ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ގަރާރަކީ ގަވައިދާ ހިލާފު ގަރާރެއް ކަމަށް ބުނެ ވަނީ ބޭރުކޮށްލައިފައެވެ. ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެގޮތަށް ނިންމަވައި މަޖިލިސް ނިންމާލެއްވީ އަމީންއާންމު ފާތިމަތު ނިއުޝާ އެކަމާ ދެކޮޅަށް ލަފާ ދެއްވަމުން ދަނިކޮށެވެ.

އޭގެފަހުން މަޖިލީހުން މިއަދު އިތުރު ޖަލްސާއެއް އެޖެންޑާ ކުރުމުން ރިޔާސަތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިގެން، އިއުލާން ކުރެއްވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ބޭރުވެފައިވާ ކަމަށާއި ދެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންވެ އެމްޑީޕީގެ މެންބަރުން ވިދާޅުވީ އާންމު ކޮމިޓީއަށް ލިބިފައިވާ މެންޑޭޓްގެ ތެރެއިން ބަންޑާރަ ނައިބުގެ ލަފައެއް ހޯދަންޖެހޭ ކަމަށާއި އެއީ ނަޝީދުގެ މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތަކާ މެދު އަމީންއާންމުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މެންބަރު ހަސަން އަފީފް އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިބުރާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށް އެ ޖަލްސާ ވަނީ ކުރިއަށް ގެންދެވޭ ގޮތެއް ނުވެފައެވެ. ރައީސް ނަޝީދުގެ މައްސަލަ މަޖިލިހަށް ވެއްދި ފަހުން ރައްޔިތުންގެ މަޖިލިހުގައި މަރު ތަޅުއެޅި އެތައް ދުވަހެއް މިވަނީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދޫ

    އީވާ އާއި ނަސީދު ހޮސްޕިތަލުގަ އެޑްމިޓް ކޮށްފަ ނަމަވެސް މަޖިލީހުގަ ވޯޓް ނަގާ ނިންމާލާ އިދިކޮޅަށް ތެދުވާމީހަކުނަމަ ތަޅުމުން ނެރެގެންވެސް ތިޔަ ނާސީދާއި އީވާ ބޭރުކުރޭ.ނަސީދު މަޖިލީހުގެ މެމްބަރުކަމުން ވެސް ވަކިކުރޭ. ކީރިތި ގުރްއާނުގަ ހައްދުކަނޑައެޅި ކުށެއް ސަރީއަތަށް ސާބިތު ވެފައިމާމީހަކަށް މަޖިލީހުގެ މެމްބަރުގެ ސަރުތު ހަމަނުވާ އިސްލާހުގެނޭ ނަސީދުގެ ވައްކަމުގެ ހުކުމް ދެމި އޮތްކަން ހަނދުމަ ބަހައްޓަވާ.

    10
    4
  2. އަބްދޫ

    އީވާ އާއި ނަސީދު ކޮންމެ ގޮތަކަށް ނަމަވެސް މަޖިލީހުގަ ވޯޓް ނަގާ ބޭރުކުރޭ. އިދިކޮޅަށް ތެދުވާމީހަކުނަމަ ތަޅުމުން ނެރެގެންވެސް ތިޔަ ނާސީދާއި އީވާ ބޭރުކުރޭ.ނަސީދު މަޖިލީހުގެ މެމްބަރުކަމުން ވެސް ވަކިކުރޭ. ކީރިތި ގުރްއާނުގަ ހައްދުކަނޑައެޅި ކުށެއް ސަރީއަތަށް ސާބިތު ވެފައިމާމީހަކަށް މަޖިލީހުގެ މެމްބަރުގެ ސަރުތު ހަމަނުވާ އިސްލާހުގެނޭ ނަސީދުގެ ވައްކަމުގެ ހުކުމް ދެމި އޮތްކަން ހަނދުމަ ބަހައްޓަވާ.

    8
    1
  3. މަޖިލިސް

    ތިއުޅެނީކީ މަޖިލިސް ހިންގޭނެގޮތެއް ނެތިގެނެއް ނޫން، ވަކިދުވަހެއްގެކުރިން ވަކިކަމެއް ނުކުރެވިގެން. ސުޕްރީމް ކޯޓުގެ ހުކުމުގައިވެސްވަނީ ތިޔަކުރަންއުޅޭކަން ނުކުރެވުނަސް މަޖިލިސް ހިންގުމަށް އެެއްވެސް ހުރަހެއްނެތްކަމަށް އަދި މަޖިލިސް ހިންގަންވެސް ވާނެކަމަށް

    1
    2
  4. އަހުމަދު

    ކެކެކެކެކެކެ.. އަންނިއާ ގެޅެން ނޫޅެބަލަ..

  5. ޜޖރޖރ

    ބަންޑާރަ ނައިބަށް މިހާތަނައް ކުރެވުނީ ކޮންކަމެއް