މޫސުން ތަންދޭނަމަ އަމާޒަކީ ކުރިޔަށް އޮތް 50 ދުވަސްތެރޭ އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީގެ މީޑިއާ ކޯޑިނޭޓަރު އަހްމަދު ފައިރޫޒް "ވަގުތު"އަށް ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އަމާޒަކީ މަސައްކަތް ފަށާތާ 50 ދުވަސްތެރޭ އަމީނީމަގު އެއްކޮށް ހަދާ ނިންމާލުން ކަމަށެވެ.

"އަމާޒަކީ 45 ދުވަހާއި 50 ދުވަހާއި ދޭތެރޭ އަމީނީ މަގު ބާކީ ނުނިމި ހުރި ހުރިހާ މަސައްކަތެއް ނިންމުން." ފައިރޫޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޫސުން ގޯސްނަމަ މަގު ކޮނުމުގެ މަސައްކަތްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަގު ކޮނެގެން ނޫނީ އެތަަނުގެ އަޑި އޮތްގޮތް ނޭގޭނެ ކަމަށެވެ. އެހެންކަމުން މޫސުން ތަންދޭނަމަ 50 ދުވަސްތެރޭ މަސައްކަތް ނިންމާލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަމީނީމަގުގެ އެންމެ ފަހު ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް އާރުޑީސީން މިހާރު ފަށާފައިވާއިރު މިހާރު މަސައްކަތް ކުރަމުންދާ ދެ ސެގްމެންޓު ހިމެނޭ ސަރަހައްދު ތަރައްގީކުރާނީ ކުރިން ނިމިފައިވާ ސެގްމެންޓުތަކަށް ވުރެ ފުޅާކޮށެވެ. މި ދެ ސެގްމެންޓްގައި ހަތަރު ލޭންގެ މަސައްކަތް ނިމޭއިރު އާންމުންނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތް:

  • 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ
  • -މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ).
  • ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ.
  • މަގުގެ ފެހިކަން ނުގެއްލޭނެ.
  • ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ.
  • ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއޫ ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހިނި

    ބަލަ އެހާކުޑަކުޑަ ތަން ކޮޅެއްނިންމަންވެސް 2 މަސްބޭނުންވޭ ތިޔައްކިޔަނީ މުއިޒު ދުވެލި

    3
    2
  2. ިުއއ

    ޢަތޮޅުތެރޭގަެި އެބަހުރޮ 4 އަހަރު ވެފަ ހުރި މަގުތައް އަދިވެސް ހަދަނީ ނުއެއް ނިމޭ

    1
    2
  3. ގަމާރު ދިވެހިން

    ހާދަ ގަމާރޭ ކަލޭމެން. ޖެއްސުން ކުރުން ނޫންކަމެއް ނެތީތަ!!

  4. ށ

    މަސައްކަތް ކުރާތަނަށް ދޭބަލަ ބަލައިލާން ނަރުތަކާ ހޮޅިތަކާ އޮޅި ގޮތް ޖެހިފައި...ހިނި ވަރަށް މޮޅުވާނެ ފާޑު ކިޔަން ....އެމީހުން ބޭނުންވަނީ ސްކޫލް ހުޅުވެންވާއިރަށް ނިންމަން މިއަދު ފަތިހު...ވެސް މަސައްކަތް ދިޔައީ ކުރަމުން....

  5. މުހައްމަދު`

    މި ސަރުކާރުގަ ގަޓް ހުރިއްޔާ ނިކަން މަޖީދީ މަގާ، ކަނބާ އާސަރަނި މަގު ނިކަން ތާރު އަލާލަބަ

  6. މުހައްމަދު

    މި ސަރުކާރުގަ ގަޓް ހުރިއްޔާ ނިކަން މަޖީދީ މަގާ، ކަނބާ އާސަރަނި މަގު ނިކަން ތާރު އަލާލަބަ