އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރު ކަން ލިބިވަޑައިގެންފި ނަމަ، މީގެކުރިން ފަށާފައި ހުރި މަސައްކަތްތައް ފުރިހަމަ ކުރައްވަން ބޭނުންވާ ކަމަށް މުއިއްޒުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ޝަހީމް ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރު ކަން ކުރައްވައިފައެވެ. އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވެވި ޝަހީމް، އެއްވެސް އިރެއްގައި ދައުރެއް ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ. އެގޮތުން އެ ދެ ވެރިކަމުގައި ވެސް ޝަހީމަށް އިސްލާމިކް މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވިފައި ވަނީ އަހަރަކަށް ވުރެ ގިނަ ދުވަހެވެ.

އަދި ސިޔާސީ ސަބަބުތަކާ ހުރެ، އެ މަގާމުން އެއް ފަރާތް ވާން ޖެހުނެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އިންތިހާބީ ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް ޝަހީމެވެ. އެކަމާ ގުޅޭ ގޮތުން ޝަހީމް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެކަމަކު، "ވަގުތު" ޓީވީން ރޭ ގެނެސް ދިން "ތަފްސީލީ" ޕްރޮގްރާމްގައި ޝަހީމް ވަނީ ގައުމަށް ހިދުމަތް ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒު ކުރެއްވި ކެމްޕެއިން ދަތުރުގައި އެންމެ އިސްކޮށް އުޅުއްވި އަދި އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅަކީ ވެސް ޝަހީމެވެ. މުއިއްޒާ އެކީގައި ކޮންމެ ދަތުރެއްގައި ހެން ބައިވެރިވެވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އަޑު އުފުއްލެވުމުގައި ދެމިހުންނެވިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް، "ވަގުތު" ޓީވީގެ "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް

"ތަފްސީލީ" ޕްރޮގްރާމްގައި ޝަހީމް ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒާއެކީގައި މަސައްކަތް ކުރެއްވީ މަގާމަކަށް ޝަރުތުކޮށްފައި ނޫން ކަމަށެވެ. އަދި މަގާމުތަކަކީ އަމިއްލަ އަށް އިހްތިޔާރު ކުރެވޭ ކަމަކަށްވާ ނަމަ، ބޭނުން ވަނީ އަދި ޝައުގުވެރިވެވަޑައިގަންނަވަނީ ބޭރުގެ ގައުމެއްގައި އިސްލާމީ އުންމަތަށް ހިދުމަތް ކުރުމުގެ މަގާމެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެފަދަ މަގާމެއް ދިން ނަމަވެސް މިވަގުތު ރާއްޖެ ދޫކޮށް ވަޑައިގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެ ދޫކޮށްފައި ދެވޭކަށް ނެތީ މި ދަންނަވަނީ އަޅުގަނޑުގެ ބައްޕަގެ ސިއްހީ ހާލަތު ހުރި ގޮތުން އެންމެ ކައިރިން ހުންނަ އެކަކު މިއީ. އެހެންވީމަ، ހާލަތު ހުރި ގޮތުން ބައްޕަ ދޫކޮށްލާފައި ދާން ބޭނުން ނުވާތީ ރާއްޖޭގައި މަޑު ކުރަން މި ޖެހެނީ. އެހެންވީމަ، ރާއްޖޭގައި މަޑުކުރާ އިރު، އަދާ ކުރެވެން އޮތް މަސްއޫލިއްޔަތުތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ކައިރިން ހިދުމަތް ކުރެވެން ހުރި އެއް ދާއިރާއަކީ އިސްލާމީ ކަންކަމާ ގުޅޭ ދާއިރާ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ވަޒީރުކަން ލިބިވަޑައިގެންފި ނަމަ، ކުރިން ފަށާފައި ހުރި މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް ފުޅާ ކުރައްވާނެ ކަމަށެވެ.

