ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބު ކަމަށާއި މިއީ ދެ ގައުމުގެ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށް ރައީސް މުއިއްޒު ތުރުކީ އަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހުއެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ތުރުކީގެ ރައީސް އާއި އެ ގައުމުގެ ސަރުކާރުގެ އިސް ވަރަށް ގިނަ ބޭފުޅުންނާ ބައްދަލު ކުރައްވައި ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވާފައިވެއެވެ.

ރައީސް ތުރުކީ އަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖެއާއި ތުރުކީ ދެމެދު އޮތް ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެ، އިތުރު ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއާ މެދު ބަހައްޓަވާ ހާއްސަ ގާތްކަމަށް ތުރުކީގެ ރައީސަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ސަރުކާރުގެ އިސްވެރިން ކުރައްވާ މި ދަތުރުފުޅު ކާމިޔާބު ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަރު

    މަރުހަބ.ާ އަޅުގަޑުމެންގެލޮބުވެތިރައީސް ޑރ.މުއިއްޒު. އަޅުގަޑުމެންވޯޓްދިނީ ތަފާތު ދައްކަވާނެ ކަންޔަގީން ކުރެވޭތީ. ފުރަތަމަ ދަތުރުފުޅުވެސް އިސްލާމީ ގައުމް އަކަށް. އިން ޝާ ﷲ.ދިވެހި ރައްޔިތުންނަށް އުފާވެރި ފާގަތި ދުވަސްތަކެްެއް މިޒައާމަތުގައި ފެނިގެންދާނެ. .

  2. ވަާޑު

    ކާމިޔާބު ގުޅިފައިވަނީ އިޙުލާސްތެރި ކަމާ ! ތެދުވެރިކާ!

  3. އުސްތާޒް

    ދެގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވުމަކުން މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑަކުން އަރައެއްނުގަނެވޭނެ، ތި ސްޓެޓަޖީ ބަދަލްކޮށް ފައިސާ ލިބޭނެ ގޮތް ތަކެއް ވިސްނަންޖެހޭ

  4. އަލިބެ.

    ޗުއްޓީ ހޭދަކުރާ ދަތުރުތަކާ ވައްތަރީ. އެއްވެސް އަމާޒެއްނެތި މަޝްވަރާކުރަން ދިއުމަކީ އެއީ.

  5. ތިރާނާ

    ފެށުން ވަރަށްވެސް ރަނގަޅު، ތުރުކީފަދަ ބާރުގަދަ އިސްލާމީ ޤައުމަކާއި އެކު ގާތް ގުޅުންތަކެއް ބާއްވަން ޖެހޭ. ޚާއްސަ ކޮށް ތަޢުލީމީ ދާއިރާއިންނާއި، ސިއްހީ ދާއިރާގައި ތުރުކީއަކީ ފާހަނގަކޮށްލެވޭ ޤައުމެއް. އަދި ރާއްޖެއަށް ފަންނީގޮތުން ކުރިންވެސް އެހީ ވެފައިވާ ގައުމެއް. ގުޅުން ވަރުގަދަ ކުރުން މުހިންމު.