ނިމިދިޔަ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައީސް އޮފީސް ތެރޭގައި ހިންގި އެއް ބިލިއަން ރުފިޔާގެ ޖަރީމާއެއް ފަޅާއަރައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ، ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވާފައިވާ ކަމަށެވެ.
ސެޓްލްމަންޓް ކޮމެޓީ މިއަދު އުވައިލެއްވިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް މިމަހުގެ 17 ގެ ކުރިން ނިންމާފާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސް މި ކޮމިޓީ އުވާލައްވާފައިވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފާފުޅުގެ މަތިންނެވެ.
އެގޮތުން ބަންޑާރައި ނައިބު ވަނީ "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 އިން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލަކަށްކަމަށް ރައީސްއަށް ލަފާ ދެއްވާފައެވެ.
އެމުއްދަތުން ފެށިގެން ޢަމަލުކުރަމުން ގެންދިޔަ މި އުޞޫލާއި މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް މިދެއްވި ލަފާގައި، މިއީ ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލެއްކަން ފާހަގަކުރެއްވުމުގެ އިތުރުން، މި އުޞޫލުގެ ދަށުން މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަން ފާހަގަކުރައްވާފައިވެއެވެ.
އަދި، ޝަރުޢީ މަރުޙަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި ދެންނެވި އުޞޫލުގެ ދަށުން ޙައްލުކޮށްފައިވާ 5 މައްސަލައެއް ފާހަގަކުރައްވައި، މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުޙަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިޢާޔަތްކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށްކަމަށް ވިދާޅުވެފައިވެއެވެ. އަދި މި އުޞޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތަޢައްސުފީކޮށް ޢަމަލުކުރުމަށް މަގުފަހިވާ އުޞޫލެއްކަމަށާ، މި އުޞޫލު ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ޚިލާފުކަމަށްވެސް ބަންޑާރަ ނާއިބު ދެއްވި ލަފާގައިވެއެވެ.
މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގައި މުނިސިޕަލް ޚިދްމަތް ދޭނީ ކިހިނެެއްތޭ މިހާރު ވެސް މިއުޅެނީ މުޅި މާލޭގެ މަގުތަކުގައި އާއި ގޯޅި ތަކުގައި ބާގޮދަޑި ތަކާއި ގޮނޑި ތަކާއި އެއްޗެެހި ގިނަ ކަމުން އެފަދަ ގޯޅި ތަކުގައި ހިނގާ ނުގަނެވިގެންނޭ މާލެ ސިޓީ ކައުންސިލް މެމްބަރަކު މަމެން ލޮލުން ވެސް ނުދެކެމޭ މާލޭގެ މުނިސިޕަލް ކަންކަމުގައި މާލޭގެ މަގެއް މަތީގައި އުޅޭ ތަން ވެސް ދެން މާލެ ސިޓީ ކައުންސިލަށް މާލެ ސަރަހައްދުގެ މުނިސިޕަލް ކަންކަން ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ ނުކުރެވޭނެއޭ
ކަލޭ ލޯކަނީތަ؟ މާލޭ ސިޓީކައުންސިލުން ކުރާމަސައްކަތް ނުފެންނަން..
އެގޮދަޑިތައް އަމިއްލައަށްނުކުމެމަގުމަތީގަހުންނަނީތޯ؟ މަގުމަތީގައެތަކެތިބަހައްޓާބަޔަކުވެސްއުޅޭނެދޯ؟ އެބަހައްޓާބަޔަކުގެއެއްވެސްޒިންމާއެއްނެތީތޯ؟
ތިޖަރީމާހިންގި މީހުންނަ އަދަބުދިނުމުގެ ހިއްވަރު މުއިއްޒުގެކިބައިގަނެތް...ތިމައްސަލަތައް ތަހުގީގުކުރުމުގެ ހިއްވަރެވެސް ނުހުންނާނެ ވެރިކަން ވެއްޓިދާނެތީ މީހުންގެ ދުލުން ހާދަ ހެޔޮފުޅުމީހެކޭ ބުނުވަން ބޭނުންވާތީ..ވަރަށް ފިނޑި ސަރުކާރަކަށްވާނެ ސަރުކާރެއްމީ...ކޮބާ އިންޑިޔާއާ އެކުވެފަހުރި އެއްބަސްވުންތައް...އެ އެއްބަސްވުންތަ ބަދަލުކޮށް އިންޑިޔާއާ ދެބައިމީހުން އަކުންބަކުން ކުޅެފަ ދެން ހަކުރާއެއްޗެގަ ކޯންޗެހާމަކުރެވޭނީ...ރޯހިތު ކޮބާ ޔޫޓީއެފްއަށް އަރަން ހުއްދަނަގަން ޖެހެނީ އިންޑިޔާގެ ކޮންދިމާލަކުން..
