އެމްޑީޕީން ފެއިލްކޮށްލާފައިވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރާއްޖޭ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލަން އުޅުނު ބަގާވާތް ކަމަށް ބުނެ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ ނާއިބު ރައީސް ހުސެއިން ޝާފިއު، ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ހުއްޓުވުމަށް އެމްޑީޕީން ރާވަމުންދިޔަ ދިއުން ފެއިލް ވެއްޖެ ކަމަށް ބުނެ ނަޝީދު ކޮށްފައިވާ ޓުވިޓެއް ރީޓުވީޓު ކުރައްވަމުން ޝާފިއު ވިދާޅުވީ އެމްޑީޕިއަކުން އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ހުރަސް އަޅާކަށް ނޫޅޭ ކަމަށެވެ. އަދި އެމްޑީޕީން ފެއިލް ކޮށްލީ ނަޝީދު މަޖިލިސް ރައީސް ކަމުގަ އިނދެ ގެންނަން އުޅުނު ބަރުލަމާނީ އަށް ނިޒާމު ފުރޮޅާމުގެ ބަގާވާތް ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު އިތުރަށް ވިދާޅުވީ، އެމްޑީޕީން މިއަދު ސާބިތުކޮށްދިނީ، އެމަނިކުފާނުގެ ކޮއްކޯފުޅު، އަދި މަޖިލީހުގެ ނައިބު ރައީސް، އިވާ އަބްދުﷲ ބަލިވެގެން ގޭގައި އޮތްނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދެވޭނެކަން ކަމަށެވެ.

އެމްޑީޕީން ސްޕުރީމު ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމުގައި ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަންގަވާއިރު ނައިބު ރައީސް ހާޒިރު ނުވެއްޖެ ހާލަތެއްގައި ރިޔާސަތުގައި އެހެން ބޭފުޅަކު ބައިންދައިގެން ނަމަވެސް ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ ގާނޫނުގައި ވާގޮތަށް ރައީސް ނަޝީދު ވަނީ ރިޔާސަތުގައ އިންނަވާނެ ފަސް މެމްބަރަކު ކަނޑައަޅުއްވާފައެވެ. ރައީސް އާއި ނައިބު ރައީސް ހާޒިރު ނުވާ ނަމަ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާއިރު ރިޔާސަތުގައި އިންނަވާނީ އެތަނުން ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ނަސީދަކީ އެއްވެސް ފެންވަރެއް ހުރި މީހެއްނޫން .ކިޔެވީ މެރިޓައިމް ބީއޭ އޮވޭ ހަވާލުވި ކުންފުނި ބަގުރޫޓް ވަޑާންގެ ހަވާލުވެފަ ބަގުރޫޓް ގައުމު ހަވާލަވެފަ ވެސް ބަގުރޫޓް ވަނިކޮށް ދިނީ އިސްތިއުފާ.އިސްތިއުފާދީފަ ބަގާވާތެކޭ ކިޔާފަ ގައުމުިގަ ހުޅުޖެހީ. އޭނަބުނާހެން ބަގާވާތެއް އެކަމަކު އެބަގާވާތް ގެނެސްގެން އުޅުނީ ނަސީދު. ސަރުތު ހަމަނުވެ ވެރިކަން ދިނުމަކީ ހެދި ވަރަށް ބޮޑުގޯހެއް. ދެން މިކިޔަނީ ބަރުލަމާނީ އޭ. ދިވެހިގައުމު ޕްރެކްޓިސް ނުކުރާ ނިޒާމެއް ދުނިޔޭގަ ނެތް ގައުމަށް އެންމެ ފައިދާ ހުރީ ރިޔާސީނަޒާމްގަ. ރިޔާސީނިޒާމްގަ މިހާރު އޮތް ގާނޫނުއަސަސީ ގަޑުބަޑުކޮށް ގައުމަށް ހިޔާނާތްވި މީހަކީ ވެސް ތިޔަ ވަގު ނަސީދު. ގައުމަށް ޖެހިފަ ހުރި ބަލާ އެއް ތިޔައީ.