ހުޅުލެ އާއި މޭލެ އާއި ދެމެދު އަޅާ ސިނަމާލެ ބްރިޖް މިރޭ ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ހަވާ އަރުވާއިރު، އޭނާގެ މަތިން ހަނދާންކުރުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް، ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ. އަދީބު މިގޮތަށް ވިދާޅުވީ މިއަދު އޭނާ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި އަދީބު ވިދާޅުވީ، އޭނާގެ ބަލިހާލަށް ނުބަލައި ބޭސްފަރުވާގެ ހައްޤު ހިފަހައްޓައިގެން ދެމުންގެންދާ އަނިޔާގައިވެސް އޭނާ ހުންނެވީ ދެގޮތެއްނުވެ ދިވެހި ރައްޔިތުންނާއި އެކުގައި ކަމަށެވެ.

"މިރޭ، ހަވާއަރުވައި، ބުރިޖް ހުޅުވާއިރު، އަޅުގަނޑުވެސް ބުރިޖުގެ އަރިމަތީގައި މިއޮތް ދޫނިދޫގައި ސިމެންތި އައްޓެއް މަތީ އޮތްކަން ދިވެހިރައްޔިތުން ހަނދާކުރުމަކީ އަޅުގަނޑުގެ އިލްތިމާސެކެވެ. އަޅުގަނޑުގެ ބަލިހާލަށް ނުބަލައި، ބޭސްފަރުވާގެ ޙައްޤު ހިފަހައްޓައިގެން ދެމުން ގެންދާ އަނިޔާގައިވެސް އަޅުގަނޑު މިހުރީ ދެގޮތެއްނުވެ ދިވެހި ރައްޔިތުންނާއެކުގައެވެ." އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އޭނާ ކުރެއްވި ހުރިހައި ޤައުމީ ޚިދުމަތްތަކެއްގެ ކްރިޑިޓު ރައީސް ޔާމީން ނަންގަވައިފި ކަމަށާއި، އޭނާގެ އިތުރުންވެސް އެތައް ބަޔަކު ކޮށްފައިވާ ޤައުމީ ޚިދުމަތްތަކުގެ ކްރިޑިޓާއި ރީތި ނަން ރައީސް ޔާމީން އަމިއްލަފުޅަށް ނަންގަވާފައިވާކަމަށެވެ.

ހަމަ އެހެންމެ މިރޭ ހުޅުވާ ސިނަމާލެ ބްރިޖްގެ މަޝްރޫޢު ހަޤީޤަތަކަށްވީ އޭނާގެ ސަބަބުން ކަމުގައި އާއި، އެ މަޝްރޫޢުގެ މަސައްކަތްތަކާއި ޕްލޭންތައް ކުރެއްވުމުގައި އެންމެ ގިނަ މަސައްކަތްތައް ކުރެއްވީ އޭނާ ކަމުގައި އަދީބު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ސަރުކާރުން ހިންގަމުންދާ ބޮޑެތި މަޝްރޫޢުތަކަކީ ރައީސް މައުމޫނާއި ރައީސް ނަޝީދާއި އަދި ރައީސް ވަހީދުގެވެސް ޕްލޭންތަކެއް ކަމުގައި އާއި، އެހެންކަމުން އެބޭފުޅުންނަށް ޝުކުރު އަދާކުރަން ޖެހޭނެ ކަމަށް އަދީބު ވިދާޅުވިއެވެ.

"ރައީސް ޔާމީން މި ސަރުކާރުގައި ރިބަންކެނޑި ޕްރޮޖެކްޓްތަކާއި، ޑޮމެސްޓިކް އެއަރޕޯޓުތަކަކީވެސް ރައީސް ނަޝީދާއި، ރައީސް ވަޙީދުގެ މަސައްކަތެވެ. ލ.ބޮޑު މަގާއި، އައްޑޫ އެއަރޕޯޓާއި، އެތައް މަސައްކަތްތަކަކީވެސް ރައީސް ޔާމީނާ ބެހޭ މަސައްކަތްތަކެއް ނޫނެވެ." އަދީބުގެ ނޫސް ބަޔާނުގައި ވެއެވެ.

