އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިންފްރާސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަންގެ ނަމުގައި ވަކި މިނިސްޓްރީއެއް އުފައްދަވައި އެ ތަނަށާއި ހައުސިން މިނިސްޓަރީ އަށް އައްޔަން ކުރައްވާނެ މިނިސްޓަރުން "ވަގުތަށް" އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި، އިންތިހާބީ ރައީސް މުއިއްޒު ވަނީ 21 ބޭފުޅުން ހިމެނިވަޑައިގަންނަވާ ކެބިނެޓެއް އެކުލަވާލައްވަން ނިންމަވައިފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެއްވެނީ ތައުލީމީ ގޮތުން ގާބިލް ގިނަ ބޭފުޅުންތަކެއް މަގާމުތަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ކަމެވެ. މިހާތަނަށް ކަށަވަރުފައިވާ މަގާމުތަކަށް ބަލާއިރު، ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިއްބަވާނީ މުއިއްޒުގެ ކެބިނެޓުގައެވެ. އެގޮތުން 11 ބޭފުޅުންނަކީ ޑޮކްޓަރުންނެވެ.

އެނގިފައިވާ ގޮތުގައި އިންފްރާސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރައްވަން ނިންމަވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަދި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، އެމަނިކުފާނާ އެކީގައި އެންމެ ކައިރިން މަސައްކަތް ކުރެއްވި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މުއްތަލިބް އެންމެ ބޮޑަށް އޭރު ފާހަގަ ކުރެވުނީ "ސިނަމާލެ" ބްރިޖު މަޝްރޫއަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވި ތަނެވެ. އެ މަޝްރޫއު އެންމެ ކައިރިން ބެއްލެވި އެއް ބޭފުޅަކީ ވެސް އޭރުގައި މުއްތަލިބެވެ.

ސިނަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދާ ގޮތުގެ އެންމެ ފުރިހަމަ މައުލޫމާތު ނޫސްވެރިންނާ ހަމައަށް އެންމެ ކައިރިން ގެނެސް ދެއްވި އެއް ބޭފުޅަކަށް މުއްތަލިބް ވާނެއެވެ.

މުއްތަލިބްގެ އިތުރުން ހައުސިން މިނިސްޓަރަކަށް އައްޔަން ކުރައްވަން މުއިއްޒު ނިންމަވާފައި ވަނީ ކުރިން އެ މަގާމު އަދާކުރެއްވި ޑރ. އަލީ ހައިދަރެވެ. ހައިދަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ހައިދަރު ތާއީދު ކުރައްވާފައި ވަނީ ޑރ.މުއިއްޒަށް ކަން އެނގިފައިވެއެވެ.

މި ދެ މިނިސްޓްރީއާ ދެން އެންމެ ގުޅޭނެ ކަމަށް ބެލެވޭ މިނިސްޓްރީއަކީ ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީއެވެ. އެ ތަނުގެ މިނިސްޓަރަކަށް އައްޔަން ކުރައްވަން މުއިއްޒު ނިންމަވާފައި ވަނީ ޔާމީންގެ ވެރިކަމުގައި އެންވަޔަރަމަންޓް މިނިސްޓަރު ކަން ކުރެއްވި ތޯރިގް އިބްރާހިމެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އަދި ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓެއް އަދި ސާފެއް ނޫނެވެ. އެކަމަކު ބެލެވޭ ގޮތުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މައިގަނޑު ސިޔާސަތަކަށް ވާނީ ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުން ހުރި ކަންކަމެވެ. ހައުސިން މިނިސްޓްރީގެ ސިޔާސަތަކަށް ވާނެ ކަމަށް ބެލެވެނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމެވެ. އަދި ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓަކަށް ވާނީ ތިމާވެއްޓާ ގުޅުން ހުރި ސިޔާސަތުތައް ތަންފީޒު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ޒަމާނާއި ތަނަށް އަންނަ ބަދަލާއި އެކު ކަންކަން ބަދަލް ކުރަންޖެހޭ، 1970 ގެ އަހަރު ތަކުގައ އޮފީސް މުވައްޒަފުން ނާއި، އޮފީސް ތަކަށް ހިދުމަތް ހޯދަން ދަނީ ހިގާފައި، 1980 ގެ އަހަރު ތަކުގައި ބައިސިކަލް ތަކުގައި 1990 ގައި ސައިކަލްގައި 2000 ގައި ކާރުގައި، ވީމާ ވެހިކަލް ޕާކު ކުރެވޭނެ ކަންކަން އޮފީސްތަކުގެ ކައިރީގައި ހަމަޖެހިފައި ހުންނަންޖެހޭ !

