ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިވެހި ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމަކީ އެމަނިކުފާނުގެ ހަޔާތުގައި ކުރިމަތިވެވަޑައިގެންނެވި އިމްތިހާނެއް ކަމަށާއި އެންމެ ގިނަ ރޭ ނިދިން މަހްރޫމްވާން މަޖުބޫރުވި ހާލަތަކީ ކޮވިޑް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރު ކުރައްވަން ފެއްޓެވި މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވީ 2020 ވަނަ އަހަރު ފެށުމާއެކު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަމާ ކަމަށެވެ. ދުނިޔެއަށް އެރި ހުއްޓުމުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުން ނޫން ގޮތެއް ނެތިގެން ދިޔަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ފަތުރުވެރިންގެ ބަދަލުގައި ރިސޯޓުތަކަށް ރެޔާއި ދުވާލު އުފުލަން ޖެހުނީ ބަލީގެ ނުރައްކަލަށް ހުށައެޅުނު މީހުން. ރަށްތައް ތަޅުލެވި، މަގުތައް ފަޅުވެ، ވިޔަފާރިއާއި އާންމު ހޭލަމޭލަވުން ހުއްޓުނު. އާމްދަނީގެ ގޮތުން އަތްފައި ބަނދެވި ގައުމު ފުރަބަންދުވި." ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެޔޮ، ދަތި ނުވެ ލިބޭނެ ގޮތް ކަށަވަރު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަމުން ދިޔަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށްދާނެ ގޮތް ވެސް ހޯއްދެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮވިޑް-19 އާ ގުޅިގެން އެހެން ގައުމުތަކުގެ ޕައިލެޓުން ތިބެން ޖެހުނީ ގޭގައި. ނަމަވެސް ޕީޕީއީގައި ރާއްޖޭގެ ޕައިލެޓުން ތިބީ ބޭހާއި ވެކްސިން އަދި ބަލި މީހުން ގޮވައިގެން ކޮވިޑް-19 ގެ ކުރިއަށް ވުރެ އަވަދިނެތި އުދުހުމުގައި. ދޭސީއެއް ބިދޭސީއެއް މިކަމުގައި ތަފާތެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓް ކުރި ދުނިޔޭގެ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރިއިރު، ސަރުކާރުގެ އެންމެ މުވައްޒަފެއްގެ ވަޒީފާ ނުގެއްލި މުސާރަ ދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޒީފާ ގެއްލި، އާމްދަނީ ނާޒުކު ޙާލަތަށްދިޔަ އަމިއްލަ މީހުންނާއި ވިޔަފާރިތަކަށް ސަރުކާރުން އެހީ ދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ބިލް ނުދެއްކިގެން ކަރަންޓާއި ފެން ނުލިބޭ އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރު ކުރިން. ބޭހެއް، ވެކްސިނެއް، ކޮޅެއް މެދެއް ނޭނގޭ އެ ބިރުވެރިކަން ދެ އަހަރަށް ދެމިގެންދިޔަ." ރައީސް ވިދާޅުވިއެވެ.

"ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއް ގައުމަކީ ރާއްޖެ. ފަތުރުވެރިކަމާއި އިގްތިސާދު، އިހުހުރި ހިސާބަށް ރުޖޫއަވުމުގައި ލިބުނު ކާމިޔާބު ބޮޑު. ރައްޔިތުންނާއި ރާއްޖެ ސަލާމަތް ކުރުމުގައި ކޮވިޑް-19 އަކީ އަޅުގަނޑުގެ ހަޔާތުގެ އިމްތިހާނު. އެންމެ ގިނަ ރޭނިދިން އަޅުގަނޑު މަހްރޫމްވާން މަޖުބޫރުވި ހާލަތަކީ އެއީ. އެހެން ނަމަވެސް، اللهُ سُبْحَانَهُ وَتَعَالَى ގެ ރަޙްމަތްފުޅު ކިތަންމެހާވެސް ތަނަވަސް."

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަކީ އާންމުކޮށް ދައުލަތުގެ ހުރިހާ ހިދުމަތްތެރިންގެ ގުރުބާނީ ގައުމަށް ވެދުން ކުރި ކާރިސާއެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުން އެ ދެއްކެވި ފުރިހަމަ ނަމޫނާއަކީ ގައުމަކުން ފެންނާނެ އެންމެ ރީތި މިސާލު ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އެނޮން

    ނިދިން މަހުރޫމް ވީ ލާރި ކާނެ ގޮތެއް ހޯދަން!،!!!

    30
    5
  2. ހުސޭނުބޭ

    އެކަން މެދުވެރިވާން ދިމާވި ސަބަބަކީ ކޮވިޑޭ ކިޔާފައި ރައްޔިތުންނަށް އޮޅުވާލާފައި ބައިތުލްމާލުން ކޭލެއް ގިނަވެގެންގޮސް ނިދަންވެސް އުނދަގޫވީއެވެ.