އަދީބު ވިދާޅުވީ، މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކޮށް، އަނިޔާ ލިބެމުން ގެންދާ ހުރިހާ ބޭފުޅުން ސަލާމަތްކުރުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހިރައްޔިތުންނާއި، ސިޔާސީ ލީޑަރުން ކުރައްވާނޭކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ާއަފްލާ

    ޓެރަރިސްޓަކް މަތިން ހަނދާން ކުރަން ޖެހޭތަ؟ކަލޭ ޔާމީން މަރަންވެގެން ބޮންގޮއްވި މީހާ

  2. ފަތިފުތް

    ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ރޭވި ބެބޭ ރަގަޅަށް ހާދން ކުރަންވާނެ

  3. ޙަސަނު

    ޢަ،ޅުގަނޑުމެންގެ ރައީސް އަވަހާރަ ކޮއްލަން ވެގެން ބޮން ގޮއްވީ ތި ބޭފުޅާ ގެ ރޭވުބުމަކުން ކަން ވެސް ހަދާން ކުރާ ނަން

  4. އަހުމަދު687

    ޖަލުގައި އޮވެގެން ސިޔާސީ ބަޔާން ނެރުމުގެ ހައްޤެއްނެތް! އަދި ސިޔާސީ ދޮގުވާހަކަތަށް ފަތުރަން އެމްޑީޕީގެ ވަކީލުން މަސައްކަތް ކުރިޔަސް ހަގީގަތް އޮޅުވައެއްނުލެވޭނެ!
    ބުރިޖު ނޭޅޭނެ ކަމަށާއި އެކަމުގެ އިންޖިނޭރިން ނެތް ކަމަށާއި ފައިސާވެސް ނުލިބޭނަކަމަށް ބުނި އަޑުއަހައިފިން
    އެކަމު މިއަދު ބުރިޖުގެ ހުޅުވަންވީމަ ބުރިޖުގެ ބަލަދުވެރިކަމަށް ދައުވާކުރާ މީހުން ގިނަވެއްްޖެ!

  5. ިކިނބޫ

    ފާޑުފާޑަށް ފެލޭނެކަމެއްނެތް ކަލެއަށް ތި ބޮނޑި ލިބުނީ މާއަވަހަށް ގޮނޑި ފެނުނީމައެވެ. އެހެންނޫންނަަ މިއަދު އެތަނުގައި ކަލެއަށްވެސް އިއްޒަތުގައި އިނދެވުނީހެވެ.

  6. މުޙައްދަދު.../........

    އެއްވެސް ބޭފުޅެއް މާޔޫސްވުމުގެ ބޭނުމެއްނެތް ޙައްޤުތައް ހަމަހަމައަށް ލިބޭނެދުވަސް އެބައޮތް އިޚްލާޞްތެރި ހިތެއް ބޭނުންވަނީ!

  7. އަސްލުހާލަތު

    އާނ ބުރޯ ހުރިނަމަ ޝެޒާ އައިހެވަން ފަދަ އިންވެސްޓްމަންޓްތަލުގެ ފޮނިކަން އަތޮޅުތަކުގެ ރައްޔިތުންނަށް ފެނުނީސްކަން ކަށަވަރު.. ބުރޯ ގެއްލުނީ މެގަ ޕުރޮޖެކްސްވެސް ސްޓޮޕްވީ

  8. ރާޒީ

    އަހަރެމެން ކަލޭގެމަތިން ވަރަށް ހަނދާންކުރަމެވެ. އެއީ ރައްޔިތުންގެ މާލިއްޔާއިން ތިބޭފުޅާ ކައިފަހުރި މިންވަރުގެ ބޮޑުކަމުންނާއި، މީހުންމެރުމުގެ ތުހުމަތުގެ ބޮޑުކަމުންނާއި. ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލަން އުޅެފައިވާތީ.

    • ސަޅިބެ

      ތީތި ސަޅި

  9. އަހުމަދު މޫސާ

    ހަހަހަ. އަސަރުފަށެއް ކޮށްފި ދޯ؟ ޗައިނާގެ ރައީސް ވިދާޅުވީ މިވާހަކަ ފުރަތަމަ ދެއްކެވީ ވެސް ޔާމީން ކަމަށް. ދެން ބްރޯ ކަލޭ ޖަލުގައި އޮވޭ.

  10. ޖުހާ

    ހަވާ ނޭރުވިއަސް ދިވެހިރައްޔިތުން އަދީބުމަތިން ހަނދާންކުރޭ. އެއީ ރައްޔިތުންގެ
    ބައިވަރުފައިސާ ބޭނުންކޮށްފައިވާތީއާއި ޔާމީން އަވަހާރަކޮށްލަން ރާވާފައިވާތީއާއި ، ކާނަލްނާޒިމްގެ ބޮލުގައި ދޮގުތުހުމަތެއްއަޅުވައިގެން އަދިވެސް ނާޒިމު ބަންދުގައި ވާތީ އަބަދުވެސް ރައްޔިތުން އެވާހަކަ ދައްކާ އަދީބުމަތިން ހަނދާންކުރޭ.

