ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވީ މުއައްސަސާތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރަން ކަމަށް މަޖިލިހުގެ މައްޗަންގޮޅި މެދު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު ވިދާޅުވީ މަޖިލިހުގައި މިހާރު ހިނގަމުންދާ މައްސަލަ އާއި އެ މައްސަލައާ ހެދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނެވި އިރު، މަޖިލިހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެމްޑީޕީން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު، އެ ޕާޓީން ގެންދަނީ މަޖިލިހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާ އެންމެހާ އަމަލުތައް ހިންގަމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވިއިރު ވެސް ދައުރު ނުނިމެނީސް އިސްތިއުފާ ދެއްވާފައިވާނީ މުއައްސަސާތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވީ ވެސް އެ ބޭނުމުގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބައްލަވަނީ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށެވެ.

"ތިބޭފުޅުން ބައްލަވާ އަޅުގަނޑުގެ އިސްތިއުފާގެ ހުރިހާ ސިޓީއެއްގައިވެސް އޮންނާނެ މުއައްސަސާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރާށޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިިދިޔަ ފަސް އަހަރު ސަރުކާރު ވެސް ޖަވާބު ދާރީ ކުރެވުނު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ ނަޒަރަށް ކަންކަން ވެސް ގެނެވުނު ކަމަށެވެ. އެހެންކަމުން އަމާން ކަމާއެކު ވެރިކަން ވެސް ބަދަލުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ ވަރަށް އުފާކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އޮތީ އުޖާލާކޮށް ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވަނީ 2012 ވަނަ އަހަރު ދައިއުރު ހަމަނުވަނީސް ރާއްޖޭގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ދައުރު ހަމަނުވަނީސް މިއަހަރު ކުރީކޮޅު އެމްޑީޕީގެ ރައީސްކަމުން އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވާފައެވެ. މިއަދު މަޖިލީހުގެ ރައީސް ކަމުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. 123

    މަނަމަ ބުނާނީތިގޮތަކަށްނޫން. މަނަމަ ބުނާނީ އިސްތިއުފާދެއްވީ އެހެންގޮތެއްނެތިގެންނޭ.

    26
    1
    • ކައިދާ

      ޥަކިކުރާނެ ކަން ޔަގީންވީމަ އެހެން އެއްވެސް ގޮތެއް ނެތިގެން މަޖުބޫރުވީ އިސްތިއުފާ ދޭން ލަދުހަޔާތް މަދުވީމަ ޑިމޮކަރަސީއޭ ކިޔާފަ އަގަ ފަތުރަނީ

  2. Anonymous

    މިވަރުން ދާނަމަ މީނާ މިގައުމުން ވެސް އިސްތިއުފާދޭނެއެވެ. އަދި މިދުނިޔެއިން ވެސް އިސްތިއުފާދީފާނެއެވެ. އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުން ކައްސާލައިފި މީހަކު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ހިނދުކޮޅު އަންނަ މީހަކު ކޮށްފަ ނުކުރާނެ ކަމެއް ނޭނގޭނެއެވެ. މީނާ ބޭނުންވަނީ ބޮޑުވަޒީރުކަމެވެ. ބޮޑުވަޒީރުކަން ހޯދުމަށްޓަކައި މީނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ.

    16
    3
  3. ޑާކީ

    އިސްތިުފާ ދިނީ މަގާމުގާ ހުރެވޭނެ ހަމަ އެއްވެސް ގޮތެއްނެތިގެން. ލިބިފައިހުރި ހުރިހާބާރެއް ބޭނުންކޮށްގެންވެސް ހަމައެއް ކަންފުޅެއްވެސް ނުވެގެން