ސެޓްލްމަންޓް ކޮމެޓީ މެދުވެރިކޮށް އެންމެ ގިނައިން ބަދަލު ނަގާފައި އޮންނާނީ މުއިއްޒު އެޑްވައިޒަރަކަށް ލީ ޖަނާ
ތިކަހަލަ ކިތަންމެ ކަމެއް ފަޅާއަރާނެ އެސޮރު ސޯޓު ބޭލޭނެ ދެން ޕސޕޓ ހިފަހައްޓާ އަވަހަށް ނޫނީ ރައްކާވާނެ
ފެށުނީ ދޮގުތައް ހަދަން!
ނަންވަާނީ ޔާމީން ކޮނުންކޮނުންހެން ފަސްގިނަވާ އުސުލުން އަދިވެސް ފެންނާނެ ކޮޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމަ
ވަގުހިފާހައްޔަރުކުރޭ ބާގީއެއްއެއީ ވަގުންމިނިވަން ކުރީވެސް ވަގުކަލޭހިމެނޭގޮތައްކޮއްފަހުރިކަންތައް ފޮރުވުމައް މިކާލޭގެ ހުރިސީޔާސީޕާޓީއަކައް ދައުލަތުގެ މަގާމެއްލިބޭގޮތައް ވޯޓްއަޅާފިނަމަ ދެންމިއަށްވުރެބޮޑުގެއްލުންދޭނެ އެމްޑީޕީ މެންބަރުންވެސް މީނަބޭރުކުރޭ ޕާޓީތެރެއިން ނޫނީތިޕާޓީވެސްފުނޑޭނެ ސިޔާސީކުރިއެރުމެއް ނުލިބި އޭނަހުރެގެން ރައްޔިތުންނުދޭނެ ވޯޓް ގާނޫނާގަވާއިދުތެރެއިންއެއްވެސްކަމެއްނުކުރޭ ހުރިހާކަމެއްކުރީ ރައްޔިތުންގެތެރޭ ފިތުން އުފެދޭގޮތައް ޗޯރުކިޔާއުޅުނީ ހަމަޗޯރައްވީމަ
ކޮންމެ ބަޔަކުވެސް ވެރިކަމަށް އަރާފައި ރައްޔިތުންގެ ހަރު މުދަލާއި ، ރައްޔިތުންގެ ތިޖޫރީގައި ހުރި ފައިސާ ކޮލު އިނދަ ޖައްސާލައިފައި ދަނީ. އެއްވެސް ބަޔަކު ވެރިކަމަށް އަންނަނީ ޤައުމަށާއި ، ރައްޔިތުންނަށް ހެޔޮ އެދިގެނެއްނޫން. ބޭނުމަކީ ތިމާގެ އަންބޮނޑި އާއި ގާތް ތިމާގެ އެކުވެރިން ނަށާއި ، ރަޙިމަތްތެރިންނަށް ދާއިމަށް މަންފާ ހުރި ކަންކަން ކޮއްދިނުމަށްޓަކައި. ވ ވެދުން.
