މެއި 6، 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ސިޔާސީ ގުޅުމެއް ނެތް ކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ރާއްޖެ އިން ބޭރުގެ މަންދޫބު އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާއިޒް ވިދާޅުވީ އެ މައްސަލައިގައި ހަރުކަށި ފިކުރުގެ މީހުންގެ އިތުރުން އިތުރު ތިން ބަޔަކާ މެދު ވެސް ތިން ބައެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަށެވެ. އެގޮތުން އިދިކޮޅު ޕާޓީ އާއި ސަރުކާރާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ މީހުންތަކެއްގެ މައްޗަށް މި ތުހުމަތު ކުރެވުނު ކަމުގައި ވިޔަސް، އެކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ވަރަށް ފުރިހަމަ ތަހުގީގެއް ފުލުުހުން ކުރިއަށް ގެންދިޔަކަމަށް އައްބާސް ވިދާޅުވިއެވެ.

"އިދިކޮޅާއި އަދި ސަރުކާރުގެ ފަރާތަކުން ރައީސް ނަޝީދު މަރާލުމަށް ދިން ހަމަލާގައި ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ. ހަމަ އެހެންމެ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ވެސް ހަމަލާގައި ބައިވެރިވަކަމުގެ ހެއްކެއް ނެތް. އެމްއެމްޕީއާރުސީގެ ލިސްޓު ހާމަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުގެވެސް ކުރިން އެ ހަމަލާތައް ދިން މީހުން ދިޔައީ އެ ހަމަލާ ދޭން ތައްޔާރުވަމުން" ފާއިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަހުގީގުން ހާމަވީ ހަމަލާ ދިން މީހުންނާއި ހަރުކަށި ފިކުރާ އޮތް ގުޅުން ކަމަށެވެ.

ފާއިޒް އެފަދައިން ވިދާޅުވި ނަމަވެސް ރައީސް ނަޝީދު މީގެ ކުރިން ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން މަސައްކަތް ކުރިކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވައިފިއެވެ.

ހަމަ އެހެންމެ ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވައިގެން ބޮން ގޮއްވާލިތާ ދެ އަހަރު ފުރިގެންދިޔައިރުވެސް ސީރިއަސް ތަހުގީގެއް ނުހިންގުނު ކަމަށް ރައީސް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަބްދޫ

    ތިޔައީ ނަސީދު ގެރޭވުމެއް. ނަސީދު ގެސަޕޯޓް ގެއްލޭތީ ކުޅުނު ޑްރާމާއެއް. ޑްރާމާ އެއްކަންއެގެނީ ގައިގެ ހުރިހާ ޒަކަމް ހެދިފަހުރި އިރު ލައިގެންހުރި ހުދު ގަމީހުގަވެސް ވެއްޓިފައޮތްތަނުގެ މަގުގަ ވެސް ލޭތިއްކެއްގެ މިންވަރު ވެސް ނެތުމާއި. އެބުނާ އެއްޗެއް އޮތް ސައިކަލް ފިޔަވައި އެހެން އެއްޗަކަށް ގެއްލުމެއްލިބިފަ ނެތުމާއި 2 ބޮޑީގާޑާއި ޑްރަިއިވަރު ވެސް ހުރިތަނުން ގޮވިއެތީގަ ހުރި ތަކެތި ބޭންޖެހާފަ ގޮސް ނަސީދު ގޮހޮރަށް ވަނުން.

    48
    15
  2. ޑައެލޯގް

    ތިޔަކަމުގައި ސާމިލުވި މީހުން އެންމެ ރަގަޅަށް އެގޭނީ އިމްރާނަށެވެ. އޭނާއަތުގައި ކިތާބީހެކިހުންނާނެއެވެ. އަދި އިބޫއަކީވެސް ތިކަހަލަ ކަންކަމުގައި ފުންނާބުއުސްމީހެކެވެ. އެހެންވީމަތާ ބުނީ ގެއްލުނުމަރާއި ރިލުވާނާއި އަފްރާޝީމްގެ މަރު ފުރަތަމަ 100 ދުވަހުގައި ހޯދަން ދައުރުނިމުނީއެވެ. ޖަމަލުފޮޑި

