ކޮވިޑް-19 އާއި ގުޅިގެން ދުނިޔެއަށާއި އަދި ރާއްޖެ އަށް ކުރިމަތިވެފައިވާ އިޤުތިޞާދީ މައްސަލަތަކާއި، ކުރިމަތިވާނެ އިޤުތިޞާދީ މައްސަލަތަކުން އަރައިގަތުމަށް އޮތް ހަމައެކަނި ހައްލަކީ ސަރުކާރުން ލޯނު ނެގުމެއް ނޫނެވެ. އަދި ފައިސާ ޗާޕް ކުރުމެއް ވެސް ނޫނެވެ. އޭގެ އިތުރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރެވެން އެބަޖެހެއެވެ. އާމްދަނީ އިތުރު ކުރެވޭނެ އިތުރު ވިސްނުންތަކެއް ވެސް ނެރެން އެބަޖެހެއެވެ. ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރަން މިހާލަތުގައި ކުރެވިދާނެ ކަންކަން ސިލްސިލާ ގޮތެއްގައި ލިޔަން ގަސްދުކޮށް ފުރަތަމަ ރައްޔިތުންގެ މަޖިލީހާއި ހަމައިން ފަށައިގަންނަމެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އެދިވަޑައިގަތުމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 8500 ރުފިޔާ ވަނީ އުނި ކުރައްވާފައެވެ. ޖުމްލަ 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ މެމްބަރެއްގެ އަސާސީ މުސާރަ އަކީ މަހަކު 42،500 ރުފިޔާ އެވެ. ކޮންމެ މެމްބަރެއްގެ މުސާރައިން 8،500 ރުފިޔާ އުނި ކުރުމުން މެންބަރުންގެ މުސާރައިން 739،000 ރުފިޔާ މިހާރު ވެސް ވަނީ ސަލާމަތް ކުރެވިފައެވެ. މެމްބަރުންނަށް މުސާރައިގެ ގޮތުގައި 42،500 ރުފިޔާ ލިބިވަޑައިގަތަސް އެލަވަންސަށް 20،000 ރުފިޔާ އަދި އިތުރަށް ލިބިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އަކީ ހުއްޓުމެއް ނެތި ރެއާ ދުވާލު މަސައްކަތް ކުރާ ދިވެއްސެއްގެ އާމްދަނީ އަށް ވުރެ އެތައް ގުނައެއް ބޮޑު މުސާރައެކެވެ. އެހެންކަމުން މެންބަރުންގެ މުސާރަތައް އާއްމު ދިވެހި މަސައްކަތްތެރިންގެ މުސާރަ އާއި އެއްހަމައަކަށް ތިރި ކުރަން އެބަޖެހެއެވެ.

މެންބަރުންގެ މުސާރަ ކުޑަކުރުމުގެ ވިސްނުމުގެ އިތުރުން ދެން އޮތް ވިސްނުމަކީ މެންބަރުންނަށް މުސާރަ ދިނުން އެއްކޮށް ހުއްޓާލުމެވެ. ކޮންމެ މެންބަރަކު ވެސް ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއަކަށް ނުވަތަ ކޮމެޓީގެ ބައްދަލުވުމަކަށް އެކަށީގެންވާ އެލަވަންސެއް ލިބޭ ގޮތައް ހަމަޖެއްސިދާނެއެވެ. މުސާރައިގެ ބަދަލުގައި އެލަވަންސެއް މެންބަރުންނަށް ލިބޭ ގޮތައް ހަމަޖެއްސުމުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާ ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން ސަލާމަތް ކުރެވިދާނެއެވެ.

ގިނަ މެންބަރުންނަކީ ރިސޯޓު އޯނަރުންނެވެ. ނުވަތަ ކޮންމެވެސް ބޮޑު ވިޔަފާރި ވެރިއެކެވެ. މެންބަރުންނަށް ވެވަޑައިގެންނެވި އިރު އިތުރު އާމްދަނީއެއް ލިބިވަޑައި ނުގަންނަވާ މެންބަރުން ވެސް މިހާރު ބޮޑެތި ވިޔަފާރިވެރިންނަށް ވެފައި އެބަތިއްބެވެ. އެހެންކަމުން މެންބަރުންގެ މުސާރަ އަދިވެސް ކުޑަކުރުން އެއީ އެމެންބަރުންނަށް މާބޮޑު ދަތިކަމެއް ކުރިމަތިވާނެ ކަމެއް ނޫނެވެ.

