ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާ ގޮތަށް ހިޔާ ފުލެޓުތަކުގެ ފިނިޝަންއަށް ބަދަލު ދެވޭނެ ކަމަށް އާބަންކޯގެ އާ މެނޭޖިންގް ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ،

ފަޒުލް ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓްގެ ބަދަލު މި ސަރުކާރުން ދޭނެ ކަމަށެވެ.

https://twitter.com/FaZuLRaShYd/status/1729545637572558953/photo/1

ނިމިދިޔަ ސަރުކާރުން ފުލެޓްތައް ދީފައިވަނީ ފިނިޝިން ނުނިންމައެވެ. އަދި ނިމިދިޔަ ސަރުކާރުން ބުނެފައިވަނީ ފިނިޝިން މަސައްކަތް ނިންމުމަށް ހިމަނާފައި ނުވާ ކަމަށެވެ.

ފުލެޓް ތަކުގެ ފިނިޝިންއަށް ބަދަލު ދިނުމަށް ރައީސް ވަނީ ކެމްޕެއިންގައި ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފިނިޝިން މަސައްކަތަށް ޚަރަދުވި ފައިސާގެ ބަދަލުގައި ކޮންމެ ފްލެޓެކަަށް 200،000ރ. ދޭނެ ކަމަށެވެ.

މި ފައިސާ ސަރުކާރުން ނުދޭނެ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވެއެވެ.

ހިޔާ ފްލެޓް ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް އެތަނުގެ ވެރިފަރާތްތަކުން ކޮށްފައިވަނީ އަމިއްލަ ހަރަދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަމްސު

    ހުސްދޮގު... އަދިވެސް ރަތްޔިތުން ލޮލުގަ އަނދުން އަޅުވަން މަސައްކަތް ކުރަނީ... ދިނީމަ ބުނާނަން ދީފިޔޭ....

  2. ާައަކިރި

    ޙިޔާ ފްލެޓްތަކުގެ ކުލި 5600ރ އަށް ކުޑަކުރައްވާނެ ވާހަކަވެސް ވިދާޅުވި.

  3. ކަންނެލި ޒަރީނާ

    ހިޔާ ފުލެޓް ނޫން ތަންތަނުން ފުލެޓްލިބުނު މީހުންވެސް ފިނިޝިންއައް ޚަރަދުވެފަވާ ފައިސާ ދޭންވާނެ ނޫންތޯ އެހެންވީމަ. ކޮބައިތޯ އިންސާފު . ވަންނާނެ ގެދޮރެއް ނެތް މީހުނަށް ތިފައިސާ ދިނުން މާ ޙައްޤު

    2
    1
    • ފްނބް

      ހިޔާ ފްލެޓް ނޫނީ ނުނިންމާ ދިން ތަނެއް ދައްކަބަލަ. އެތަނެއް ޒީނަތްތެރިކުރުމަށް ޚަރަދު ކުރުމަކީ ފިނިޝިންގް އަށް ޚަރަދު ކުރުމެއް ނޫން. ހިޔާ ފްލެޓް ދިނީ 4 ފާރު. އެންމެ ކުޑަމިނުން ދޮރެއް ބޮތްކެއްވެސް ނެތް.

      4
      1
  4. ތާހާ މޫސާ ، އޮމަދޫ

    ކުައްޔަށް އުޅޭމީހުންނަށް 8500 ރުފިޔާ ކުލި ކުޑަކޮށްލަދީ މީ ސަރުކާރުގެ އިމާރާތެއް ، ވެރިފަރާތަށް ބޮޑު ކުލި ފައިސާ ނެގިޔަ ނުދީ .....ފަޒުލް މިކަންކޮށްލަދީ

  5. ކުޑަ އިނގިލި

    ކޮން އިރަކުން ދެއްވާނެ ފައިސާ އެއްތޯ! ރައްޔިތުން ނަށް ހުވަފެން ދައްކަން ނޫލޭދޭ! ދެން ވިދާޅުވާނީ ލިބޭނޭ! ލިބޭނޭ! ލިބޭނޭ! ރައްޔިތުން ތި ކަމުގައ މަގުތަކަށް ނުކުމެ މުޒާހިރާ ކުރާ ހިސާބުން ހެން ހީވަނީ އެތިކޮލެއް ލިބޭ ވަރުވާނީ!

  6. ރައްޔިތުމީހާ

    އެ ދެނީ ނަގުދު ފައިސާ އިންތޯ ނުވަތަ ކުލިން ކަނޑާ ހަމަކުރާނީތޯ ސާފުކޮށްލަދިންނަމަ...

  7. ކޫކާ

    ހިއެއްނުވޭ ލިބޭނެހެން އަމަލުތައްދިމާނުވާކަހަލަ

  8. ާމުހައްމަދު

    ފިނިޝިން ނުނިއްމާދޭތީ 7 މަސް ފްރީ އެތަން ކުއްޔަށް ދީގެން މަހަކަށް 16 ހާސް އަނެއްކާ ދެލައްކަ ރުފިޔާ، ކުއްޔެއް ނުދައްކާ، މުއިއްޒުއަށް ދަންނަވަން ކުލިނުދައްކާ މީހުންނަށް ފައިސާ ދޭންވާނީ ނުދައްކާހުރި ކުލި ކެޑުމަށްފަހު

    2
    2
  9. ސްެފ

    ދޭނެ ދުވަހެއް އަންގާލަ ދިނުން އެދެން. ފްލެޓް ހަދަން ނެގި ލޯނަށް ލާރި ދައްކާފައި ކުލި ދައްކާފައި ދެން ގިނަ މީހުންގެ އަތަކު ނޯވޭ އެހެން ކަމެއް ކުރާނެ ލާރިއެއް. ތި ފައިސާ ލިބިއްޖެނަމަ ލޯނު ދައްކާ ނިންމާލެވޭނެ.

  10. ޚރތ

    ކޮބާތޯ އެމްޕީއެލް ގެ ފްލެޓް ތަކަށް ސްޓާފުން އަތުން ދިޔަ ހަރަދު ތަކާ ރެންޓް ކުޑަކުރުމުގެ ކަން ކަން!!!؟؟؟

  11. މަހޯލި

    ބީއެމް އެލް އަކަށް ހިޔާ ސަހަރެއް ނުފެނޭ