ނިރުބަވެރިން އުފެދިގެން އަންނަނީ އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްގީ ނުވުމުން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދަގެނތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ނިރުބަވެރިވުމުގެ ނުރައްކާ ކުޑަކުރުމަށް ދައުލަތުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި ޓެރަރިޒަމްގައި އަމަލީ ގޮތުން 20 ދިވެއްސަކު ބައިވެރިވާ ކަމަށް އެމެރިކާ ސަރުކާރުން ނެރުނު އިއުލާނާއި ގުޅިގެން ރާއްޖެއަށާއި ދިވެހިންނަށް ކުރާ ނޭދެވޭ އަސަރު ދެނެގަތުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދެނެގަތުމަށް ހުށަހެޅި ބިލަށް ވާހަކަ ދައްކަވަމުން ޖަބިރު ވިދާޅުވީ ނިރުބަވެރިން އަންނަނީ ކީއްވެގެންތޯ ބަލާއިރު މަސްތުވާތަކެތި ބޭނުންކުރާ ކުއްޖާވެސް ދަތިހާލުގައި ޖެހިގެން ނިރުބަވެރިޔަކަށް ބަދަލުވެގެންދާތަން ފެނިގެންދާ ކަމަށެވެ. އެހެންކަމުން ދަތިހާލު ބޮޑުވުމުގެ ސަބަބުން ނިރުބަވެރިކަން އަންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންސާނުން ތަރައްޤީ ނުވުމުގެ ސަބަބުން ނިރުބަވެރިކަން އަންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންކަމުން އިންސާނުންގެ ވިސްނުމާއި ފިކުރު ތަރައްޤީ ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މި ދަންނަވާ ޑިވެލޮޕްމަންޓް މި ރާއްޖެއަށް ގެންނަން ޖެހޭ، އަޅުގަނޑުމެން ހީކުރިވަރަށް އިންސާނާ ތަރައްޤީވެފައި ނެތޭ އަދި. ނިރުބަވެރިޔާ މި އުފެދެނީ އިންސާނުން ތަރައްޤީ ނުވީމަ. އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް ލޯ އިން އެބަފެނޭ އެކަންތައް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ގައުމުގެ ތަރައްގީއަށްޓަކައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ނަގަން ޖެހޭ ކަމަށެވެ. އެހެންނޫނީ ނިރުބަވެރިކަން ދާނީ ދުވަހެއް ދުވަހެއް މައްޗަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ގައުމުގެ ހާލަތު މިހާރު އޮތްގޮތުން ނިރުބަވެރިން އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ނިރުބަވެރިކަމުން ނެއްޓި މިޤައުމު ހަމަ ފާލަމަށް އެޅޭނީ ކުރިޔަށް އޮތް އިންތިހާބުގައި ފުލްކޮށް އެމްޑީޕީއަށް މެޖޯރިޓީ ނެގިގެންނޭ." ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ގައުމުގެ އިގްތިސާދު ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ނިރުބަވެރިކަމުގެ އަމަލުތައް ކަމަށްވާ މަނީލޯންޑަރިން އާއި މިބާވަތުގެ ކަންތައް އަންނަނީ ގައުމުގެ ހާލަތު ދަށަށް ދިއުމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރު ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ގދ.ގައްދޫއަކީ ހުވަދު އަތޮޅުގެ ފަޚުރެއްގެ ގޮތުގައި އޮތް، އަދި ސަރުކާރުގެ އިސްވެރިން ނިސްބަތްވާ ރަށަކަށްވެފައި ވަރަށް ތަރައްޤީވެފައި ވާ ރަށެއް ކަމަށް ހީކުރެވުނު ނަމަވެސް އެރަށުގައި އިކޮނޮމިކަލީ އެއްވެސް ވަރަކަށް ތަރައްގީ ގެނެވިފައި ނުވާ ކަމަށެވެ.

"ޒަމާނުއްސުރެ ގައްދުއަކީ ހުވަދު އަތޮޅުގެ ފަޚުރެއްގެ ގޮތުގައި އޮންނަ ރަށެއް، ގަންވެސް އެބައޮތް. މާވަރުލު ކިޔާ އެއާޕޯޓެއް އޮވޭ، ފްލައިޓް ޖައްސަނީ ކޮން ދުވަހަކު ކަމެއް ނޭގޭ. ފަރެސްމާތޮނޑާ އެއާޕޯޓަށް އެތައް މިލިޔަން ހަރަދު ކުރި، އެތަނަށް ފްލައިޓް އަންނަނީ މަހަކު ދެދުވަހުކަންވެސް ނުއެއް އިނގޭ." ޖާބިރު ވިދާޅުވިއެވެ.

