މާލެ ސިޓީގައި މިރޭ ދެ މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ މިރޭ 9:46 ހާއިރު ބޮޑުތަކުރުފާނު މަގު ބޭންކް އޮފް ސިލޯން ކައިރީގައެވެ. އެ މާރާމާރީއާ ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށް ބުނުން ފިޔަވާ އެއްވެސް މައުލޫމާތެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިރޭ 10:34 ހާއިރުވެސް އިތުރު މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. ހެންވޭރުގެ ގެއެއްގެ ތެރޭ ހިންގި މި މާރާމާރީގެ ވެސް ތަފްސީލެއް ނުދެއެވެ. އަދި އެ މާރާމާރީ ވެސް ތަހުގީގު ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލެ ސިޓީގައި މާރާމާރީތަކެއް ހިންގާފައި މިވަނީ މި ދުވަސްވަރު ވަރަށް ބޮޑަށް މާރާމާރީތައް އޮތީ ހުއްޓިފައި އޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަގީގަތް

    ފީޕީއެމް ސަރުކާރަކީ ވަރް ގޭންގުތަކާއި ގުޅުން
    ބޮޑިު ޕާޓީއެއް

    5
    7
  2. ލުޓޭރުންގެ ސަރުކާރު

    ވެރިކަން ގެއްލުމުން މޑޕ ގުންޑާއިން މާރާމާރީ ހިންގަން މާލެތެރެއަށް ދޫކޮއްލާފައެތިބީ..