ގިނަ މެންބަރުން ވިދާޅުވާ ގޮތުގައި އެބޭފުޅުންނަކީ ވެސް މާލޭގައި ގެދޮރު ކުއްޔަށް ހިފައިގެން ދިރިއުޅުއްވާ ބޭފުޅުންނެވެ. އެހެންކަމުން މުސާރަތައް ކުޑަކޮށްފިނަމަ ދަތިތައް ކުރިމަތިވާނެއެވެ. އެހެންކަމުން މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ މެންބަރުން ވެސް އަމިއްލަ ރަށަށް ވަޑައިގެންނެވުމެވެ. މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދާއިރު، މެންބަރުން ކޮންމެހެން މާލޭގައި ތިއްބެވުމުގެ ބޭނުމެއް ނެތެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ދައުލަތައް އާމްދަނީ ލިބުން ހުއްޓިފައި މިއޮތް ހާލަތުން އަރައިގަނެވި، އިޤުތިޞާދު ހަމައަކަށް އެޅެންދެން މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހެއެވެ.

މެންބަރުންގެ މުސާރަ މިވަގުތު ކުޑަކުރުމުގެ އިތުރުން މެންބަރުންނަށް އިމްތިޔާޒްތަކާއި ބާރުތައް ލިބޭ ޤާނޫނަށް ވެސް މިހާރުން މިހާރަށް އިސްލާހު ގެންނަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބު ރައީސަށް، ރާއްޖޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް، ދައުލަތުން ހަމަޖައްސައިދިނުން އެއީ މަޖުބޫރު ކަމެއްގެ ގޮތުގައި މިހާރު އޮތް އޮތުން އެއީ ވެސް މިހާލަތުގައި އެކަން އޮތުން އެންމެ ރަނގަޅު ގޮތް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން މިއީ ވެސް މިވަގުތު އަމަލު ކުރުން ފަސްކުރުން މުހިއްމު މާއްދާއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 އިންސައްތަ އަދި ރައްޔިތުންގެ މަޖިލީހުގެ ދެދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45 އިންސައްތަ ދައުލަތުން ދޭންވާނެ ކަމަށް މިހާރު އޮންނަ މާއްދާ ވެސް މިހާރުން މިހާރަށް އުވާލަން އެބަޖެހެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ލިބޭ މަޖިލިސް ރައީސްގެ މުސާރައިގެ 30 އިންސައްތަ ދިނުން ވެސް މިހާރުން މިހާރަށް ހުއްޓާލަން އެބަޖެހެއެވެ.

އެއީ މިހާރު ދައުލަތުގެ ޚަރަދު ކުޑަކުރަން ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެއިނާޔަތް އުނިކުރި ނަމަވެސް ޕެންޝަން ލިބޭ އުމުރުގެ ބޭފުޅުންނަށް ޕެންޝަން ލިބިވަޑައިގަންނަވާނެތީ މިއިނާޔަތް އުނިކުރި ނަމަވެސް މެންބަރުކަން ކުރައްވާ ބޭފުޅުންނަށް ވެސް ބޮޑު ތަކުލީފްތަކެއް އުފުލާކަށް ނުޖެހޭނެއެވެ. އަދި އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ އިތުރު އެތައް ގޮތަކުން އާމްދަނީ ލިބިވަޑައިގަންނަވާނެ ބޭފުޅުންނަށް ވާތީ ވެސް މިއީ އެބޭފުޅުންނަށް ބޮޑު ދަތިކަމެއް ކުރިމަތިވާނެ ނިންމުމަކަށް ނުވާނެއެވެ.

