ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައި ވީނަމަވެސް ބޯހިޔާވަހިކަމުގެ ކޮމިއުނިޓީގެ %73 މީހުން ތާއިދު ކުރަނީ ރައީސް މުއިއްޒަށް ކަމަށް ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

ދަ ކޮމަނާސް ނުވަތަ އާއްމުންގެ ޖަމިއްޔާ އިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓެއްގައި ބައިވެރިވި މީހުންގެ ތެރެއިން %73 މީހުން ބުނީ އެމީހުން ތާއިދު ކުރަނީ ރައީސް މުއިއްޒަށް ކަމަށެވެ. ރައީސް ޔާމީނަށް ތާއިދު ކުރާކަމަށް ބުނެފައި ވަނީ އެންމެ %13 މީހުންނެވެ. އަދި ގޮތެއް ނުނިންމާ ކަމަށް %12 މީހުން ބުނެފައި ވެއެވެ.

ހިޔާލު ހޯދުމުގެ ވޯޓް ކުރިއަށް ގެންގޮސްފައި ވަނީ ކޮތަރުކޮށި ނަމުގައި ހިންގާ ވައިބާ ގްރޫޕްގައެވެ. މި ހިޔާލު ހޯދުމުގެ ވޯޓް ކުރިއަށް ގެންގޮސްފައި ވަނީ ޕީޕީއެމް އާއި ޕީއެންސީ ދޫކޮށް ޔާމީން އާސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށިފަހުންނެވެ.

ބޯހިޔާވަހިކަމުގެ ކޮމިއުނިޓީގެ ބޮޑު ތާއީދެއް ރައީސް މުއިއްޒަށް އޮތް ކަމަށް ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކިއިރު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެވައުދު ފުއްދުމަށް ބައެއް މަޝްރޫއުތައް ރޭއްވެވުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ހެހެ!ތިޔަ ކޮތަރުކޮށި ޖަމިއްޔާ އަކީ އަމިްލަ އެދުމުން ފޯވެފައި ވާބައެއް! ހިޔާފުލެޓްގެ ދެ އެޕާރޓްމަންޓް ވަގައް އެއްކޮއްލި މުޑުދާރު ބައެއް!

  2. ރަށްކޮޅު މާމެލި ދައިތަ

    ތިއީ ހިޔާލު ފާޅުކުރެވޭ ގޮތަކަށް ހަދާފައި އޮތް ވައިބަރ ގްރޫޕެއް ނޫން. އެގްރޫޕްގެ އެޑްމިން ބޭނުންވާ އެއްޗެއް ޝެއަރ ކުރަނީ.. ދެން އޭގެން ކޮން ބުރަދަނެއް ހުންނާނީ.. ތިޔަ ގްރޫޕަކީ ވަކި މީހަކުގެ ނޫސް އަދި ވަކި މީހެއްގެ މަގުބޫލުކަން އިތުރުކުރަން ދޫރާލައި ރޭވިގެން ހިންގާ ގުރޫޕެއް..

  3. ހިކި ކިރު

    ކިހިނެއްހޭ ތާއީދު ކުރާނީ! ހިޔާ ފިލެޓުގެ ފިނިސިން ދޭންބުނި /-200،000 ރުފިޔާ ކޮބާހޭ ކޮބާހޭ ކޮބާހޭ!

  4. Anonymous

    ދި ކޮމަނާރސް ވައިބަރ ގުރޫޕުގައި ތިބެނީ 500 މީހުން ހަމަނުވާނެ

  5. ހުވަދޫ އަލިބެއްޔާ

    ދެން އެންމެން ތާޢީދު ކުރާނީ މުއިއްޒަށް.. ހެހެހެހެ

  6. ބަކޫ

    ލިޔާ މީހަކަށް ލިޔެވިދާނެ ކޮންމެއެއްޗެއްވެސް ވަރަށްމޮޅުކަމަށް އަދި ތާއިދުނެތަސް އެކަން ކޮމެންޓްތަކުންވެސް އެނގޭ... މިގައުމުގެ އެއްމެކުޑަކުއްޖާއަށްވެސް އެންގޭ މިމިހުން ދައްކާވަހަކަޔަކާއި އަމަލާއި ދިމާނުވާކަން ދެންކިހިނެއް ގިނަމީހުން ތާއިދުކުރާކަން އެގެނީ....ރައްޔިތުން ތާއިދުކުރާނީ ހަރުކަށިކަން އެއްކިބާކޮށް ރައްޔިތުންނާއިއެކު ވޯޓްހޯދަން އުޅުނުއިރު ބުނިގޮތަށް އަމަލުބަހައްޓާނަމަ އަަދި މީހުންނާއި ވާހަކަދައްކާއިރުވެސް މަޑުމައިތިރި އަދި އޯގާތެރިކޮށްހިތާމީހުނަށް...