މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ދެވަނަ ބުރުގައި ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު ފޯމް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހީގައި ފުލެޓު ދޫކުރުމަށް ހުޅުވާލާފައިވާ ފުރުސަތު ހަމަވީ މިއަދު މެންދުރު ތިނެއް ޖެހިއިރުއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މުއްދަތު ހަމަވި އިރު ފްލެޓަށް އެދި 21،000 އަދި ގޯއްޗަށް 19،000 ފޯމް ހުށަހެޅި ކަމަަށެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 ގޯއްޗަށް ވަނީ ހުޅުވާލާފައެވެ. މި ފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ.

ކޮންމެ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000 އަކަފޫޓެވެ.

މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމަ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ފުރަތަމަ ފިޔަވައްސެކޭ އެއްގޮތައް މިފަހަރުވެސް މާލޭގެ ރައްޔިތުންގެ އިތުރުން މަލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވޭނެއެވެ.

ފްލެޓަށް ކުރިމަތިލާ މީހުންނަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ވާނެޖެހޭއިރު، ގޯއްޗަށް އެދި މާލޭގެ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވެ.

"ބިންވެެރިޔާ" ސްކީމުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 18،955 މީހަކު ހިމެނެ އެވެ. އަދި އެ އެންމެނަށް ގޯތި ލިބޭނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ގޯތި ދޭން ނިންމާފައި ވަނީ ހުޅުމާލެ އާއި ގިރާވަރުފަޅު އަދި ގުޅީފަޅުންނެވެ.

"ބިންވެރިޔާ" ގެ ދަށުން ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،218 ގޯތި އަދި ގިރާވަރުވަރު ފަޅުން 5،432 ގޯތި ދޭން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙައްވަ

    ކޮބާތަ ފުރަތަމަބުރުގައި ފުލެޓުލިބުނުމީހުގެ ދާއިމީލިސްޓު އަދިވެސް ނެރެވޭވަރެއް ނުވޭތޯ

    39
    • Anonymous

      ހެއްވާ ތިއުޅެނީ މާ ފަހަތުގައި ދޯ. ލިސްޓު އެބޮތް މަގޭ ފޯނުގައި ވެސް.

  2. Anonymous

    ވެރިކަމުން ވަކިވުމުގެ ކުރިން ފުލެޓާއި ގޯތި ލިބުނު މީހުންނަށް ލިބުނުތަން އެނގޭނެހެން ލިޔުން ދޭތި. ނޫނިއްޔާ އަދުރޭ ތިހުރިހާ އެއްޗެއް ކައްވާލާނެ. އިއްލަބޭ ބުނީ އަދުރޭއަކީ ފެންފޮދަކާ ނުލައި ދިހަގަނޑު ޓިނު ދިރުވާލައިގެން ހުރި މީހެކޭ. އެއީ ތެދެއް ކަމުގައިވާނަމަ ފެންފޮދަކާ ލައިގެން އަދުރޭ ތިހުރިހާ އެއްޗެއް ދިރުވާލާނެ.

    5
    4
  3. ީްައަލީ އިބުރާހިމް

    މިއަދު ގަޑިޖެހުނު އިރު ވެސް ގިނަމީހުންނައް ފޯމްނުލެވުން ވަގުތު އިތުރު ކޮއްދިނުން އައީ ވަރައް މިހިއްމުކަމެއް

    1
    1
  4. އަބްހަ

    ދޭވީ ބިމެއް ނޫނެވެ. ދޭވީ ދިރިއުޅޭނެ ތަނެއް، މި ރާޢްޖެ 1% އަކީ ބިން، އެކަމު އެހެން ގައުމު ތަކެކޭ ހިލާފަށް މިގައުމުން މި ދެނީ ބިން، އަދި އެވެސް ހިލޭ..ހިލޭ...
    ބިންމަކީ ގަޢުމުގެ ވަރަށްބޮޑު ރައުސްމާލެއް. މިއަށް ހިތުހުރި ގޮތެއް، ވޯޓް ހޯދުމަށްޓަކައި ހެދުމަކީ ބޮޑުވެގެންވާ ގޯހެއް. ވަރަށް ގޯހެއް.
    ބީން ޔޫޓްލައިޒް ކުރެވޭނެ ގޮތަކަށް ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރުވަންޖޭހޭ.

    6
    2
  5. އަބްހަ

    "މޭލެ" ކޮންސެޕްޓަކީ ފެއިލްވެފައިވާ ކޮންސެޕްޓެއް. ތިގޮތަށް ގޯތި )ބިން( ދިނުން ހުއްޓާލަންޖެހޭ. ރާއްޖެއާއި ގުޅޭ ގޮތަކަށް.

    5
    1
  6. މެކް

    ހައްވަ ހާދަ ފަހަތެގައޭ ތިއުޅެނީ ތިކަން މިމިއްޖެ

  7. ޙާމަ

    ފޯމް ހުށައެޅުން ނޫންކަމެއް ނެތް. ކޮބާތަ ކުރިން ހުށައެޅި ފޯމްތައްވެސް..ނޮވެމްބަރ 17 ގެ ކުރިން ފްލެޓް ހަވާލުކުރާނަމޭ ބުނި....އަދިވެސް 4000 ފްލެޓް ލިބޭމީހުންގެ ލިސްޓް ނުނެރެވޭ..ސުލޯ ވިއަސް ބޮޑުވަރު.. މުއިޒް ސަރުކާރުން ކައްނޭގެ ދެން ފްލެޓް ހަވާލުކުރާނީ..

  8. ޑެޑީ

    އިބޫއަށް މަދުވީ މި ނަވާރަހާސް ވޯޓު.ފުރަތަމަ ބުރުވެސް ރާއްޖެތެރޭ މީހުން ބާކީ ނުކުރިނަމަ ހޮވުނީސް

    6
    5
    • Anonymous

      ދިން ނަމަ ޔަގީން ހޮވުނީސް. ނަމަވެސް ނީސް އަކުން ނަމަ އަކުން މިހާރު ކުރާނެ ކަމެއް ނެތް. އެއޮތީ ބޮޑުތަކުން ބަލިވެ ނިމިފަ.

  9. ނާނި

    ތިއިން ފްލެޓެއް ލިބޭ މީހުން އިޢލާން ކުރުމެއްނެތް،
    އަނެއްކާވެސް ކުރިމަތިލާން ހުޅުވާލަންވީ،

  10. ޗޯރު

    ކޮބާ ޓުރިޒަމްގަ 15 އަހަރުވި މީހުނައްދޭބައި

    3
    1
  11. ހުސައިން803

    ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ފުލެޓާއި ގޯޗަށް ސަރުތުހަމަވާ ހައްޤުވެރިންނެވެ. ހަމައެކަނި ނޭގެނޭ ފުލެޓާއި ގޯތި ލިބޭނެ ތަނެއް ދުވަހެކެވެ. 40 ހާސް މީހުން ގޯއްޗާއި ފުލެޓަށް ލުމަކީ ފަހުރެއްނޫނެވެ. އެއީ ރައްޔިތުންނަށް ވެފައި އޮތް އިހުމާލުގެ ބޮޑުމިންވަރެވެ. ވެރިކަމުން ފޭބުމުގެ ކުރިން ބިންތައް ބަހައި ބޮޑެތި ލިސްޓްތައް ހަދައި ހިއްކެންއޮތް ތަނަކުން ގޯއްޗާއި ފުލެޓް ދޭންބުނުމަކީ އަދި މިކަން ކުރުމެއްނޫނެވެ.

  12. އަރީފް

    ތިޔައީ އެހާ ރަނަގަޅުކަމެއް ނޫން ތިޔަގޮތައް ގޯތިތައް ބަހައި ހުސްކުރުމަކީ، ތިޔައީ ކޮންމެވެސް އެހެންކަމެއް ތިޔައިގެ އަޑީގައިވީ މަޖްލިސް ދާއިރާ ކަށަވްރުކުރުން ނޫންކަމެއްނޫންތިޔައީ.. އެކިއެކި ކަންކަމާއި ހުރެ އެޕްލައި ނުކުރެވިތިބިމީހުންވެސް އެބަތި ވަގުތު އިތުރުކުރުންވެސް އެއީ އިންސާނިއްޔަތުކަށް ދެއްތޯ

  13. ..

    ކކ