ރޭ ހުޅުމާލޭ ސެންޓްރަލް މޯލްގެ ލިފްޓް ތެރޭގައި 14 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ބެލެވެން ފަށައިފިއެވެ.

ހުޅުމާލެ ސެންޓްރަލް މޯލް ލިފްޓް ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާކަމަށް ބުނެ ބައެއް މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވި ނަމަވެސް، އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި، އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކުވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކުވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލު ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެެވެ.

އޭގެ ފަހުން މިއަދު މެންދުރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަަމަލާދިން ކަމަށް ބުނެ މީސް މިޑިއާގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފަރުވާ ހޯދާފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އަދި ދި ހާދިސާ ހިނގިތަންކަމަށް ބުނާ ތަނުން އެފަދަ ކަމެއް ހިނގިކަމުގެ މާއްދީ އެއްވެސް ހެއްކެ ލިބިފައިނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.