އެގޮތުން ޒަކާތު ފަންޑާއި އޯގާފްތައް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ކުރީގެ ވަޒީރު ވިދާޅުވިއެވެ. އަދި އިސްލާމިކް ޔުނިވާސިޓީ ތަރައްގީ ކުރުމަށް ޕޮލިސީ ލެވެލްގައި އިސްލާމީ ދުނިޔޭގެ ސަޕޯޓި އެތަނަށް ހޯދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ނޫން ވެސް މަސައްކަތްތައް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމަކީ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާއިދު ކަމާއި، ވިލާ ކޮލެޖްގެ ފެކަލްޓީއޮފް ޝަރީއާގެ (ފައުންޑިން) ޑީންކަމާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަމާއި ވައިސް ޗާންސެލަރުކަމާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަންވެސް ކުރައްވާފައިވެއެވެ.

އަދި ބައިނަލްއަގްވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިގުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަރުބާދު

    އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު ޕީއެންސީ ބަރުބާދު ޕީޕީއެމް ޒިންދާބާދު އެމްޑީޕީ ޒިންދާބާދު ދަ ޑިމޮކްރެޓޭ ބަރުބާދު

    6
    23
    • ހެހެސް

      ބްރޯ އެމްޑީޕީ ޒިންދާބާދު އެންނޫންވީ، އެމްޑީޕީ ބަރުބާދުވީ..ހެހެހެ

  2. ފެއްސޭ

    ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުގެ ގޮނޑިން ފެއްސެންވީއޭ ދެން މީ ކިހާ ބޮޑު ބަލާ އެއް ނޫންތޭ ތަ ފެއްސެންވީއޭ ދެން ތަ ފެއްސޭ މަޖްލީހުގެ ރިޔާސަތުން ފެއްސޭ

    9
    8
  3. އިސާ

    ފަސްއަހަރު ނިމޭއިރުވާނެ ސަރުކާރު ހުސްތިށިގަނޑަކަށް ވާވަރަށް ދަވާލަން. އޭރުން ރާއްޖޭގައި ވެރިކަންކުރި ސަރުކާރުތަކުގެ ލިސްޓުގައި ޖެހޭނީ. ވީމާ ކުރިންވެސް ޕީޕީއެމް ވެރިކަމުގައި ދަވާލިގޮތަށް މިފަހަރުވެސް ދަވާލާފަ ކަރަޕްޝަނުގެ އައު ރިކޯޑެއް ގާއިމު ކޮއްލަން އަމާޒު ހިފާލާތި އެންމެންވެގެން..

    11
    30
    • ޙެހެހ

      ޙެއްކެއްނެތޭ ދަވާލި ކަމަކަށް ، އެކަމަކަށް ކުރިކަންކަން ފެންނަން އެބަހުރި ބޮޑުކޮށް ، އެކަމަކު އިބޫމެން ވެރިކަމުގަ ކުރިވައްކަމާއި ހެދިހާ މަކަރުތައް އެހެރީ ފެންނަން ، އަދި އަމިއްލައަށް އެދަނީ ބޭޒާރުކުރަމުން ، ވަމުން
      1. ވެންޓިލޭޓަރ
      2. ބިންކޮމޮޓީގެ މީހުންނަށް ސީދާ ބީޗު ޞަރަހައްދުން ، ފަޤީރުންނަށް ފަރުތަކުން ، އިއްތިފާޤއެއް
      3. ފލެޓްތައް
      4. ސިޔާސީގޮތުން ދިން ވަޒީފާތައް އެ ބަދަލުވަނީ މިހާރު ސިވިލްސާރވިސް ވަޒީފާތަކަކަށް
      ކުށްލިއަކަށް އަވަސްއަރުވާފަ މިކަންކަންވީމަ އެބައެނގޭ ދަވާލަން އުޅޭމީހުން

      18
      1
  4. އައުޓް

    އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް އަދުރޭ އައުޓް އަދުރޭ ދަރި އައުޓް

