ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެތެރޭގެ އިންތިހާބު މިއަދު ބާއްވަން ތައްޔާރުވެއްޖެއެވެ.

މި އިންތިހާބު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 2:00 ގައެވެ. މިއަދު ބާއްވާ އިންތިހާބުން ޕާޓީގެ މެންބަރުން 11 މަޤާމަކަށް އައްޔަން ކުރާނެއެވެ.

ޖޭޕީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ، ޓުރިޒަމް މިނިސްޓަރުގެ ކުރީގެ ނައިބު އަސްއަދު ރިޒާއާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސޯލިހްގެ އިތުރުން އެޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ސައީދެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓެއްގެ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަމީން އިބްރާހީމާއި، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝަހުގެ އިތުރުން އެޕާޓީގެ ކުރީގެ ނައިބު ރައީސް އަހްމަދު ސައުދެވެ.

ނައިބު ލީޑަރުގެ މަގާމުގެ އިތުރުން އަންހެނުންގެ ލީގުގެ ރައީސަކާއި ޒުވާނުންގެ ލީގުގެ ރައީސަކާއި ޕާޓީގެ ގައުމީ ކޮންފަރެންސުން އިންތިހާާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ އަށް މަގާމު ވެސް އޮތީ ހުސްކޮށެވެ. އަދި ޖޭޕީގެ ބައެއް ކޮމިޓީތައް ވެސް މިހާރު އޮތީ ހުސްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަށުންދަމާ

    ސޭޓު އަންހެނުން ފިރިމީހާ އަށް ދަންނަވަން ، ވަހީދަށް އެއްޗެއް ދޭތި. ދޯ ވަހީދު.

  2. އަހުމަދު

    ވެރިއަކަށް ނުވިޔަސް ދީނާއިގައުމަށް ކަމެއްކޮށް ދެވިދާނެ!