ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ތަހުގީގު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރާ، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައެވެ. ރައީސް ވަނީ އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަނެ، އެ ގައުމުގައި ކުރަމުން ގެންދާ ހަނގުރާމަ އާއި، ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

ރައީސްގެ މެސެޖުގައި، އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްތީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރައީސްގެ މެސެޖުގައި، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި، ފަލަސްތީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭ ކަމެއް ކަން ފާހަގަ ކުރައްވައި، އެ ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، އެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ރައީސްގެ މެސެޖުގައި އިލްތިމާސް ކުރައްވައިފައެވެ.

އަދި، ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، ފަލަސްތީނުގެ މުސްތަގިްލު މިނިވަން ދައުލަތެއް ގާއިމުކުރެވިގެންކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވެއެވެ. މިގޮތުން، އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމުގައިވެސް ރައީސްގެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަޤިއްލު، މިނިވަން ދައުލަތެއް ގާއިމުކޮށްފައިވާ ކަމާއި، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިސްރާއީލުން ގަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުންވެސް، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދިސްވޭ

    ދުނިޔެ 2 ޑިގްރީ އަށް ހޫނުވެއްޖެނަމަ ކަނޑުގެ ލޮނުގަނޑު ބޮޑުވެގެން ގޮސް ދުނިޔޭގެ އެކިގައުމު ތައް އަރަގުވާނެ ކަމަށް ބުނެވާހަކަ ދައްކަނީ އެއީ ތިމާވެށި މެނޭޖްމެންޓް ކިޔަވައިގެން ތިބި މީހުންނޭ އެއީ އަދި އަސްލު ތިމާވެށި ދަންނާނެ ބައެއް ނޫނޭ ތިމާވެށި އިނގޭނީ ހިސާބު އިލްމް ވަރަށް ރަނގަޅަށް ކިޔަވާ ހިސާބު އިލްމްގެ އަސްލު ފެށުނު ތަން ހިސާބު އިލްމް އިން ހޯދިގެންނޭ އެކަން ނުކުރެވޭނެއޭ އިންސާނުންނަށް އެކަން ކުރަންއުޅުނު މީހުންތިބި ރަށްވަނީ ބަންޑުންޖައްސަވާފައޭ މުއިއްޒު އަކީ ތިމާވެށި ކިޔަވައިގެން ހުރި މީހެއް ނޫނޭ އަދި އޭނާ އަކީ ފިޒިކްސް އަދި މެތެމެޓިކްސް މޮޅަށް ކިޔަވައިގެން ހުރި މީހެއް ނޫނޭ މީހެއް ނަމަ އޭނާ ހެދިދިރާސާ އެއް އޮންނާނެއޭ އަދި އޭގެ ސަބަބުން ދުނިޔެ އަށް ފައިދާ ކުރަން ޖެހޭނެއޭ އާންމު ކޮށް ސިވިލް އިންޖިނިއަރުންނަކީ އެއީ މެތެމެޓިކްސް އަށް މޮޅު ބައެއް ނޫނޭ ބާރޑްސް އިންޖިނިއަރިންގް މެތެމެޓިކްސް ޓެކްސް ފޮތް ތައް ވެސް އުފެއްދީ އިލެކްޓްރިކަލް އެން އިލެކްޓްރޯނިކްސް އިންޖިނިއަރެކޭ ތިމާވެށި މޮޅަށް އިނގޭނީ އިލެކްޓްރިކަލް އެން އިލެކްޓްރޯނިކްސް އަދި މެކަޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރިން މޮޅަށް ކިޔަވާފައި ހުރެ އަދި އޭގެ އިތުރަށް އެޕްލައިޑް މެތެމެޓިކްސް ވަރަށް ތަފްސީލް ކޮށް މެދުނުކެނޑި 10 އަހަރު ކިޔަވާފައި ތިބި މީހުންނޭ މިހާރުގެ ޖީލުގައި އެ ނެތޭ ދުނިޔޭގެ ސައެންޓިފިކް ކޮމިއުނިޓީން ގްލޯބަލް ވާރމިންގް އެއީ އޮންނަ އެއްޗެއް ކަމަށް އަދި ވެސް ގަބޫލު ނުކުރެއޭ އެހެންވެއޭ ޓްރަމްޕް އެވާހަކަ ދައްކާ ގްލޯބަލް ވޯރމިންގް އާއި ދެކޮޅު ފާޅުގައި ހެދީ...

    2
    1
  2. ޔަގީނޭ

    އެންމެ ބޮޑު ޕާރޓީ އަކަށް ޕީއެންސީ ހަދަން އެންމެ 2 މަސް ތެރޭ އެތައް ހާސް ފޯރމްސް ތައް ހޯދޭނެ ކަމަށް އަދުރޭ ބުނި ނަމަވެސް އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނޭ ކެނެރީގެ ނަޝީދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި ސިންގާ އެކޭ އޭނާ އަށް 6 މަސް ދުވަސްވީއިރު ވެސް 9 ހާސް ހަމަނުވިއިރު މުއިއްޒު އަދި އަދުރޭ ފަދަ ލޯ ޕްރޮފައިލްޑް އެއްވެސް ސިޔާސީ ބަރުދަނެއް ނެތް ބަޔަކު ނިކުމެގެން ނުހޯދާނެއޭ އެންމެ 2 މަސް ތެރޭ 12 ހާސް މެމްބަރުން އެއީ ވާނެ ކަމެއް ނޫނޭ ޔަގީނޭ މަކަރާއި ހީލަތޭ ހަދަނީ...