    17
    7
  5. ދޫކޮށްލަންވީއޭ

    ރައީސް އިބޫ އަށް ދަނީ ކާމިޔާބު ލިބެމުން ކެނެރީގެ ނަޝީދާއި އަދި ޕީއެންސީގެ މަކަރުވެރި ރޭވުން ބަލިކަށި ވަމުން ފަޅާ އަރަމުންނޭ ރައީސް އިބޫ ޒިންދާބާދު ރައީސް އިބޫ މިފަހަރު ބަލަން ވާނެ އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ޕީޕީއެމް އާއި ގުޅިގެން ނެގޭތޯ އެކަން ކުރަން ހަދަން ޖެހޭ ގޮތަކީ ރައީސް އިބޫގެ އަފްއާމެއްގެ ދަށުން ރައީސް ޔާމީން ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ ދޫކޮށްލަންވީއޭ

    5
    16
  6. މަހާތީރު

    މިހާރު ލިނބެޔނެކަން އެނގިގެން ތިހުރިހާހާސަރު ތަކެއް ތިދަމަނީ.. ކޯޓުފަހާ ހެޔޮވަރުކުރާ އިރު ދެން ކޮން ދޮގުތަކެއްތިހަދަނީ މިނިސްޓަރުކަން ދޭނެކަން ހަމަ ރަނގަޅަށް އެނގިހުރެ މިވާހަކަ މިދައްކަނީ ތެދުވެރިކަމެއް ހުރިނަމަ މަތިމަިން ތިވާހަކަތަކެއް ނުދެއްކީސް

    5
    7
  7. މަހާރެހެންދި ފެނަޑޯލް ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ޒަކާތު ފަންޑުގައި ހުރި ފައިސާ ކޮޅު ދަވާލާނެ ގޮތަކާމެދު ވިސްނަވާތި....ލޮލަށް ނިދިވެސް ނައިސްގެން ތިއުޅެނީ ތިކަން ނުވެގެން.

    5
    17
  8. މަޑޭ

    ނިކުފާނު ދާނީ 2 ދައުރު ރައްޔިތުންގެ ރުރައީސް މުއިއްޒުއަށް ގޮވާލަން ، މަނިކުފަނުގެ ކެބިނެޓްގައި ތިބި ވަޒީރުންނަށް އެމީހުންގެ ޓާސްކްތަށް ނުކުރޭވޭކަން މަނިކުފާނަށް ފާހަގަވާ ހިސާބުން އެމީހުން ދުރުކުރަން ، ރައްޔިތުން ބޭނުންވަނީ ގައުމު ނިކަން ބާރަށ ހިންގާލާ މުއްސަނދި ތަހުޒީބު ތަނަކަށް މިގައުމު ބަދަލުވާން ، ވަކި ބަޔަކުގެ އަންބޮޑި ބޮޑުކުރާކަށް ނޫން. ނާއިންސަފުން އެއްވެސް ކަމެއް ނުކުރައްވަނެ ކަމަށް ހީކުރަން. އަދި ވަކި ކުލައަކަށް ނުބަލައި ގައުމުގެ ރައްޔިތުން މި ސިޔާސީ ފިތުނައިން ސަލާމަތްކޮށް ސިޔާސީ ޕާރޓީތަށް ނާންނައިރު އޮަތްކަހަލަ އެކުވެރި ގުޅުންބޮޑު ރައްޔިތުން އުޅޭ ގައުމަކަށް މިގައުމުހަދާނެ ކަމަށް ހީކުރަން. މި ދެންނެވުނު ކަންތަކަާއި މިގައުމުން ކޮރަޕްޝަން ނައްތާލަދީފިއްޔާ މަނިކުފާނު ދާނީ 2 ދައުރު ރައްޔިތުންގެ ރުހުމުގައި ނިންމާލާފައި . މަނިކުފާނު ގެ ނަންފުޅު އެންމެންގެ ދުލުކުރީގައި ކިތެންމެ ޒަމާނަކަށް ވިޔަސް ދެމި އޮންނާނެ. މަނިކުފާނު އެކުވެރިން ގާތް ނުކުރާތި ޖަރީމާ ހިންގާ ކަހަލަ . ގައުމަށް ރަންގަޅުގޮތް ވާން އެދޭތީ މަނިކުފާނަށް ނަސޭހަތްތެރިވަން.