އިބޫކުރިވައްކަމުގެ ބަދަލު އަހަރުމެން މިދައްކަނީ ޖީއެސްޓީ، އިންކަމްޓެކްސް، ކޮތަޅުޓެކްސް، ކުނިއުކާލުމުގެ ފީބޮޑުކުރުން ޑޮލަރު ބޮޑުކުރުން، ފައިސާ ޗާޕުކުރުން މިފަދަކަންކަމުންނެވެ.
އާން ދެން އެންމެން ފްލެޓާ ގޯތި ވާހަކަ ހުއްޓާފަ މިވާހަކަ ދައްކާ ށޯ
ބިތުފަންގި ނުނެގިޔަސް ކާފައި ހުރިލެއް ގިނަކަމުން ފުޅަށް މަތިން އަރަނީ!
ތިކަންތަކަށް ޝަރުއީ ގޮތުން ލިބެންވާ އިންސާފު ހޯދައި ދިނުމަށް ދައްނަވަން. ތިޔައީ ރައްޔިތުން ގެ ފައިސާ ފޭރިގަތުން.
އަދި ތިޔައީ ޓިޕް އޮފް ދި އައިސްބާގް.އިބްރާހީމަކީ ހަމަ ބޮޑު ޗޯރެއްް
އަދީބަށް ދޫނުކުރި ސޯލިހު ރައީސް. ހަމަ ބޮޑެތި މުލުވަގުން
މައްސަލަތައް ބައްލަވާ އެކަމުގައި ބައިވެރިވާ ފަރާތްތަކައް ޤާނޫނީ ފިޔަވަޅު އަޅައިދެއްވުމައް ދަންނަވަން
ޖަރީމާ ތައް ބަލަން ވާނެ އެވެ.
ކުރީ ސަރުކާރުން ރައީސް އޮފީސް ތެރޭގައި ހިންގި އެއް ބިލިއަން ރުފިޔާގެ ޖަރީމާއެއް ފަޅާއަރައިފި
ބަދަލު ދިނުން ޖަރީމާ އަށް ވީތޯ ލޮލް
ވަގު އިބޫ ހޔަޅު ކަން ބަލާބަލަ. ރައްޔިތުންގެ ލާރި ބަހާ ހުސްކުރީ
ރައީސްދެފަރެއްގެމަތިށްވެސް ތިފަދަކޮމެޓީއެއްއުފެއްދެވި އެކަށްވީ އެކޮމެޓިީއައް ލެއްގިޖަވާހިރުފޮއް ޓަކަށެވެ ވީމާއަވަހައްއެކޮމެޓީ އުވާލަށްޖެހޭ ސަބަބު ވައްކަކަމާއިރިސްވަތުރުވުށްފިޔަވައި ގާނޫނީއެއްވެސްހައިސިއްޔަތެންނެތިބޭކާރުބަޔަކުބޭތިއްމުގެބޭނުމެންނެތުމެވެ؛؛؛
އެޖަރީމާތައްހިންގާފަ އެހެރީ ރައްޔިތުން ނޫނެކޭބުނެ ދުރުކޮއްލީމަ ގޮސް ދީފުރމްގެއްށްވަދެ ގޭގައެއްނުން އޭނަ ރާއްޖެއުން ބޭރަށްފުރިޔަދީގެންނުވާނެ އޭނަޔާއޭނަގެ އައުވާނުންޖެހޭނީ މިހާރުންމިހާރަށް ޖަލުގެ ތޭރިތަކުގެ ތެރޭގަ ދިގުމުއްދަތަކައް ބަންދުކުރަން އަދިތިބަދަލުދޭން އުފެއްދި ކޮމެޓީގެ މެމްބަރުންވެސް ޖެހޭނީ ހިފާހައްޔަރުކުރަން
ސުރުހީ ފަލަކޮށްލިޔަސް ތިޔައިގައި އޮށްޓަރުހުރި ކަމެއް ހުރިހެނެއް ހިޔެއްނުވޭ!
ައަޒާން ޑރ.މުއިޒުގެ ބަހާ އަމަލާ ދިމާނުވެގެން މީހުން ވާހަކަދައްކަން ފެށީމަ އަނެއްކާވެސް މޮޅުދޮގެއް ހަދާލަން ޚަބަރެއް ލިޔެލީދޯ. ދިވެހިންނަށް މިހާރު އެނގޭނެ ދެބޯގެރި ދުއްވަނީ ކިހިނަކުން ކަން.