    3
    3
  3. ވެއްޓޭނެއޭ

    ތިލަ މާލެ ބްރިޖް އަޅަނީ އެއީ ދުނިޔޭގެ ކޮން ސްޓޭންޑަރޑް އަކަށް ފެތޭ ގޮތަށްތޭ އެކަން ބުނެދޭން ޖެހޭނެއޭ ވަޒީރު ފެތޭ ނަމަ އެފަދަ އިދާރާ އަކުން އައިސް ބަލާ އެކަން ޔަގީންކޮށްދޭން ޖެހޭނެއޭ ދިވެހި ރައްޔިތުންނަށް ތިޔާ ބްރިޖްގެ ފެންވަރު ދަށް ވެގެން ގޮސް 10 އަަހަރު ދުވަސް ތެރޭ ބްރިޖް މަތީ ދަތުރު ކޮށްކޮށް ތިއްބާ ބްރިޖް ބޮލަށް ވެއްޓިއްޖެނަމަ އެތައް ހާސް ދިވެހިންގެ ފުރާނަ ގެއްލިގެންދާނެއޭ އިންޑިއާ އިން އަޅާފައިވާ ހުރިހާ ބްރިޖެއް ވަނީ ބޮލަށް ވެއްޓިފައޭ ފެންވަރު ދަށީއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ ތިޔާ ބްރިޖް ބޮލަށް ވެއްޓޭނެއޭ

  4. ޖާލިމް

    ސާބަހޭ މުއިއްޒު. މިތިބަ އަރަބި ތެޔޮވަޅުތަކާ މުޅި ދުނިޔެ ކައިގެން ހިތަކަށް ލިބިފައި ތިބި ޤައުމުތަކުގެ ވެރިން ލަދު ނުގަނޭތަ.

    4
    4
  5. Anonymous

    ލޮބުވެތި ރައީސް ޑރ. މުޢިއްޒަށް ނުހަނު އިޙްތިރާމާއެކު ކުރުނީސްކުރަމެވެ. ތިޔައީ ދިވެހިންގެ ރައީސް އަދި ދިވެހި ޤައުމުގެ ރައީސް ކަމުގައި ޤަބޫލުކުރަމެވެ.

  6. ބަލާށޭ

    މާލޭގައި ހުރި ސްކޫލް ތަކުގެ ތެރޭން ހުޅުމާލެ އަށް ބަދަލު ކުރަން ޖެހޭ ތަނެއް ސީއެޗްއެސްސީ އަކީ އަދި މަޖީދިއްޔާ އާއި ދަރުމަވަންތަ އާއި ކަލާފާނު ސްކޫލް ވެސް ބަދަލު ކުރަން ޖެހެއޭ އެކަން ކުރާއިރު ކުރަން ޖެހޭނީ އެ ސްކޫލް އިން ކޮންމެ ސްކޫލް އަކީ އެއީ 150 ބުރީގެ އިމާރާތަށް ހެދުމޭ އަދި އެންމެ ކުޑަވެގެން ސްކޫލް ގޯތީގައި 2 ހެކްޓަރު ހުރެމެ އިމާރާތްކޮށްފައިވާ ތަނުގެ މިން 1 ހެކްޓަރަށް ވުރެން ކުޑަވެގެން ނުވާނެއޭ އަދި އެތަނުގައި ކުދިންގެ ދިރިއުޅުން ވެސް ބަދަލު ކުރަން ޖެހޭނެއޭ...

  7. ލެޓްމީލަވްޔޫ

    ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނުން މީސީދާ އީސީގެ ރައީސް ރައްޔިތުންނަށް ޚިދްމަތްކުރުމުގައި ސާދާ ސީދާ ގޮތުގެ މަތިން ކަންކުރާތީވެ ނިކުންނަ ރީތި ނަތީޖާއޭ ފުއާދު އެއީ މަމެން ދަންނަ ޑީއެންއޭ އެކޭ ރާއްޖޭގެ އިލެކްޝަންސް ކަމިޝަން އުފެއްދިދުވަހުން ފެށިގެން އެތަނުގައި ވޯޓްގުނުމާއި އަދި ވޯޓް ލާނެ ގޮތާއި އަދި އެކަމާއި ގުޅޭ އުސޫލު ތައް ހެދުމުގައި އިންސާފު ކުރިއަށް ނެރެގެން އެކަން ކުރުމުގައި ލާމަސީލު ނަމޫނާ އައި ޔޫޒްޑް ޓު ބިލީވް ޔޫއާރ އަ ބިއުޓިފުލް މައިންޑް...

  8. ޜުކުސާނާ

    ތިބޭފުޅާ ތި ހިންގި ޖަރީމާ ވެސް ތިކޯޓުން ބަލަން ގޮވާލަބަލަ،،