ދެން އަންނަ ސަރުކާރު ވެގެންދާނީ ވައްކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނާ ސަރުކާރެއް ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދަވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އިންތިޚާބީ ސަރުކާރު ވެގެންދާނީ ހަގީގީ މާނައިގައި ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސާފު ސަރުކާރަކަށް ކަމަށެވެ.
"އަޅުގަނޑު ބޭނުން އަޅުގަނޑުމެންގެ ސަރުކާރަކީ ސާފު ސަރަކާރަކަށް ހަދަން. ކޮރަޕްޝަނަށް ހަމަ ހަގީގަތުގައި ވެސް ނޫނެކޭ ބުނާނެ މި ސަރުކާރުން. ކެބިނެޓުގެ މެމްބަރެއް ވިޔަސް، އެމްޑީއެއް ވިޔަސް ފުރުސަތެއް ނުދެއްވާނެ ކޮރަޕްޝަނަކަށް" މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބީ ރައީސްގެ ކެބިނެޓަށް އައްޔަން ކުރައްވަނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ނަޒާހާތްތެރި ބޭފުޅުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވުޒާރާތަކުންނާއި، ކުންފުނިތަކުން ވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ޓީމަކީ ތެދިވެރިކަމާއި އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާނެ ޓީމެއްކަން ޔަގީންކުރައްވާކަމަށާއި، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ޤާބީލު ނަޒާހަތްތެރި ސަރުކާރަކަށް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ އެކުލަވާލާ ކެބިނެޓަކީ އެމަނިކުފާނަށް އެބޭފުޅުންގެ މައްޗަށް ފަހުބަސް ބުނެވޭ ބޭފުޅުން ކަމަށާއި އެބޭފުޅުން ކަންތައް ކުރުމުގައި އެހެން ބޭފުޅަކު އަރިހުން ލަފާ ހޯދަން ނުޖެހޭނެ ފަދަ ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ. އަދި އެއީ އެމަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކެނޑިނޭޅި މަސައްކަތް ކުރާނޭ، ރައްޔިތުން ފަޚުރުވެރިވާނެ ފަދަ ނަތީޖާ ނެރެވޭނެ ކެބިނެޓެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ރައްޔިތުންނަށްޓަކައި ވީ ވައުދު ރަނުން ރަަނަށް ފުރިހަމަ ކޮމިޓްމެންޓާއެކީގައި ރެޔާ ދުވާލު ހޭލާހުރެ މަސައްކަތްކޮށްގެންވިޔަސް ކުރެވޭ ވަރުގެ ބޭފުޅުންނޭ އަޅުގަނޑު ލާނީ." މުއިއްޒު ވިދާޅުވިއެވެ.
އަދި ހަމައެއާއެކު އެ ބޭފުޅުންނަކީ ތައުލީމީީ ބަޔަކަށްވާނެކަން މުއިއްޒު ވަނީ ފާހަގަކޮށްފައެވެ.
ޖޯކެއްތަ މީ !؟
ފަންސާސް ވުޒާާރާ ހުއްޓަސް މައްސަލަ އެއްނެތޭ ކޮންމެ ވުޒާރާ އެއްގެ ވަޒީރަކު ޖެހޭނެ ދުވާލަކު މަދުވެގެން އެވުޒާރާ އަކާއި ގުޅޭ ދާއިރާ ތަކުގެ އާންމުންގެ ތެރޭން 20 މީހުންނާއި މަދުވެގެން ބައްދަލު ކުރަން އާންމުންނާއި ބައްދަލު ވުމުންނޭ އާންމުންގެ ކަންބޮޑުވުން ސަރުކާރަށް އިނގޭނީ މިސާލަކަށް ޓްރޭޑް މިނިސްޓަރު ޖެހޭނެ މާލޭގެ ހުރިހާ ވިޔާފާރި ކުންފުނި ތަކުގެ ވެރިންނާއި އަހަރަކު އެއްފަހަރު ބައްދަލު ކޮށް ހަދާ އެމެންގެ ވިޔާފާރި އަށް ދިމާވެފައިވާ މައްސަލަ ތައް ބަލަން ޖެހޭނެއޭ އެހެން ނޫނޭ މިހާރު ވަނީ ވަޒީރަކު އާންމު ވިޔާފާރިވެރި އަކަށް ލޮލަށް ވެސް ނުފެނެއޭ ބައްދަލެއް ވެސް ނުވެއޭ ލައިނުގަނެގެން އަބަދު ހީސްލަވައިގަނެގެން އުޅޭ ވަޒީރުން ތަކޭ މިހާރުގެ ސަރުކާރުން ފެންނަނީ....
އެންއައިސީގެ މެންބަރުން މަސައްކަތްކުރާގޮތަށް ދުވާލަކު 2 ގަޑިއިރު މަސައްކަތް ކޮށްގެން މަހަކު 35 ހާސް ރުފިޔާގެ މުސާރަ ނަގާ އެހެން ކޮމިޝަނެއް ހުރޭތަ؟
ސަހަރޯ! ތިކަން އެނގޭ މިހާރު ޓްވަރިޒަމަށް ތިޔަ ހަމަޖެއްސެވި ބޭފުޅަކުންވެސް.
އެންޓިކޮރަޕްޝަން ކޮމިޝަނު ވަރުގަދަކޮށް މީހެއްގެ މޫނަކައް ކަނދުރާއަކަށް ނުބަލާ ކޮރަޕްޝަންގރ މައްސަލަތަށް ވޣުތުން ވަގުތަށް ބރލެންފެށި ފިޔަވަޅު އެޅރން ފެށުމުން ނޫނީ މިގސއުމިން ވައްކަމާ ފަސާދަ (ކޮރަޕްޝަން) ނައްތާ ނުލެވޭނެ.
ގޯތީގެ ސްކޭމް އޭސީސީން ބަލާ ފިޔަވަޅު އެޅުމުން ފުރަތަަ ކުރަންވީ ކމަކީ. ދެން ފްލެޓްގެ ސްކޭމް. އޭގެ ފަހުގަ ދައުލަތުގެ ކުންފުނިތައް. އޭގެ ފަހުގަ ދައުލަތުގެ އޮފީސްތައް.
ރާއްޖޭން ބޭރުން.ޕްރޮފެޝަނަލުން ހަޔަރ ކޮށްގެންވެސް އޭސީސީން 3 މަސްތެރޭ އެހުރިހާ ކަމެއް ބަލާ ރައްޔިތުންނަށް ދައްކާދީ މި 5 އަހަރުގެ ވައްކަމާ ކޮރަޕްޝަން. ހުރިހާ އެންމެނަށް އަދަބު ދެވިގެން ނޫނީ މިގައުމުން އެ ވަބާ ނުފިލާނެ. އަދަބެއްނެތްނަމަ ކުށްކުރުމާ ދުރުކުރެވޭނެ ގޮތެއްނޯންނާނެ.
އެނޫން ކަމެއް މިޤައުމުގަ ހިނގާތޯ.
އެމްއެމްޕީއާރްސީ ސްކޭމް 2 ކަމިން ސޫން..