    26
    2
  3. މަކަރެ

    ކަލޭ އެކަނި ނުނިދާ ނުކައި ގޭންނުކިކުމެވިފަ ހުރީ ދެންތިބި މީބުންތިބީ ނާޗަރަންގީގަ ލޮލް ޗޯރު

    24
    2
  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އިބޫ ކޮރޯނާ-ގަ ވެސް ކުރީ ވައްކަން. ކޮވިޝީލްޑް ވެކްސިން ފުރަތަމަ ރާއްޖެއަށް އިންޑިއާ އިން ދިނީ ހިލޭ. ފަތް ވިއްކާ މީހުން ފަތް ވެސް ފުރަތަމަ ދެނީ ހިލޭ. ފަތުގެ އަސަރު-ގަ ޖެހި ގައްނަން އަންނަނީ. ހަމަ އެގޮތަށް ދެވަނަ ރައުންޑު ގައި ރާއްޖެ އިން ކޮވިޝީލް ގަތީ. ގަންނަން ސިންގަޕޫރަށް ގޮސް "ކަޓު" ނެގީ. އިބޫ ކައިރި ވެކްސިން ގެ އަގު އެހީމަ ބުނީ، "އެގްރީމެންޓް ކުރީ އަގު ހާމަ ނުކުރާ ގޮތަށް" ކަމުގަ!

    30
    2
  5. އާދަނު

    ރޭގަނޑު ނުނިދާ ކުރިކަމަކީ ގައުމު އަނދަވަޅަކަށް ވައްޓާލުން. ރައްޔިތުން ފެލުމާއި ޖެއްސުންކުރުން.

    27
    2
  6. މުހައްމަދު

    ތިޔައީ ރިވެތި އަހްލާގުގެ މާތް ވެރިއެއް، ހަޔާތުގަ އަންނާނެ ބޮޑެތި އިމްތިހާންތައް ހަމަ ކޮންމެ މީހަކަށް ވެސް، އަދި ތިހުރި މަގާމުން 2028 ވަނަ އަހަރު ފެންނާނޭ ކަމަށް އުއްމީދު ކުރަން

    6
    34
  7. ޢާޞޤށި

    ތެދެއް، ކޮވިޑް ޖެހިގެން މަރުވެދާނެތީ ބިރުން

    30
    5
  8. ރަމީޒް

    ކޮބާަ ޓީޗަރުންް އެމީހުންް ކްލާސްތައްް އޮންލައިންް އިންް ނަގައިި ހެދީީ.

    19
    1
  9. ބޮޑުބެ

    "ދުނިޔެއަށް އެރި ހުއްޓުމުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުން ނޫން ގޮތެއް ނެތިގެން ދިޔަ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ." މީ ހަމަ ކަނޑައެޅިގެން ދޮގު. ބޯޑަރު ބަންދުކުރީއެއްނޫން. އެހެން ގައުމުތަކުން އަންނަ ފްލައިޓްތައް އެ ގައުމުތަކުން ހުއްޓާލީ. މިވަރުގެ ބޮޑު ދޮގުތައް ހަދަން ހެޔޮވާނީ ކިހިނެއް؟

    24
    2
  10. ބޯހާސް

    ވައްކަން ކުރަންވެގެން ނުނިދާ ހުރީ ރައްޔިތުން ގޭބަނދުގަ ބާތިއްބާފަ ތަޅުއަޅުވާފަ ވަށްކަން ކުރީ ހަކުރު ކިލޯއެއް -/20ރ ޖީބަށް ކަހާލީ ވެންޓިލޭޓަރުގެ ނަމުގަ ލާރިތަށް ބޭރުގެ އެކައުންޓުތަކުގަ ޖަމާކޮށް ގުޅިގެން ހިންގާ ހުރި ޖަރީމާތަށް ނޫސްތަކުގަ ހުރި ވާހަކަމީ ކޮވިޑުގަ ބޭރުގައުމުތަކުން ލިބުނުހާ ހިލޭއެހީގެ ލާރިތަކަަށް ވީނުވީއެއް ނޭގޭ

    23
    3
  11. ޑައެލޯގް

    ކޮވިޑް ރާއްޖެވަނުމުން އިބޫފެށީ ރޯށެވެ. ލޮކްޑައުންކޮށް އެއާޕޯޓުވެސް ބަންދުކުރިއެވެ. ނަމަވެސް އަންނިއާއި މަޖިލިސް ބައެއް މެންބަރުން ބުނެގެން 3 ފަހަރަށް ލޮކްޑައުންނުކޮށް އެއާޕޯޓްހުޅުވީއެވެ. މީގަ އިބޫގެ އެއްވެސް ކުޅަދާނަކަމެއްނެތެވެ. ޔާމީނު ދިޔައީ އެމްއެމްއޭ އާއި ސޮވެރިން ފަންޑުގައި 1 ބިލިއަންޑޮލަރު ރައްކާކޮށްފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލާއި ބްރިޖް އޮތުމުން ފަސޭހަކަމާއެކު ބަލިޖެހުނުމީހުން ހުޅުމާލެއަށް ގެންދެވުނެވެ. އެގޮތަށް މެނޭޖްކުރެވުނީ ޔާމީންގެ ދުރުވިސްނުމުން އެކަންކަން ރޭވިފައިވީމައެވެ. ވީމާ މީގަ ޝުކުރު އޮތީ ޔާމީނަށާއި އަންނިއަށެވެ. އަންނީގެ މަސައްކަތުން 3 ވަނަފަހަރަށް ލޮކްޑައުން ނުކުރެވުނީ އިބޫ އުޅުނީކުރާށެވެ.