ހުވަދު އަތޮޅަށް އިކޮނޮމިކަލީ ތަރައްގީ ގެނައުމަށްޓަކައި ވަޓެވައްރެހާ ހުޅުވުމުގެ މަސައްްކަތް ކުރަމުންދާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖޭގައި ނެޓްވޯކެއް އެޅިއްޖެކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ ކާށިދޫ ދާއިރާ އިތުރަށް ތަރައްގީކުރަން ބޭނުންފުޅުވާ ކަމަށާއި އެކަން ނުކުރެވިގެން އުޅެނީ ސަރުކާރުގައި އެއްވެސް ޕްލޭނެއް ނެތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކަލޯ " ތަރައްޤީ" އެ ލަފުޒު މާނަކުރަނީ ކޮން ގޮތަކަށްތަ؟ ޓެރަރިސްޓް އެމެރިކާ ދައުލަތާއި ހުޅަނގުގެ ދައުލަތްތަކަކީ މާއްދީގޮތުން ދުނިޔޭގައި އެންމެ ކުރިއަރާ ތަރައްޤީވެފައިވާ ދައުލަތްތައް. އެކަމަކު ދުނިޔޭގެ އެންމެ ބޮޑެތި ޓެރަރިސްޓް ދައުލަތްތަކަކީ އެއީ. ސުލްހަ ޤާއިމްކުރަން ޓެރަރިޒަމް ނައްތާލަން އެތައް މިލިއަން މުސްލިމުންނެއް މަރާ، އެމީހުންގެ އަޚުންނާއި އުޚުތުންނާއި އެމީހުންގެ ގޯތިގެދޮރާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ކެމިކަލް ބޮމް އަޅާ ހަލާކުކޮށް، އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަނެ ލާއިންސާނީ އަނިޔާތައްދެމުންދަނީ. ހަމަ ތަރައްޤީ ނުވެގެންތޯ؟ ދެން ތިޔަ ވިދާޅުވާ ތަރައްޤީއަކީ ކޮބައިތޯ؟

  2. ހުސޭނުބޭ

    ރަެައްޤީ ނުވާ އިންސާނުން އުޅުނު ހޮނޑާފުށީގައި ވެލައެއްހެން މުޅި ގާގައި ވެލި އުގުޅައިގެން. އަދި މަޖިލީސް ކުރިމަތީގައި އަވީލާފައި އޮތް މަހެއްހެންވެސް އޮތް

  3. އިބްރާ

    ނިރުބަވެރިން އުފައްދާ ގައުމަކީ އެމެރިކާ.

  4. ސސ

    މިއަދު ދިވެހި މުޖުތަމައުން ފެންނަ ހަޤީގަތަކީ ޔުނިވާރސިޓީގެ ކުލާސްރޫމް ގޮޑީގައި އިށީދެލާ ލެކުޗަރާރ ދައްކާ ވާހަކަ އަޑުއަހާލާނެ ޒުވާނުން މަދުކަން، އެކަމަކު މަގުމަތީގައި އުޅޭ ޕާޓޭ ޒުވާނުން ގިނަކަން، ވީމާ މިވާގޮތެއް ވެސް ބަލާލުން ކީއްތޯއެވެ !

  5. Anonymous

    މަޖިލިސްގައި ހުރި ބުއްދިވެރި ވާހަކަ ދައްކާ ހަމަ އެކަނި މެމްބަރަކީ ޖާބިރު، ވަރަށް ރަގަޅު ބުއްދިވެރި ވާހަކައެއް ޖާބިރު ތިބުނުއްވީ !

    1
    1
  6. ލޮލް

    ޖާބިރުމެންގެ ތަރައްޤީ އަކީ އަސްލު ތަރައްޤީ ކަމަށްވަންޏާ ތި ތަރައްޤީ ބޭނުމެއް ނޫން.

  7. އަހަރެން

    މ .ޖާބިރު ދަންނަވަންތޯ. ގޮސްނުގޮވާ. އެމް.ޑީޕީ އަށް ގޮނޑިތައް ކަމަކު ނުދޭ. އެކަމަކު ޖާބިރު ހޮވުން މައްސަލައެއް ނެތް