ކުރިއަށް އޮތްތަނުގައި އަޅަން ފެންނަ އިތުރު ފިޔަވަޅުތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ ފިރިމީހާ އަދި ޢުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ދަރިން، ރާއްޖެއާއި ސާކް ޤައުމުތަކާއި އަދި އާސިއާންގެ ޤައުމުތަކުން ޞިއްޙީ ފަރުވާ ލިބޭނެފަދަ މެޑިކަލް އިންޝުއަރަންސް ސްކީމެއްގައި ބައިވެރިކޮށްދޭންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި ބުނެފައި އޮންނަ މާއްދާ އުވާލަން އެބެޖެހެއެވެ. ނުވަތަ ގައުމުގެ އިޤުތިޞާދު ހަމައަކަށް އެޅެންދެން އެމާއްދާ އަށް އަމަލު ކުރުން ފަސް ކުރަން އެބަޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާއްމު އުސޫލުން އަލުން ފަށާއިރު، މެންބަރުންގެ ކެއިން ބުއިމުގެ ކަންކަން މަޖިލީހުން ހަމަޖެއްސުމުގެ ބަދަލުގައި އެކަމަށް އާވިސްނުމެއް ގެންނަން އެބަޖެހެއެވެ. މަޖިލީހުގެ ކެންޓީނަކީ މެންބަރުންގެ އަތުން ފައިސާ ނަގައިގެން ހިންގަވާ ކެންޓީނަކަށް ހަދަން އެބަޖެހެއެވެ. މެންބަރުން ކެންޓީނުން ހޯއްދަވާ ޚިދުމަތްތަކަށް ފައިސާ ދައްކަވަން ޖެހޭނެއެވެ. މެންބަރުން ކޭންބެއްލެވުމުގެ ކަންކަމަކީ ހިލޭ ސާބަހަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. އެއީ ދައުލަތައް މާލީ ބުރަ ކުޑަވެ، އަދި އާމްދަނީ ވެސް އިތުރު ކުރެވިދާނެ ގޮތެކެވެ.

ކޮވިޑް-19 ގެ ސަބަބުން އިޤުތިޞާދަށް ކުރިމަތިވެފައި މިވާ ނުރައްކާތެރި ހާލަތުގެ ސަބަބުން އެކަމުގެ ވޭން އެންމެ އާދައިގެ ރައްޔިތުން މީހާ ތަހައްމަލް ކުރަމުން ދާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ކޮންމެވެސް ވަރެއްގެ ބުރައެއް އުފުލަން އެބަޖެހެއެވެ. ގައުމުގެ އިޤުތިޞާދު އަވަހަށް ހަމައަކަށް އެޅި، ކަންކަން އާއްމު ހާލަތަކަށް ގެނެވޭނީ އޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ށަވިޔަނި

    ޜައްޔިތުންނޭ ހޭއަރާބަ ތީ އަސްލު ހަގީގީ ވަގުންނަ ކީ އެއްމެ ލޯ ލާރި އެއް ކުޑައެއް ނު ކުރާނެ

    49
  2. މޯދީގެ ބޭބެ

    ބޮޑު މުސާރަ ކައިގެން ތިބެބަލަ ދެރަ ނިކަމެތި ރައްޔަތުމީހާ އަށް މިއަދު އެހީވާން ވީ ވަގުތު މިތިބަ ގިނަ މެމްބަރުން ތިބީ ފިލާފައި. ތިޔަ ހޯދަވާ ފައިސާގެ ހުރި ހަލާލުކަމެއް ވެސް އެނގޭނެ ދުވަހެއް އަންނާނެ. މަޖިލިސް ތެރޭގައި ހަޅޭ ލަވާފައި ހިތަށް އެރީމަ ޖަލްސާއަށް ނުގޮސް ބޮޑު މުސާރަ ކައިގެން

    43
  3. މާހިރު

    ޢަސްލުވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާނަމަ މިވަގުތު ބޮޑަތި ހުރިހާ މުސާރައެއް ކުޑަވާންޖެހޭ ތިޔަފައިސާތައް ހޯދުމުގައި ބުރަކޮށް އުޅުނު ރިސޯޓް ބޯއީސް އެތިބީ މުސާރަ ނުލިބި ގޭބަންދު ވެފައި ކުޑަމިނުން ފަރުމަހެއް ބާނަން ނުދެވި މިހާލަތުގައި ވިސްނަވާލައްވާ މިވަގުތައް 25000 އަށް ކުޑަކޮށްލިއްޔާ ކީއްވާނީ؟ތީހަމަ އެންމެންގެ ފައިސާ ދޯ

