އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ގައުމުގެ ޒުވާނުންގެ މުސްތަގްބަލް އުޖާލާ ކުރުމަށްޓަކައި ހަރުދަނާ އުފެއްދުންތެރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ވިދާޅުވީ ޑިމޮކްރަސީގެ ބޭނުން އެންމެ ފުރިހަމައަށް ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ގައުމު އަމާން ކަމުގެ އައްސޭރިއަކަށް ގެންދިޔުމަށް ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މުއިއްޒުގެ ޒަޢާމަތުގައި ގައުމަށް ހުރިހާގޮތަކުން ވެސް ކާމިޔާބީ އާއި، ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށާއި އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ސިޔާމް ވަނީ ފޮނުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަަލި

    ކަލޭ ދޭބަލަ މާމުއި ބޯން. މާމުއި ހުސްވީތަ. މިހާރު

  2. ދިވެހި ރައްޔިތުން

    ސިޔާީމުއަކީ ދެފުއްކެހެރި މޮޅު ހޯދަން ދުވާ މީހެއް.

  3. ރަންރީނދޫ

    ދެން ކިހާ ދެރަކަމެއް. މަސްތުވާތަކެއްޗަށް ދެވިހިފީމާ ދެން އެކަމަށް ފަރުވާކުރާނީ. ކޮންމެހެން ރައީސް މީހާގެ ވާހަކަޔާއި ޖުމްހޫރީި ދުވަހުގެ ވާހަކިޔަސް އެބައްޔަށް ފަރުވާއެއް ނުލިބޭނެ.