގަ ބަހައްޓާކަށް ހާއްސަކޮށް ޕީޕީއެމް މެޖޯރެޓީ

  15. ނައިސް

    މުނާފިގުންގެ ޝަރުތު ހަމަވާކަންފާހަގަކުރެވޭ ކަމައްމިބަލަނީ