އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބަލަހައްޓާނަމަ، އިހުތިޖާޖު ކުރާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމާއެކު، އިންތިހާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖްލިސް މެމްބަރުންގެ އިތުބާރު ނެތް ރިޔާސަތެއް ކަމުގައިވާނަމަ އެކަމަށް އެމްޑީޕީން އިހުތިޖާޖު ކުރާނެ ކަމަށެވެ. އަދި އިހުތިޖާޖު ކުރާނެ ގޮތުގެ ތަފްސީލު ނިންމާނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގެ ރިޔާސަތު ނަޝީދު ބަލަހައްޓާނަމަ، އިހުތިޖާޖު ކުރައްވާނެ ކަމަށް ނިޔާޒު ވިދާޅުވެފައިވއިރު، މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެ ޖަލްސާއަށް ހުރަސް އަޅާނެ މޭރުމުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު އެއްވެސް ކަމެއް މަޖިލީހުގައި ނުކުރެވޭނެ ކަމަށް ގިނަ މެމްބަރުން ވަނީ ބުނެފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ނެތް ކަމުގައި ވިއަސް ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި އެކީ އާދިއްތަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލީ

    ހޭބައްޔާ މޮޔަވެބަލަ. އިނޝާﷲ ދެން ދުވަހަކުވެސް ވެރިކަމުގެ އިއްޒަތާ ގަދަރެއް ތިޔަ ބައިގަނޑަކައް ނުލިބޭނެ

    37
    2
  2. އަހްމަދު

    ޢަލީނިޔާޒްގެ ތިޔައިހްތިޖާޖް ވަރައްބަލާ ލާހިތްވޭ ރައްޔިތުންގެއިތުބާރުނެތް މެންބަރުންތައް މަޖިލީހުންބޭރުކުރުމަކީވެސް މުހިންމުކަމެއް

    34
  3. އައިލި

    މިމީހުންގެ އަސްލު ކުޅިގަނޑު ފެށުނީ ، އާރައީސަކު ހުވާކުރާވަގުތުން ފެށިގެން މުޒާހަރާތަކާއި ޖެއްސުން ކުރުމާއި ގައުމު ގަޑުބަޑު ކުރުމުގެ މަސައްކަތް ފެށުނީ

    38
  4. ސާހިބު

    ހުވާކުރުމުގެޖަލްސާގެރިއާސަތުބަލަހައްޓާނީ
    މާމިގިލީދާއިރާގެމެންބަރު އޮނަރަބަލްގާސިމުއިބުރާހީމް މީވަރައްފަސޭހަކަމެއް

    10
    1
  5. ކޮއްޔާ

    ހަޖަމް ނުކުރެވުނަސް އެތަން ބަލަން ހުރޭ // ނޫނީ ކުރާނީ ބޭރު // ފުއްޕުނު ޒަމާން ނިމިއްޖެ // މާ ވެގެން ނޫޅޭ //

    21
  6. Anonymous

    އަލީ ނިޔާޒުމެން ތިކަން ނުކުރެއްވިޔަސް ތިކަން ކުރައްވާނެ މާ ބާރުވެރި ފަރާތެއް މާ މަތީގައި ވޮޑިގެންވެއެވެ. އެއީ ކަށަ ކުޅަދުންވަންތަ ރައްބުލްޢާލަމީން އެވެ. އެކަލާނގެ އެ ގެންދަވަނީ ލާދީނީމީހާގެ ފިޔަތައް ކޮށްޓަވައި އޭނާގެ އާރާއި ބާރު ކުޑަކުރައްވަމުންނެވެ. ލާދީނީމީހާގެ އަޢުވާނުންގެ ތެރެއިން އާނިޔާ ހަލާކުކުރެއްވި ފަދައިން ލާދީނީމީހާ ވެސް ހަލާކުކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި ލާދީނީމީހާ ހިމަނައިގެން ބާއްވާ ހުވާކުރުމުގެ ޖަލްސާއަށް ހޮނުއެޅުއްވުމަށް ވެސް އެކަލާނގެ ކުޅަދުންވަންތައެވެ. ލާދީނީމީހުން ހިމަނައިގެން ހާމަތަންތަނުގައި ބޭއްވިފައިވާ ޖަލްސާތަކަށް މީގެ ކުރިން ވެސް ހޮނުއަޅާފައިވާކަން ފާހަގަކުރެވެއެވެ.

