އިންޑިއާ އާއި ނޭޕާލުން މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އިހުސާން ވިދާޅުވީ ސަރުކާރުން ފުރަތަމަ ވާނީ އެހެން ގައުމުތަކުން އަން ސްކިލްޑް ލޭބަރުން ގެނައުން ވަގުތީ ގޮތުން މަޑުޖައްސާލައި ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ހުޅުވާލާފައި ކަމަށެވެ.

ވަޒީރު ވިދާޅުވީ އިތުރު ކަންކަން ބެލުމަށް ފަހުގައި މިހާރު އިންޑިއާ އާއި ނޭޕާލްއިން މަސައްކަތްތެރިން ގެނައުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ދެ ގައުމުން މަސައްކަތްތެރިން ގެނައުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ މި ސަރުކާރުން ހުޅުވާލުމާ އެކުގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން އެއީ ގާނޫނާއި ހިލާފަށްކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ވަޒީރު އިހުސާން ވިދާޅުވީ ރާއްޖޭގައި ކަންތައް ތަރުތީބުވެފައިވާ ގޮތުން، ރާއްޖެއަށް އެތެރެވާ މީހުންނާއި ބޭރުވާ މީހުންނާއި ރާއްޖޭގައި ތިބޭ ބިދޭސީންގެ އަދަދާއި އެކަންކަން ކަނޑައެޅުމުގެ ގާނޫނީ އިހްތިސޯސް ލިބިގެންވާ މުވައްސަސާއަކީ އިމިގްރޭޝަން ކަމަށެވެ. މި ވަގުތު އެ މުވައްސަސާ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީގެ ދަށުންނެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ރާއްޖޭގައި މި ވަގުތު ތިބި ބަންގްލަދޭޝްގެ މުވައްޒަފުންގެ އަދަދު ސާފުކޮށް އިނގޭ. އެ އަދަދަކީ 90،624 މީހުން. މިއީ އެއްލައްކައަށްވުރެ މަދު އަދަދެއް. އެހެންވީމަ ބަންލަދޭޝުން މަސައްކަތެރިން އައުމަށް ދޭ ހުއްދައަކީ އަކީ ގާނޫނާއި އެއްވެސް ވަރަކަށް ފުށޫ އަރާކަމެއް ނޫން." އިހުސާން ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން އޮތީ ބަންގްލަދޭޝުން މަސައްކަތެރިން ގެނައުން ހުއްޓާލާފައެވެ. މިދިޔަ ސަރުކާރުގެ ފަސް އަހަރުގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ އިންޑިއާގެ މަސައްކަތްތެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙެހެހ

    ބަގްލަދޭޝް މީހުން ދިރިއުޅެނީ ކޮން ހުއްދައަކުންތޯ ބަލަނީ ކާކު ؟ ޢަދި ނިމިދިޔަ ސަރުކާރުން ބޮޑުދަނޑުފުރާލީ ޤަވައިދާޚިލާފަށް އުޅޭމީހުން ނޫންތޯ

  2. ހިކި ކިރު

    އެޔެއް މިއެއް ބެލުމެއްނެތި ދެލޯފުޅާ ހުއްދަ ދީފައި ބަހައްޓާ! ތިމާމެންގެ ވަޤުތީ އަމިއްލަ ފައިދާ އަށްޓަކައި އިޒްރޭލާއި ފަލަސް ތީނަށް ވީގޮތައް މިތަން ހަދާލާ! ޤައުމުގެ މުސްތަޤު ބަލަކަށް ބަލާނެ ކަމެއްނެތް!

  3. ޖަނާހް

    ޓޫރިސްޓް ވިސާގައި އެރެވެގެން މަސައްކަތް ކުރާ މީހުންގެ އަދަދު ކޮންޓްރޯލް ސިސްޓަމަކަށް ނޭގޭނެ ޓްއަރިސްޓުން އެތެރެވާ ގަޑީގައި ސިސްޓަމް އިންނަނީ ހިނިއަސްފަ

  4. Anonymous

    ނޭޕާލުން ދެ އަންހެން ކުދިން ބޭނުން ، ގޭގަ މަސައްކަތެއް ކުރާކައް ނުޖެހޭނެ އެނެއްހެނެއް.

  5. އަލްޖިބްރާ

    މިޤައުމަށް ބިދޭސީން ގެނެސް ފުރާލާ ! މިއީ ދިވެހިންގެ ތަނެއްނޫން ! ބިދޭސީންގެ ތަނަކަށް ހަދާލާ ! އޭރުން ދުވަސްކޮޅަކުން ބިދޭސީން އެމީހުންގެ ހައްޤު ހޯދަން ނިކުމެ ކޮންމެވެސް ތަނަކަުން އެމީހުނަށް ބިމެއް ހޯދާ މިޤައުމުގައި ބިދޭސީންގެ ބާރު ދައްކާލާ ދުވަސް އަންނާނެ ! ދެން ފަލަސްތީނަށް ޖެހުނު ދަތުރަށްވުރެ ހިތި ގޮތަކަށް ދިވެހިންގެ ބިންތަކުން ދިވެހިން ނެރެލާނެ ! މިއީ ހޭބަލިވެފަ ތިބި ވެރިންތަކެއް ތިބި ޤައުމެއް !