އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމާ އިބްރާހިމް ފަޒުލް ރަޝީދު ހަވާލުވެވަޑައިގަތުމަށް ފަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް ވަޑައިގެންފިއެވެ.

ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ އާބަންކޯ އިން ބުނީ ފަޒުލް މިއަދު ހުޅުމާލޭގެ ފޭސް ދޭއް ބީޗު ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތް ކުރައްވައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި އެ ސަރަހައްދުގައި ވިޔަފާރި ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށް ހުރި މައްސަލަތައް ބަލާ އެކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ. ފަޒުލްއާ އެކުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ފަޒުލް އައްޔަން ކުރައްވާފައި ވަނީ އިއްޔެއެވެ. އޭނާ ވަނީ އޮސްޓްރޭލިއާގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފައެވެ. ނަވާރަ ވަނަ މަޖިލިހުގެ ފެލިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވެވި ފަޒުލް މީގެކުރިން ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފައެވެ.

ފަޒުލް މީގެކުރިން ވަނީ ޔޫތު މިނިސްޓްރީގެ އެސިސްޓަން ޑައިރެކްޓަރުކަމާއި ރައްޔިތުންގެ މަޖިލިހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މަސްޖިދު އުސްމާނު ކުރިމަތިން މީހުން މިސްކިތަށް ދާން މީހުން ޒެބުރާ ކުރަސް ކުރަނިކޮށް ބޮޑެތި ލޮރީތަށް އެތަނުން ހުރަސް ކުރުން ހުއްޓުވާ ދިނުން އެދެން، ކުރީ ދުވަހުވެސް މުސްކުޅިމީހެއް އޭގެ އެއްޗެއްގެ ދަށުނުވީ ހަމަނަސީބުން !

    10
  2. ހުސައިން އިބްރާހީމް

    މަރުހަބާ ފަޒުލް ރަޝީދު އާބަންކޯ އެމްޑީ އަޅުގަޑުދެކޭގޮތުގައި ތިފަދަޒިޔާރަތްތައް ކުރެއްވުމަކީ
    ވަރަށްމުހިއްމުކަމެއްކަމުގައި ދެކޭކަމުގައިދަންނަވަން އޭރުންހުންން މަސްއަލާތައްއެގޭނީވެސް

    ހުސައިން އިބްރާހީމް (ހުސައިންދީ )

    12
    1
  3. Anonymous

    ވިނަރެސް ސަރަހައްދައްވެސް ވަޑައިގެންނެވި ނަމަ.

    1
    1
  4. ޖާބެ

    މަޖުލިސް ކެމްޕޭނު ރަންކޮޅާ މިފަހަރު ގުނބޯހައްދާލާނެ ކުރިން ހޯދިއެއްޗެއްލިބޭނީ ފަހަކުން ނުލިބޭނެ މިހާރު ހޯދާތި