    45
    • ނަހުލާ

      ޢަދި ވިއްސަކަ ހާސްއިތުރު ކޮއްލާ ނިކަމެތި މެންބަރުންނަ

      3
      2
  4. ހުސޭނުބޭ

    ތިއީ ރާއްޖޭގައި އެންމެ ފަގީރުން ގިނަ މަޖިލިސް! ނުވިތާކަށް ލޭގައިވެސް ހިނގާނީ ކަރަޕްޝަން! ބައެއް މެމްބަރުންގެ ލަގޮނޑީގައި ހުންނާނީ ނާށިލާފައި! ދެން ކިހިނެއްހޭ މުސާރަކުޑަކުރާނީ!

    43
  5. ފެކްޓް

    ބިދޭސީންގެ މައްސަލާއާއި ދިފަދަ އިސްރާފްތަކާއި ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދަށާއި ރޖ ސާލިޙަށް އަޅުގަނޑު ލިޔުނިން.
    އޭގެތެރިން އަޅުގަނޑު ފާހަގަ ކުރިން މަޖިލީހުގެ ތިއްބެވި މަހުޖަނު ވިޔަފާތިވެރިންނަށް ތައުލަތުން މުސާރަ ނުލިބޭ ގޮތަށް ޤާނޫނު އިސްލާހުކުރަން. އަދި އެމީހުންނަށް އާސަންދަ ދޭނަމަ އެކަން ހުއްޓާލަން. އަދި އެމީހުންނަށް ހަމައެކަނި އެލޮވެންސެއް ދޭން. އަދި މެންބަރުންގެ މުސާރަ ކުޑަކޮށް މަޖިލިހަށް ހާޒިރުނުވާ މެންބަރުންގެ މުސާރައިން ކަނޑަން. އަދި އެހާވަރަށް މެންބަރުންނަށް ޚަރަދުކޮށްފަ މެންބަރުންގެ އަނބި ދަރީންނަށް ސަރުކާރުން ޚަރަދު ނުކުރަން. ސަބަބަކީ އެބައެއްގެ އާއިލާ ބަލަންޖެހޭނީ އެބަޔަކަށް ލިބޭ އާމްދަނީ އަކުން. އާމްދަނީ ހޯދުމުގެ ބޭނުމަކީވެސް އެއީ. އަނބި ދަރީންނަށް ޚަރަދު ކުރަން ޖެހޭނީ އެބަޔަކަށް ލިބޭ އެއްޗަކުން. އަނެއްކޮޅުން މިމީހުންނާ މިމީހުންގެ ދަރީންނަށް އާސަންދައާއި ހިލޭ ފޮތްލިސްޓާއި ސްކޯލާޝިޕާއި ހެނދުނުގެ ނާސްތާފަދަ ޙިދުމަތް ލިބޭނަމަ ނިކަމެތި ފަޤީރު މީހުންނާ ހަމަހަމަ ނުވެވޭ. ނިކަމެތިން ޖެހެނީ ހަމަ ތިބި ތަނުގަ. މިއިސްރާފު ހުއްޓައިފިނަމަ ނިކަމެތިންނަށްވެސް މާރަނގަޅަށް އަޅާލެވޭނެ. އަދިވެސް މިފަދަ އެތައް ވާހަކައެއް ލިޔުނިން. ހެޔޮނުވާނެ ދައުލަތުގެ މާލިއްޔާ މިގޮތަށް ލޫޓުވަން. ދައުލަތެއްގެ ބޮޑު ބޭނުމަކަށް ވާންޖެހޭނީ ނިކަމެތީންނަށް އަޅާލުން

    29
    1
  6. ތެދެއްތަ؟

    އެއްނަޒަރަކުން ބަލާއިރު މުސާރާގެ ގޮތުގައި އެންމެގިނަ ރުފިޔާ ލިބޭ މީހުންނަކީ ރައްޔިތުންގެ މެމްބަރުން. އަހަރު ' ދެއަހަރު ކީއްކުރަންތޯ؟ ދަވްރު ނިމިގެން ދާއިރުވެސް ވާކަމެއްނެތް. ރައްޔިތުން ލިބޭ އެއްޗަކުން ދެކޮޅުނުޖެހިފާ. ދެވޭ އަސާސީ ޚިދުމަތްތައްވެސް ކިރިޔަ ކިރިޔާ އަތްފޯރާ ނުފޯރާފަށުގައި. ރައްޔިތުން ހަނާވަނީ.

