ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އާ ދިމާލަށް އައުގުރާނަ ގޮވައި އިންޒާރު ދިން ވާހަކަ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދޮގުކޮށްފިއެވެ.

ނަރީޝް ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝެއިޚް އިމްރާނާއި ދިމާލަށް އައުގުރާނަ ގޮވައި އިންޒާރު ދިން ކަމަށް ބުނެ މީޑީޔާއިން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި ނުހިނގާ ކަމެއް ހިނގި ކަމަށްދައްކަން މަސައްކަތް ކުރުމަކީ އިންތިޙާބުން ބަލިވެއްޖެ ކަން ކަށަވަރުވެ ޔަގީންވާ ކަމެއް ކަމަށެވެ.

"ކަނޑައެޅިގެން ބުހުތާނު ދޮގެއް! އެތައް ރައްޔިތުން ތަކެއް ތިބި ތަނެއްގައި ނުހިނގާ ކަމެއް ހިނގި ކަމަށްދައްކަން މަސައްކަތް ކުރުމަކީ އިންތިޙާބުން ބަލިވެއްޖެ ކަން ކަށަވަރުވެ ޔަގީން ވާކަމެއް! އިރާދަކުރެއްވިއްޔާ މިއިންތިހާބު ޑރ. މުއިއްޒު ބޮޑުތަނުން ކާމިޔާބުކުރާނެ!" ނަރީޝް ވިދާޅުވިއެވެ.

އިމްރާނަށް އިންޒާރު ދިން ކަމަށް ބުނެ އަދާލަތު ޕާޓީން ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ނަރީޝް ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ވޯޓުގެ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އަދާލަތު ޕާޓީން ކުރެއްވި ޓުވީޓެއްގައި ވަނީ، އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގިޔާސުއްދީން ސްކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ޝައިޚް އިމްރާނާ ދިމާލަށް އަވަގުރާނަގޮވާ އަޑުގަދަކޮށް އިންޒާރު ދީފައިވާ ކަމަށެވެ.

އަދާލަތުން ބުނާގޮތުން ރެއިން ފެށިގެން އިދިކޮޅު ކޯލިޝަނުން ދަނީ ބިރު ދައްކައި އިންޒާރު ދެމުންނެވެ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙުމަދު

    ހަމަޖެހުން ނަގާލަން ދޮގުހަދައިގެން ނުވާނެ، އެންމެންގެ މަސްލަހަތައް ވިސްނަންވާނެ، ތަހުޒީބު ބަޔަކަށް ވުމަށް މަސައްކަތް ކުރަމާތޯ؟

  2. ހުސޭނުބޭ

    އިމްރާނަކީ މުނާފިގެއް! ތެދެއް ނުބުނާނެ!

    4
    2
    • އިޚްލާޞް

      މުނާފިގުން ދެނެވޮޑިގެންވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ. ތިމާއަށް ޔަގީން ނުވާ ކަމެއްގެ މައްޗަށް ބުނާ ބަހުގެ އަގުވަޒަން ކުރަން ޖެހޭ ދުވަހެއް އޮތްކަން ހަނދާން ކޮށްދެން.

  3. ކައުވީ

    ނަރީޝް އަކީ އަންހެނެއްތޯ ނުވަތަ ފިރިހެނެއްތޯ؟ ނަމުން އަންހެނަކާ ވައްތަރުވާތީ މި އަހާލީ.