ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދާ އިރު، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް މަޖިލިހުގެ ރިޔާސަތުގައި ނުބެލެހެއްޓޭނެ ކަމަށް ނިންމައި، ރިކޮމެންޑޭޝަނެއްގެ ގޮތުގައި އާންމު ކޮމިޓީއެއް ހުށަހަޅަން ވެސް އިމްތިޔާޒް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަނެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެ ހުށަހެޅުން ވެސް ކޮމިޓީން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކޮށްލާފައިވާތީ މަޖިލިހުގެ ނައިބު ރައީސް އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން ވަނީ ނިންމައިފައެވެ.

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމަށް އެގޮތަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ވެރިކަމައިގެން ނަޝީދު ހޭބަލިވަނީ.

  2. އިމްތިޔާޒް

    ތިޔަށްވުރެ މާ ރަނގަޅުވާނެ ތިޔަ ކޮމެޓީން ޔަޢުނީ އިމްތިޔާޒް ކޮމެޓީން މަޖިލީހުގެ ރައީސާއި ނައިބް ރައީސް ވަކިކޮށްފިކަމަށް ފާސްކުރިއްޔާ. އަދި އަފީފް ވެސް

  3. ސުބު

    މިއަދު އީވާ އެހެދިއެތިފަހަރަކީ މާދަމައިގެ ޖަލްސާގައިވެސް އީވާ އާ އަފީފުއަށް ރިޔާސަތު ބެލެހެއްޓޭގޮތް. އަޅެ މަކަރެއްނު.