ކަނޑައެޅިގެން ބުހުތާން ދޮގު. ފްލެޓް މައްސަލައިގައި ރައްޔިތުން ރަތަށް އެރީމާ މީޑިޔާ މިނިސްޓަރ ސްޓަންްޓެއް ޖައްސާލީ.
މި ކޮމިިޓީ އަކުން އެއްވެސް މީހަކަށް ލޯ ލާރިއެއްވެސް ދޭން ނިންމާފައެއްނުވާނެ. މީ މި މައްސަލަތައް ދިރާސާކޮށް ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް މައްސަލަތައް ބަލާ ލަފާދޭ ކޮމިޓީ އެއް.
ދައުލަތުގެ ފައިސާ ބަހާނީކީ ރައީސް އޮފީހަކުންނެއް ނޫން. ދައުލަތުގެ ފައިސާ ދޫކުރާނީ ފިނޭންސް މިނިސްޓްރީ އިން އެ އޮންނަ ގާނޫނާއި ގަވާއިދުގެ ތަރަހައިގެ ތެރެއިން.
އޭޖީ ގެ ޒިންމާދާރު ކަން ކުޑަކަން ވ. ސާފު. 1500 ވޯޓް ލިބުނު ބަޔަކަށް ސަރުކާރުން ބައި އަޅައިގެން އޭޖީ އޮފީސް ދީގެން ތިއުޅެނީ ވަކި ކަމަކަށް.
އިރާދަކުރެއްވިއްޔާ ތިފަދަ ނާތަހުޒީބީ އަމަލު ތައް ﷲ ތަޢާލާ ބާތިލް ކުަރައްވާ، އަނިޔާވެރިން ބަލި ކުރައްވާދޭވެ. އާމީން.
ތިކަހަލަ ކިތައްމެ އެއްޗެއް އަދި ފަޅާއަރާނެ މާކުރިން ވެސް އިނގޭ އުމުރަށް ޖަލު ހުކުމް ކުރޭ ރާއްޖެ ދުށް އެންމެ ނަޖިސް ވެރިކަން
މާގިނަ ކަންކަން ކުރާނެ ކަމެއްނެތް! މިހާރުވެސް ތި އުލެނީ އާސަހަރާގެ މަސައްކަތް ތައް ނުނިމި. މިހާރު 3 ވަނަ ގްރޫޕަކަށް ހަވާލު ކުރަނީޔޯ!
މިހުރިހާކަމެއްގެ އަޑީގައި ހުރީ ރައީސް އޮފީހުގައި އުޅުނު އަލީޒާހިރު ކިޔާމީހެއް.
މީގެ އިތުރުން 4 ބިލިޔަން ޓޫރިޒަމް ޓެކްސްތަކުން މާފު
އަދި ބްރޯ ނެގި 4 ބިލިޔަންއިންވެސް ބައިއަޅާފަ، އޭނަޔާ ޒިޔަތާ މިނިވަންކޮށްފަ.
ހަޔާތްކުޑަ ބައެއްގެ ސަރުކާރު އެފާއިތުވީ
ދެންތިކަން ކުރިމީހުން ހިފާ ހައްޔަރުކޮއް މައްސަލަ ބަލާބަލަ .ހުސް ވާހަކަނުދައްކާ
ތިޔަ ސެޓުލްމަންޓްތައް ނުހެދިނަމަ 3 ބިލިޔަން ނަގާދޭން ކޯޓުތަކުން ނިންމާނެ! ގާޒީންނަށް 1 ބިލިއަން. ލޯޔަރުންނަށް 1 ބިލިޔަން. ގެއްލުންވިފަރާތައް މަދުވެގެން 1 ބިލިޔަން. ޝުކުރު ކޮއްބަލަ 1 ބިލިޔަނުން ސަލާމަތްމިކަމައްޓަކާ.