    12
    1
  4. ދުނމާރި

    މާދާމާ ކުދިންކޮޅު ގޮވައިގެން މަގުމައްޗަށްނުކުމެ ތަންތަނުގަ ހުޅުޖަހާ މުދަލާތަކެއްޗަށް ގެއްލުންދީ މުޅި ޤައުމު ހަލަނބޮލިކޮށް ބުނޭ ބަޑިޖައްސައިގެނޭ އިސްތިއުފާދިނީ އޭރުން ހުރިހާކަމެއް އޮންނާނީ ފުރިހަމަކުރެވިފަ ތީ އެކަހަލަ ދެއުޅި އެއްނުވާ ލާދީނީ ޖާހިލެއް

  5. ހުސޭނުބޭ

    ރައީސްކަމުން އިސްތިއުފާ ދީފައިވެސް ޤައުމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ޖެހިގެން އައި ދުވަހު މުޅި ޤައުމުގައި ހުޅުޖެހި!

    17
    2
  6. ގައުމީ ލޯބި

    ހެހެ.. އަދިވެސް ދޮގެއް ހެދޭތޯ ބަލާ!

    ހުރިހަ ރޮކެޓެއް ނާކާމިޔާބުވެ، މަގު ތައް ބަންދުވެ، ގޮތް ހުސްވެ، ދެން ހެދޭނެ އެއްވެސް ގޮތެއް ނެތުމުން އިސްތިއުފާ ދިނީ،

    މިހާރު އެއުޅެނީ އޭގެން ވެސް ކްރެޑިޓް ޖަހާލެވޭތޯ؟

    މީނާ އަކީ ދިވެހީން އެންމެ ރުޅި އަންނަމީހާޔަށް ވާނެ ދުވަސް މާދުރެއްނޫން

  7. ހަސަނު

    ފޮޓޯއިން ބަނޑިނެތް ފެންނާކަށް. ސަކަރާތެއްނު. މާދަމާ އަނެއްކާ ބުނާނެ ބަޑިޖެއްސީއޭ.

  8. ޏސ

    މިއަދަކީ މަޖިލީހުގައި އަޅުވާފައި ހުރިތަޅު ނައްޓާލެވުނު
    ދުވަހެވެ އެތައް މަހެއްވަންދެން މަޖިލިސް ތަޅުލައިގެން
    އެތާގެ މަސައްކަތްތައް ކުރިއަނުދީ ހިފެހެއްޓީ އަމިއްލަ
    ބޭނުމުގައެވެ މިފަދަ މީހުން ދެވަނަ ފަހަރަށް ރައްޔިތުން
    ކައިރިއަށް ދާން ލަދުގަންނަން ޖެހޭނެއެވެ އަދި މިކަލަ މީހުން މަގާމްތަކަށް ނުހޮވުމަށްވެސް ރައްޔިތުން ވިސްނާނެއެވެ.

  9. އަހަންމާދު

    މިހާރު ތިހުރީ ތިންފަށްވެފައި. ރައީސުލް ޖުމުހުރިއްޔާކަމުން، ޕާޓީން، އަދި މަޖިލީސް ރައީސްކަމުން. ދެން އިތުރު ގައުމަކަށްގޮސް ފައްކަނޑައިގެން އައިސްގެން މަގާމެއް ލިބޭނީ.

    • އައްޔަ

      އަދި ލައިލާ ކައިރިން.........

  10. ކަބިލި

    ކަލޭ ފެބީ ގޮތެއް ނެތިގެނެް ނޫންތަ! ކޯޓް އަމުރާއެކު ކުޑކުޑަ ވާގެ ބަލި ފަސޭހަވެ، ސަލާމް ހުސްވެ ވާނުވާގައި ހުންވެިކަން އެންމެނަށް އެގޭ! މިކަން އެންމަށް އެޣޭއިރުވެސް ޑިމޮކުރަސީގެ ދޮންބަފާ ތިއުޅުއްވާ ގޮތުން މަމެން ލަދުފުޅު ގަނޭ!

  11. އަބްދޫ

    ދިވެހިގައުމަށް ޖެހުނު ބަލާ އެއް ތިއީ