އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ޕޮލިސީގެ ސިޔާސަތުގައި ރާއްޖެއަކީ އިންޑިއާ އިން ހާއްސަ މަގާމެއް ދީފައިވާ ގައުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދިވެހި ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް މޯދީ ވަނީ ތަހުނިޔާ ފޮނުއްވައިފައެވެ.

އެ ބަޔާނުގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އުފެދިފައި އޮތް ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

މޯދީ ވިދާޅުވީ، ރާއްޖެ އަކީ އިންޑިއާގެ ސަލާމާތާއި ކުރިއެރުމުގެ ތަސައްވުރު ކަމަށްވާ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" ގާއިމުކޮށްދިނުމަށްޓަކައި އިސްދައުރެއް އަދާކުރަމުން ގެންދާ ގައުމެއް ކަމަށެވެ.

މޯދީ ވަނީ ދެ ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ރާއްޖެ އާ ގުޅިގެން އެ ގައުމުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނަޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ.

ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ދެމިއޮންނާނެ ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު ވެސް ވަނީ ވިދާޅުވެފައެވެ. މުނޫ މަހާވަރު އެގޮތަށް ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ވުމުގެ ރަސްމިއްޔާތަށް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި އެހެން ގައުމު ތަކުގެ ވެރިންނަށް ދައުވަތު ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އހ

    ހާއްސަ މަގާމެއް ދޭތީތޯ ރާއްޖެ މީހުން އިންޑިޔާއަށް ދިޔައިމަ ފާރަލާ މޮނީޓާ ކުރަނީ

    16
  2. Anonymous

    ފެސިސްޓުންގެ މެންޓަލިޓީ ގެންގުޅެ ބަޔަކު ރާއްޖެފަދަ މުސްލިމު ގައުމަކަށް ހެޔޮކަމެއް ކޮށްނުދޭނެ.
    މި ވޭތުވެދިޔަ 5 އަހަރު 50 އަހަރުން ނުދަރާވަރަށް ދަރައިގެންވެސް ގައުމުގެ ތަރައްގީއަށް އަދި އިގްތިސާދަށް ފައިދާވާނެ އެއްކަމެއް މިހާރު މިއޮތް ސަރުކާރަށް ނުކުރެވުނީ ކަލޭމެން ނުރުހޭތީކަން ދެނަހުރިން.

    14
  3. ނާހަމަ ތެދެއް

    އެހެންވެ ތޯ 2012ގެ ފަހުން އިންޑިޔާގަ އުޅުނު އާއިލާތައް ޑީޕޯޓް ކޮއްލީ

    13
  4. ހެ

    މީ ކިހާ ބޮޑުކަމެއް މިގައުމަށް ތިޔަ ހާއްސަ ކަމެއް ދޭނެކަމެންނެތް، ޖެހިގެތް އޮތް އަވެންޓެރި އިސްލާމީ ގައުމު އެންމެ ބޮޑު ދުޝްމަނަކަށް ހަދައިގެން އުޅޭއިރު އަދި ތިޔަ ތަނުގަ އުޅޭ މުސްލިމުން ނަށް ހިތުހުރި ގޮތެއް ހަދަމުން ދާއިރު، އަހަރެމެންނަށް ހެވެން އެދޭނެތަ. ތީ އިޒްރާއީލް އާ އެމެރިކާގެ އަޅުން. އިންޑިޔާ އައުޓު.

    16
  5. ދަރަނި ދަންތުރަ

    ގެރިމޯދީ ތީ ދިވެހިންނަން ހެޔޮއެދޭ މީހެއްނޫން މޯދީއަކީ ދިވެހިންގެ ދުސްމަނެއް އިސްލާމްދީނުގެ އަދުއްވެއް ނުބައިނުލަފާ ގަައްދާރެއް މޯދީއަށް ހަލާކުހުރި

    17
  6. ޙެހެހ

    ޢެކަމަކު ދިވެހި ރައްޔިތުން މިހާރު މާބޮޑު ސަމާލުކަމެއް ކަލޭމެން އިންޑިއާނުދޭ ، ޚާއްސަކޮށް މޯދީއާއި ރާއްޖޭގައި ހުރި އިނޑިއާ ސަފީރު އުޅުއްވާ ވައްތަރުން ދިވެހިންނަށް ބޮޑު ދުއްތުރާއަކަށްވެއްޖެ ، ކަލޢމެންގެ އަޑިއެއް ނޭނގެ

    14
  7. ރާއްޖެތެރެ

    އިންޑިޔާގެ އަޑި ވަރައް ގޯސް ހުރިހާ އެގްރިމަންޓުތަކެއް ޖެހޭނީ ބާތިލްކުރަން

    16
  8. ޚާފަ

    ޢިޒްރާއީލުނުން ފަލަސްތީނަށް ދީންގޮތަށްބާ