އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މިއަދު މަޖިލީހުން ކުރި އިއުލާނެއްގައި ވިދާޅުވީ، މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދަވާ "އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު" އަށް އާންމުންގެ އެއްވެސް ޚިޔާލެއް އޮތްނަމަ 2 ނޮވެންބަރު ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެކަން އަންގަވައި ދެއްވުމަށެވެ.

އެގޮތުން، އެއްވެސް ޚިޔާލެއް އޮތްކަމަށްވާނަމަ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިދެއްވުމަށް މަޖިލީހުން ވަނީ އެދިފައެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މާރޗު މަހުގެ 20 ވަނަ ދުވަހުއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

ބިލު ހުށަހެޅުމުގެ މަގުސަދަތުތައް

    • ގާނޫނު އަސާސީން ކަށަވަރުކޮށްދިފައިވާ ހަޅުތާލުކުރުމުގެ ހައްގާއި، ހިޔާލުފާޅުކުރުމުގެ ހައްގާއި ޖަމާއަތްތައް (ޓްރޭޑް ޔޫނިއަންތައް) ހެދުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުން
    • މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިން އެއްބަސްވުންތަކަށް ވާސިލުވުމުގެ މެކޭނިޒަމް ގާއިމްކުރުން
    • ވަޒިފާގެ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާއި އެއްހަމައެއްގައި އިޖުރާއަތުތައް ކަނޑައެޅުން

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ބިލަކީ ވަޒިފާގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ އެންމެ މުހިންމު ބިންގާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ފަރުދެއް

    މަޖިލީހުންވެސް ސަރުކާރުންވެސް އެންމެ އިސްކަމެއްދީގެން ޔަހޫދީންގެ ޕްރޮޑަކްޓްތައް 'ބޭން' ކުރަންފެނޭ!

  2. އަބްދޫ

    މިހާރުވެސް ތިގާނޫނުގަ ބުނާ ހުރިހާކަމަކަށް ގާނޫނު ހެދިފާ އެބަހުރި . އިތުރުގާނޫނެއް ބޭނުމެއްނުވޭ. އެ ގާނޫނުތަކުގަ އުނިކަންކަން ހުރިނަމަ އެއަށް އިސްލާހުގެނޭ . އިތުރު ފުށުއެރުން ގެނެސް ގާނޫނުހަދަން ނުޖެހޭނެ.