ފޭކް އޯޑިއޯތައް ހަދައިގެން ދައުރުކުރަމުންދަނީ އޭނާއާ ދެކޮޅަށް ދައްކާނެ އެއްޗެއް ނެތުމުން ކަމަށް ވާދަވެރިން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކްގައި ރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވުން މުއިއްޒު ވިދާޅުވީ އޭނާ ތެދު ބަހުން ނޫނީ ވާހަކައެއް ނުދައްކާނެ ކަމަށެވެ. އޭނާގެ އަމަލާއި ބަހާ ދިމާވާނެ ކަމަށެވެ.

"ވާދަވެރިން އެކި ކަހަލަ އޯޑިއޯތައް މި ހަދަނީ. މިހާރު ވެސް ދައުރުވަމުން ދަނީ ހަދާފައިވާ އޯޑިއޯ. އަޅުގަނޑުގެ އަޑު ބޭނުންކޮށްގެން މެނިއުޕްލޭޓްކޮށްފައި ހުންނަނީ އެ އޯޑިއޯތަކުގައި. އެންޓި ކެމްޕެއިން މި ހުންނަނީ އިންތިހާއަށް މައްޗަށް ގޮސްފަ. އެކަން ކުރާ ފަރާތްތައް ފަލީހަތްވޭ އެބަ ވޭ." މުއިއްޒު ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ވަގުތު ފޮޓޯ: އަބްދުﷲ އަބީދު

މުއިއްޒު ވިދާޅުވީ އޭނާ ދޭން އޮތް ޔަގީން ކަމަކީ ތެދުބަހުން ނޫނީ ވާހަކައެއް ނުދައްކާނެ ކަމަށެވެ. އޭނާ މާޒީއިން އެއީ ކާކުކަން ކޮންމެ މީހަކަށް ވެސް ފެންނަން އޮންނާނެ ކަމަށާއި ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއްވެސް މީހަކު ކުރާ ތުހުމަތަކަށް ކަންބޮޑުވުނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ފަސް އަހަރު ނިމިގެން މި ދަނީ މި ސަރުކާރުގެ ފުރިހަމަ އާރާ ބާރުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހާ ހުރިހާ މިނިވަން މުވައްސަސާތައް ބޭނުންގޮތަކަށް ސިޔާސީ ނުފޫޒް ވައްދައިގެން ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ޖުޑިޝަރީއަށް ބޭނުން ގޮތަކަށް ނުފޫޒު ވައްދައިގެން ބޭނުންކުރަމުންދާ ކަމަށާއި، އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އެ ބޭފުޅުންނަށް އޭނާއާއި ދެކޮޅަށް ދައްކާނެ އެއްޗެއް ނުފެނު ކަމަށް ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ. -- ވަގުތު ފޮޓޯ:

" އަޅުގަނޑު އެދެން ގަވައިދާއި ހިލާފަށް ކަމެއް ކޮށްފައިވާނަމަ ދައްކަން އެކަމަށް ޗާޖް ކުރަން. އަޅުގަނޑު ބޭނުން އަޅުގަނޑުގެ ނަން ހުރިހާ ތުހުމަތުތަކުން ސާފުވެގެން އޮންނަން. މިނިވަންކަމާއެކު މުވައްސަސާތަކުން މައްސަލަތައް ބަލައިފިއްޔާ ފެނިގެންދާނީ އެހީ ހަގީގަތާއި ހިލާފް ކަންތައްކަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާއަކީ ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް އިރަކު ކަމެއް ކުރި މީހެއް ނޫން ކަމަށާއި ނުވެސް ކުރާނެ ކަމަށެވެ. އިންސާފުގެ މަގުން ނޫނީ އަދި އަދުލުވެރިކަމާ އެކުގައި ނޫނީ ކަމެއް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ގައުމުގައި ބޭނުންވަނީ އަދުލުވެރި ވެރިކަމެއް ކުރައްވަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ބޭނުންވަނީ އިންސާފުގާއިމްކޮށް ހަމަޖެހުން ގެންނަން ކަމަށާއި ބޭނުންވަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ޖަވާބުދާރީ ކުރެވޭ ސަރުކާރެއް ގެންނަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒާއިއެކު ބާރަށް ކުރިއަށް

    މިއީ އިންޑިޔާ އަޑީގަ އޮވެގެން ހިންގާ ކަންކަން. މިއީ އިންޑިޔާގެ ބީޖޭޕީގެ ހައްދުފަހަނައެޅި ހިންދުވްތާ ގޭންގުން މުސްލިމުންނާއި ދެކޮޅަށް ހިންގާ ސްޓައިލްގެ ޕްރޮޕަގެންޑާ. ހުރިހާ މުސްލިމުންނަކީ ހަރުކަށި ގޭންގުތަކޭ ކިޔަނީ.
    ބަރުލަމާނީ ގެންނަން އުޅެނީވެސް އެމީހުން. ސިއްކިމްގެ ބޮޑުވަޒީރު ބޭނުންކޮށްގެން އެތަން އަޅުވެތިކުރި ގޮތަށް މި ވަތަން އަޅުވެތިވިޔަ ނުދޭނަން އިންޝާﷲ

  2. ނިކުންނާށޭ

    ޖަލަށްލުމަށްވުރެން މާބޮޑަށް ހައްސާސް ގައުމީ ކަމެކޭ މިއޮތީ އެމެރިކާ އަޑީގައި އޮވެގެން އެމެރިކާގެ ޕްރޮކްސީ ގައުމެއް ކަމަށްވާ އިންޑިއާގެ އިސްތިއުމާރު ދަށަށް ރައީސް އިބޫގެ މަދަދާއިއެކު ގެންގޮސް ވެރިރަށް މާލޭ ބުޑުގައި އޮތް އުތުރުތިލަފުށީގައި އިންޑިއާގެ 15 ހާސް ސިފައިން ބަރުހަތިޔާރާއި އެކު ތިބުން އެހެންވެ ގައުމު މިނިވަން ކުރަން ރައްޔިތުން މިނިކުންނަނީ ޕިންކީންނާއި ގުޅިގެން ޕިންކީން އެކުރާ ޖިހާދުގައި ހިތާ ރޫހުން ބައިވެރިވާން އެންމެން ނިކުންނަނީއޭ..

  3. ފައިބާ

    އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ ފައިބާ ފައިބާ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ އިންޑިއާ ސިފައިން މިރާއްޖޭން ބާލާ ރައީސް އިބޫ ފައިބާ ފައިބާ ފައިބާ ފައިބާ