އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހދ. ހަނިމާދޫ، އަލަމާގެ، ޚާލިދް އިބްރާހިމް ނަމަކަށް ކިޔާ ދިވެއްސެކެވެ.

މީގާތް ހައްޖު އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅުނު ޚާލިދު ނިޔާވެފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ.

ޚާލިދު ނިޔާވި ކަން އެ ގްރޫޕުން ހާމަކުރި ނަމަވެސް ނިޔާވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އުމްރާގެ އަޅުކަން ކުރުމަށް ގޮސް އުޅެނިކޮށް ޚާލިދު ނިޔާވެފައިވާއިރު، މިއަހަރު ތެރޭ އުމްރާއަށް ގޮސް އުޅުނު ފަސް ދިވެއްސަކު ވަނީ ނިޔާވެފައެވެ.