    25
    3
  12. ޥހ

    ވައްކްން ކުރަން ދޯ

    16
    1
  13. ސަނާ

    ކޮވިޑު އައިކަމެއް ދިޔަކަމެއްވެސް ނޭގޭ މީހަކު މިކިޔަނީ ކީކޭ؟

    20
    1
  14. ދަރަނި ދަންތުރަ

    ކޮވިޑުގައި ބޭރުގައުމުތަކުން ދިން ޑޮލަރުތަކުން ވައްކަން ކުރަން ހަދައިގެން ނުނިދުނީ ބޮޑު ވަގު ކިހާ ރުފިޔާއެއް ކާލައިފި ޗޯރޭ ޗޯރޭ

    19
    2
  15. the Maldivians

    ތީ ކަލޭ ގެ މައްސަލަ އެއް. ކޮވިޑް ގަ ވައްކަން ކުރަން ރޭވީ ހޭލާ ތިބެ 2މަފިރިން ވެގެން. ކައެ އަައް ސާބަސް

    18
    2
  16. ރައްޔިތު މީހާ

    އެއީ ވެންޓިލޭޓަރުތަކަށް ކިހިނެށް ހަދާށޯ؟

    22
    1
  17. ޢަބްދުﷲ

    ކޮބާ ތިޔަ ލިސްޓްގައި ކަސްޓަމްސް، ޕްރިޒަން، އޭވިއޭޝަން ސެކިއުރިޓީ، އިމިގްރޭޝަން، ސުކޫލް ޓީޗަރުން، މިހެންގޮސް ކިޔާނެ ކަމެއް ނެތް. ތިކިޔާ ޕޮލިސް އެމް.އެން.ޑީ އެފް އަށް ވުރެ މާ ބުރަކޮށް މަސައްކަތްކުރި މުއައްސަސާތައް އެބަހުރި... އުއްމީދަކީ، ކޮންމެވެސް ވެރިކަމެއްގަވެސް މުއައްސަސާ ތަކާމެދު މިގެންގުޅޭ ފަރަގު ނައްތާލާނެ ދުވަހެއް ދެއްކެވުން.

    4
    1
  18. މުޙައްމަދު

    އިންޑިޔާއަށް ގައުމު ވިއްކާލަން ހޭބޯނާރާ އުޅެން ހަދައިގެން ނުނިދިގެން އުޅުނީ. ކޮންހާ މަކަރުވެރި ދޮގުތަކެއް ހަދަން އަތޮޅޭ މިއުޅެނީ

  19. ނަސޭހަތް

    ކޮމެންޓް ކުރާ މީހުންނަށް ބުނެލަން އޮތީ "ތިމާގެ ދުލުން، ގަލަމުން އަދި ކީބޯﷲުގެ ފިތްތަކުން ދޫކޮށްލާ ކޮންމެ ބަހަކަށްވެސް ޖަވާބު ދާރީ ވާންޖިހޭ ދުވަހެއް އެބައޮތްކަން، މީހަކު ކިތަންމެ ބޮޑު ކުށެއްވެސް ކޮށްފާނެ، އެކަމަކު އޭގެ ފުރިހަމަ ހަޤީޤަތް ނޭގި ދޮގު ބަސް ބުނުމާއި އަނެކާ އެއްކޮށް ފަޞީހަތްކޮށްލުމުގެ އެއްވެސް ހައްޤެއް ތިބާއަށް ލިބިގެންނުވޭ".

  20. 😡😡😡

    ކޮވިޑު ވެެކްސިންޖަހަން މަޖުބޫރުކޮށް ޖެހި އެތައް ބަޔަކު މަރުވިއިރުވެސް މީނާ އޮތީ ގަދައަށް ނިދާފަ!

  21. އިކުރާމު

    ވެންޓިލޭޓަރުންވެސް ކުރީވައްކަން

  22. އަބްދޫ

    ނިދިން މަހުރޫމްވަނީ ކީއްކުރަން ކޮވިޑް އައުމާއެކު އެއާޕޯތްގަ ފުޅައް އަޅައިފި .ފުޅައްމަތިން ކެނެރީގެ ނަސީދު އިގިރޭސިވިލާތަށް ފޮނުވާލި އެބުރި އިގިރޭސިވަލާތުން ކެނެރީގެ ނަސީދު ގެންއީ ކޮވިޑާއެކު.ތިބި ރައޮޓެހި ކުދިންކޮޅެއް ގޮވައިގެން މިރާއްޖޭގަ ކޮވިޑް ފެތުރި މީހަކީ ވެސް ތިޔަ ނަސީދު.