  2. މުހައްމަދު

    ޕްލޭނިން މިނިސްޓްރީ ވާންޖެހޭނީ މުޅިގައުމުގެ އުމްރާނީ ތަރައްގީގެ ސިޔާސަތު ތަންފީޒުކުރާ އިދާރާއަށް.

  3. ބަރުބާދު

    އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު

    2
    2
  4. ކައިދާ

    ޕީއެޗްޑީ އޮތަކަސްް އެކަނި ކަމަކު ނުދާނެ ތަޖްރިބާ އަކީވެސް ބޭނުން އެއްޗެއް ތަޖްތިބާ ނެތި ސެޓްފިކެޓަކުން ކުރެވޭނެ ކަމެއް ނޯންނާނެ

    22
    5
    • ދެކުނު

      ސެޓްފިކެޓްގެ ހޫނުކަމުގައި ރަނގަޅު މާލީމީއެއްގެ އޮޑިޔަކަށް ބޭނުމެއްނޫން ތަޖުރިބާއެއް

      1
      1
  5. ރިފާ

    ތި މިނިސްޓީރީއައް އެންމެކަމުދާ ބޭފުޅަކީ ކުރިން ސްޓޭޓްމިނިސްޓަރުކަން ކުރެއްވި މުހަންމަދު ފާއިޒް. އިލްމީ ދާއިރާއިން ކިޔަވައިގެންހުރި އިހުލާސްތެރި ބޭފުޅެއް. މުއީޒް އާއި ފާއިޒް ވަރުގެ މޮޅު ދެބޭފުޅުންނެއް ހަައުސިންދާއިރާއިން މިޤަައުމުގައެއް ނުތިބޭނެ>

    3
    3
  6. ޙެހެހ

    ހަައުސިންއާއި ޕްލޭނިންގ ހަދާއިރު އެބަޖެހޭ އަތޮޅުތަކަށް ޚާއްސަ މިނިސްޓަރ އެއް މިތަންތަނުގަ ތިބެން ، ނޫނީ މިއޮންނަނީ މާލއަށް ބަހާފަ ބާކީވާ އެއްޗެއް ރަށްރަށަށް މިލިބެނީ

    10
    1
  7. ޖުގާ

    ތޯރިގަކީ އެއްގޮތަކަށްވެސް ކަމުދާ މީހެއްނުން.އެއިރު އޭނަގެ ބެލުމުގެ ދަށުގައި ތިބި މުވައްޒަފުން ކުރެން އަހާބަލަ އޭނަގެ ގާބިލު ކަން.ބޮލެއް ހަމަ އެއީ.މީ މީނަޔަށް ހިބައިން ލިޔެދީފައި އޮތް މަގާމެއްތަ؟

    3
    1
  8. ބެލެނިވެރިން

    ޤުރްއާނާއި ބެހޭ ޤަޥްމީ މަރުކަޒަށްވެސް ތަޢުލީމީ ހިންގުންތެރި ޤާބިލް ހަރުދަނާ އައުބޭފުޅުން ބޭނުން ވޭ. ސަބަބަކީ އަޅުގަނޑުމެންގެ ދަރިންނާއި އަނބިން ރައްކާތެރިގޮތުގައި ޤުރްއާނުގެ ދާއިރާގައި ކުރިޔަށްދާން. ފާޑު ފާޑުގެ ނާގާބިލު މީހުން މިހާރު މަރުކަޒުގައި ތިއްބެވުމުން ޙިފްޒުކްލާހާއި ކިޔެވުން ވަރަށް ދަށަށްގޮސްފައިވޭ