    2
    3
  7. ނުވިއޭ ފައިބާ

    ހާދަ އައްޗިކޮށް އުޅޭ ބަޔެކޭ އެމްޑީޕީ މީހުންނަކީ

    17
  8. ވަހީ

    މަޖްލިސް ގެ ރައީސް ގެ އިތުބާރު ތިމެމްބަރުން ނަށް ނެތްގޮތަށް ހިޔެއްނުވޭ މަޖްލިސްގައި މިވަގުތު ތިބި އެމް.ޑީ.ޕީގެ ގިނަމެމްބަރުންނަށްހޮވިފައިވާ ދާއިރާތަކުން ވެސް ތާއީދު އޮތްހެނެއް. އެކަން ރިޔާސީ ވޯޓުން އެގިއްޖެ. ގައިމުވެސް ބައެއް ދާއިރާތަކުގެއެމް.ޑީ.ޕީއަށް ނިސްބަތްވާގިނަ މެމްބަރުން ނަކީ ހަމައެކަނި ގޮޑި ހޫނު ކުރަންދާބައެއް. އަނެއްބައި މެމްބަރުންނަކީ ހަޅޭލަވާ އަޑުގަދަކޮށް ހަދަން ދާ ބައެއް.އެހެންވީމަ ރައްޔިތުން ހައިރާންވެ އަޖައިބު ވާނީ ތިޔަމެމްބަރުން މަޑުމައިތިރި ކޮށް ތިބިއްޔާ. އަދި ތިކަހަލަ ކަމަކަށް ވިއްޔާ ހުރިހާމެމްބަރުން ހާޒިރުވާނެ ކަން ޔަގީން. އިއުލާން ނުކުރިިއަސް ތިއީއެނގޭކަމެއް.

    10
  9. ދފސދފ

    މިވަގުތަކީ ލިބުނ ބަލި ގަބޫލުކޮށް އައު ހިތްވަރެއް ކޮށް ކުރިޔަށްދާންވީ ވަގުތު.
    ޖަޒަބަޓުގައި ކުރެވޭ ކަންކަންމުން ރަނގަޅު ނަތީޖާއެއް ނުފެންނާނެ. މުސްތަގްބަލްވާނީ އަނދިރި

    17
  10. އަބްސީ

    އެމްޑީޕީގެ ހަލާކު

  11. ޏައިމްފ

    ބައްޕަގެ ރިސޯޓްވިއްޔަ ދޯ

  12. މާމީ

    ތިޔަ އުޅެނީ ހީވާގޮތުން ބޮނޑިއެއް ބޯން ވެގެން މައިތިރިވޭ އިނގޭ،،،،،

    2
    1
  13. ހާލުފޮޅި

    ކުރާ އެއްޗެއް ކޮށްކޮށް ހުންނަން ޖެހޭނީ.. ނުވާނެ އެއްކަމެއްވެސް..ކަލޯ މޭ ފުއްޕާފަ އުޅެވުނު ދުވަސްތައް ގޮއްސި.. ފޮށި ތަންމަތި ބަނދެގެން ފުރަން ތައްޔާރުވޭ...

  14. ޓިނު

    ސާބަސް އިތުބާރުނެތް ރައީސަކު ރިޔާސަތުގައި އިނދެގެންނުވާނެ. މިފަހަރު އެންމެތަންފުކެއްވެސް ދޫނުދޭތި.

    1
    2