  11. ހުސޭނު

    ހަވާ ކީއްކުރަންތޯ ތަންކޮޅެއް ބާރުއަޑެއް އިވުނަސް ނޫނީ މީހަކު އެހެންމީހަކައް އިންޒާރެއްދިންކަން އެންގުނަސް ހަވާ ބޭބެ މަތިން ހަދާންވޭ.

  12. ޒާ

    ޔާމިން ވެސް އަދީބު ވެސް ރައްޔިތުން ގެ މުދަލަށް ހިޔާނަތް ވި.ގުދޯ ގުދޯ ކިޔާނި ކަމެއް ނެތް.

    • މޮހޯދު

      އަންނިވެސް ކިޔާ

  13. ހުސޭނުބޭ

    ކަލޭ އަރުވާ ހަވާއެކޭ މިސައިލެކޭ އެއްވަރު. ލޯންޗްފަހަރުގައި މީހުން މެރުމުގެ މަޤްޞަދުގައި ބޮންގޮއްވާ މީހުން ކަލޭ މަތިން ވަރަށް ހަދާންކުރާނެ!

  14. ހަވާ ރާނީ

    މާޒީ ހަދާން ވަނީ ދެއްތޯ

  15. ކައްބެ

    މައްސަލައެއް ނޯންނާނެ،

  16. ސަފީރު

    ތިބުރިޖްވެސް އަދި ތަރައްޤީގެ އެހެންކަންތައް ވެސް ކުރަން ދައުލަތަށް އާއްމްދަނީ އިތުރުވެގެން ދިޔައީ ރައީސް ނަޝީދު ނަންގަވަން ފެއްޓެވި ޓެކުސް އިން ކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ.. އެކަމް އެދުވަހު ބަޔަކު ނުކުމެ "ހަނާވަނީ ފަނާވަނީއޭ" ކިޔާފަ އެމަނިކުފާނުގެ ވެރިކަން ވައްޓާލީ މިފަދަ އެތަކެއް ބުރިޖެއް މިދިވެހިރާއްޖެއިން ފެންނާނެކަން ޔަޤީންވީމާ ކެތްނުކުރެވިގެންކަމީ ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ދެބަސްވެވެންނެތް ޙަޤީޤަތެކެވެ.

  17. ކޮމެންޓްކުރާމީހާ

    ކަލޭ ތިހަދާ ދޮގުތައް ބަލައިގަނެވޭކަށްނެތް

  18. ހަހުރަ

    އޮފް ކޯޒް!! ތިޔަ ކަމަކާ ދެބަހެއް ނުވަން!!

  19. ނިބޫ

    އޯކޭ

  20. ހުސްނު

    ބުރިޖު އެޅުނީމާ ހުރިހާކަމެއް އަދީބު. ތިޔަ ނޭޅުނުނަމަ. ޔާމީނު މޮޔައަކަށް ހެދީސް. މިހާރު ބަލާ އަންނި ދައްކާ ވާހަކަ. މިކަހަލަ ދިއުޅި އެއްނުވާ މީހުން ވެރިަކަން ކުރަން މިއުޅެނީ. ވަރަށް ސަލާމް!

  21. ޢަސްލު

    ގަދަކަމުން ދޯ ހަދާން ކުރަން ތިއުޅެނީ!!!!

  22. ޏަމްޏަމް

    މަ ހެދި ބްރިޖެެއް... ދެން ލަ ލަ ލާ...

  23. ކައުންސެލަރު

    އަމިއްލައަށް ބުނެގެން ގޮއްވިބޮމުގައި ހުރި ނަރުގެ އަދަދު ހަނދާންބެހެއްޓީމައެވީ. އޯކޭ ގޮޅީގައޮވޭ ގެޅިގެން

  24. ޙަވާ ރަސްގެފާނު

    ބަލަ ތިޔަމީހަކު ދުނިޔެއައް ނާންނަނީސް ވެސް ރާއްޖޭގަ ހަވާ އެރުވި

  25. ބަލިމީހާ

    ދިވެހިރައްޔިތުންގެ ފައިސާއަށް ޚިޔާނާތް ވެފައި ހުރިމީހަކު މަތީން ހަނަދާން ކުރާކަށް ނުޖެހޭ.ޖަލުގައި އޮވޭ.