އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއަށް ވަކީލަކު ހަމަޖައްސަން އެއް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައެވެ.

ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ. މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ. މި އަޑުއެހުމުގައި ލަމްހާގެ ފަރާތުން ވާހަކަ ދައްކާނެ ވަކީލެއް ހަމަޖެއްސުމަށް ތިން ދުވަހުގެ މުުހުލަތަކަށް އެދުނު ނަމަވެސް ކޯޓުން އޭނައަށް ދިނީ އެއް ދުވަހުގެ މުއްދަތެވެ. އެއަށްފަހު މި މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލް ކުރާނެ ކަމަށް ވިދާޅުވެ ފަނޑިޔާރުން ވަނީ މި އަޑުއެހުން ނިންމާލާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއުއާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝަފީއުއެވެ.

ޕީޖީ އޮފީހުން ބުނާގޮތުން ލަމްހާ ދޫކޮށްލި ގޮތާމެދު ހިތްހަމަ ނުޖެހެއެވެ. އެގޮތުން ލަމްހާގެ ބަލި ހާލަތަކީ މުޖުތަމައުއަށް އޮތް ނުރައްކާ ކުޑަވެގެން ނުދާނެ ކަމަށްވެސް ޕީޖީން ދެކެއެވެ.

ކްރިމިނަލް ކޯޓުން ލަމްހާގެ ބަލި ހާލަތައް ބެލުމަށްފަހު އޭނާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އަދި އޭނާ ދޫކޮށްލީ ރޭގަނޑު ބޭރަށް ނުދެވޭ ގޮތަށެވެ.

ލަމްހާގެ ވަކީލް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަނީ ޓެގު އެޅުވުމަށްފަހު އޭނާ ބަންދުން ދޫކޮށްލަން އެދިފައެވެ. ނަމަވެސް ގަަނޫނު ބުނާގޮތުން ޓެގު އެޅުވެނީ ހަމަ އެކަނި ޓެރަރިޒަމްގެ ދައުވާކުރާ މީހުންނަށެވެ. އެހެން ކަމުން ލަމްހާ ދޫކޮށްލީ ޓެގު ނާޅުވައެވެ.

އޮކްޓޫބަރު، 2021 ގައި, އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަސދަސދ

    ލަމްހާގެ ދަރިއެއް ހުޜޭތޯ ސައުފުކޮއްދީފާނަންތަ ؟
    އަދި ލަމްހާ އެއްވެސް އެހީއެއް (ވަކީލަކު ހަމަޖއްސަން ބޭނުންވޭތޯވެސް އިނގެން ބޭނުން)

  2. ލަމްހާ ދަ މާޑަރާ

    ހާދަ ރީތި ފޮޓޯ އެކޭ ދޯ އެކަމަކު، ކްރިމިނަލްއެއްގެ ނޫހުގަ ޖަހަން

  3. Anonymous

    މީހަކު މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވެ އަދަބު ލިބިގަތީމާ، އާޚިރަތުގައި ލިބޭނެ އަޒާބު ކުޑަވާނެ.

  4. ލަލީތާ

    ޗީޑި

    1
    1