ދުބާއީގައި ބާއްވާ 17 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންޕަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުބާއީއަށް ވަޑައިގަންނަވައިފިއެވެ.

ނަޝީދުގެ އޮފީހުން ބުނީ މި ކޮންފަރެންސް އޮންނާނީ މާދަމާއިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ނަޝީދާއެކު މި ކޮންފަރެންސްގައި ބައެއް ގައުމުތަކުގެ ވެރިންނާއި ނައިބުންނާއި ބޮޑުވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އެމަނިކުފާނަކީ މި ކޮންފްރެންސްގެ ކީ ސްޕީކާއެވެ.

އެ އޮފީހުން ބުނި ގޮތުގައި މި ކޮންފަރެންސްގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ. އަދި ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅިގެން ގައުމުތަކަށް ދިމާވާ ދަތިތަކާއި އަދި ހާއްސަކޮށް ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރާނެއެވެ.

ޢޭގެ އިތުރުން ގްލޯބަލް ސިޓިޒަންޝިޕުގެ ގާނޫނުތަކާއި ގަވައިދުތަކާގުޅޭ އޮނިގަނޑެއް އެކުލަވާލުމުގެ މަަސައްކަތްވެސް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުގާބޭ

    ފުރަތަމަ ޒިންމާ އުފުލާ

  2. Anonymous

    ވެލާނާގެއިން ވައްކަން ކުރިކަމުގެ ތަޢުޒީރީ އަދަބު ކަންޑައަޅާފައިވާ ގ. ކެނެރީގެ މުހައްމަދު ނަޝީދު ! ކޮރަޕްޓު މީހެއް !

  3. Anonymous

    ޑިމޮކްރަސީގެ ބައްޕަ ކަމަކާއި ޖެހުނު ދުވަހު ރަޖާލައިގެން ޑިމޮކްރަސީއަށް ފިލާއިގެން އުޅެނީ !