    6
    4
  3. ާާާައަހުމަފު

    ތިޔަ އައްބާސަކީ ކޮން ޣަުއުމެއްގެ މީހެއްތޯ؟
    ޢޭނާ އަށް ހޭދަކުރި ޖުމްލަ ފައިސާގެ މިންވަރު އެގެން ބޭނުން
    ޜާއްޖޭގެ ޕޮލިހަށް ކުރެވެން އޮންނަ ކަމަކަށް، ބޭރުން މީހަކު ގެނެސް ފައިސާ ހޭދަކުރުމަކީ ކަރަޕްޝަންތޯ؟

  4. އަދުހަމް

    ތިޔަ ތަހުގީގެއް ނުނިމޭނެ ދުވަހަކުވެސް. އެއީ ނަޝީދު ސަމާލުކަން ހޯދާ ދައުލަތުން ހުންނާނެ ގެއަކާއި އިނާޔަތްތައް ހޯދަން ކުޅުނު ޑުރާމާއަކާ ވައްތަރީ

    1
    1
  5. Anonymous

    ވަގެއް

  6. އަހަންމަދު

    ނަޝީދަކީ ދޮގުވެރިއެއް!
    ދެން އޭނާފަހަތުން އުޅޭނީ ވަކި ކޮންބައެއް!

    9
    1
  7. މޯޑު

    "ސިމްޕަތީ" ނުވަތަ ހަމްދަރުދީ އަކީ ސިޔާސީ ގޭމުގެ ވަރުގަދަ "ޓޫލް" އެއް (ޢާލާތެއް). ކެނެރީގެ މުޙައްމަދު ނަޝީދު އެ ޓޫލްގެ ބޭނުން ހިފައިގެން އެ އުކުޅު ހެދީ!

    10
    1
    • ކައިދާ

      ޥަރަށް ބޮޑަށް ލަފާ ކުރެވޭ އޭނާގެ ރޭވުމެއްކަމަށް ރައްޔިތުންގެ ސަޕޯރޓް ގެއްލޭތީ ކުރަން އުޅުނު ވަރަށްވުރެ ބޮޑުވަރުވީ. އެހެން ނޫނީ ފަހެ ތިމާގެ ފުރާނައަށް ނުރައްކާވެފައިވާކަން އެނގޭ އިރުވެސް ބޮޑީގާރޑުންގެ ބަސް ގަަބޫލު ނުކޮށް އެމީހުނަށްވުރެ ކުރިއަރައިިގެން ދުވުމުގެ ބޭނުމަކީކޮބާ. ދެން އަނެއްކާ މިހުރިހާ ޚަބަރެއް މިލިބެނީ މީނާގެ ޕަޕެޓް އިލްްޔާސް ލަބީބަށް.

      3
      2
    • އިބްރާހިމް

      އަދި އޭނަ ވަށައިގެން ތިބި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއްނުވޭ. އެކަމަކު އެމަނިކުފާނުގެ ގައިން ފުޅިތޮށި ރޭޒާފުށް އަދި މިނޫނަސް މައުދަނުގެ ގިނަ ބާވަތްތައް ނެގުނުކަމަށްވޭ. ބޮޑެތި އަޖައިބު ތަކުގެ ތެރެއިންވެސް އަރާހުރި އަޖައިބެއް.

  8. ޢިޔާން

    މިބާވަތުގެ ކަންކަން ކޮންމެ ފެންވަރެއްގެ މީހަކަށް އަމާޒުކޮށް ކުރިކަމުގައިވިއަސް ޖެއްސުމާއި މަލާމާތުގެ ނަޒަރުން ވާހަކަ ދެއްކުމަކީ ޤައުމުގައި އެފަދަ ޢަމަލުތައް ހިންގުމަށް ހިތްވަރު ދެވޭކަމެއްކަމުގައި ދެކެން. މިފަދައިން ފިތުނައާއި ޙަސަދައިގައި އަހަރުމެން އުޅެންވެއްޖެންމަ ފަލަސްޠީނު ބިމުން ފެނިގެންދާފަދަ ޢަަމަލުތައް މުސްތަޤުބަލްގައި އަހަރުމެންގެ ބިމުން ފެނިގެންދިއުމަކީވެސް އެކަށީގެންވާ ކަމެއް. ވީމާ؛ ފިތުނައާއި ޙަސަދައިން ދުރުވާންޖެހޭ.

  9. ދިވެހި މުސްކުޅިން

    ތިޔައީ ޔާމީނު ކުޅުނު ފިނިފެންމާ ލޯޗް ކަހަލަ ގޭމެއް ނަޝީދު ކުޅެން ހަދައިގެން ދިމާވި ކަމެއް ވީމާ ނަޝީދު އެކުޅުނީ މަގުމަތީ ބޮމުގެ ގޭމެއް