    32
  7. މުހައްމަދު އަމީން

    100ގެ ލިޔުމެއް

    38
    1
  8. ާބޭކާރު

    މެމްބަރަކަށްޅިބޭ މިންވަރު 20،000 ރ.އަށް ވުރެ ބޮޑުވެގެން ނުވާނެ.

    39
  9. ޞިޔާދު

    ކުޑަނުކުރާތި ބަޑަޖެހިދާނެ.

    17
  10. އިބޫ ހުޅުމާލެ

    މިހާރު ޤައުމުގެ ޙާލަތުއޮތް ގޮތުން ފާހަގަ ކޮށްފައިވާކަންތަށްތަށް މިހާރުން މިހާރަށް އުވާލަންޖެހޭ، މުސާރަވެސް ކުޑަކުރަންވީ އަދި ހުރިހައި ސިޔާސީ މަޤާމުތަށް އުވާލަންވީ، މިހާރު ޤައުމުގެ ދުވެލި ވަނީ ހުއްޓި ނަގިލިލާފައި ވީމާ ފަޅުވެރިން ބޭނުނެއްނުވާނެ، ވަރަށް ސަލާމް

    29
  11. ސިވިލްސާރވަންޓް

    ގައުމުގެ ހާލަތު ނުވިސްނޭ މީހުންނަކީ މަޖުލީސް މެމްބަރުންނޭ މިކިޔާ މީހުން. ނުވާނެ އެއްބަހެއް.

    28
  12. މާހިރު

    ޢަސްލު ވަރަށް މުހިންމު ކަމެއް މިދަނޑިވަޅު މުސާރަ ކުޑަކުރަންޖެހޭ ބޮޑުތަނުން މެންބަރުން ނުޖެހޭ ދާއިރާގެ މީހުންނަށް ކާންބޯންދީ ހަދާކަށްވެސް ދޯ ދެން ކޮފީއެއްނުދޭށެކޭނޫން

    23
  13. ޢަހުމަދު

    ގައުމާމެދު ވިސްނާ އޯގާތެރި ސަރުކާރު ކަންތައް ކުރާނީ ޕްރެށަރަށް ވެއްޓުނީމަ. ބޭރުގެ ފަރަންޖީ ގައުމު ތަކުން މިސާލު އެދައްކަނީ އެމީހުންގެ މުސާރަ ކޮށްފަ. މަޖްލީހުގެ މެޖޯރިޓީ އޮތީ އެއްޕާޓީ އަތުގައި. ބޭނުމިއްޔާމުން ގާނ/ޫނު އަސާސީ ވެސް ބަދަލުކޮށްލަންވީ. އެކަމަކު ގައުމު މިހާ އަޑިއަޅާލައިގެން ދާއިރުވެސް އެތިބެނީ އަޅާވެސް ނުލާ. ހަގީގީ އެޖެންޑާ 19 މި ކޮވިޑް ނަވާރައިގެ ސަބަބުން އެބަ ފެނިގެންދޭ.

    28
  14. ހުޅުލޭ ބޮޑުމީހާ

    މަޖިލީހުގައި ތިބީ ރައްޔިތުންނަށް ހެވެއް އެދިގެން އުޅޭ ބައެއްނޫން. ޢެމީހުންގެ އަންބޮޑިއަށް ބޮޑު ކުރުން ނޫން ކަމެއް ނުކުރާނެ. ޢިދިކޮޅު މެންބަރުން ވެސް ކެމެރާގެ ކުރިމަތީގަ އިދިކޮޅު ވަނީ. ކެމެރާގެ ފުރަގަހުގަ ހަމަ އެންމެންވެސް ބަލަނީ ފައިސާ ކޮޅެއް ސަރުކާރު ތެރެއިން ވެސް ލިބޭނެ ގޮތަކާ ދޭތެރޭ.

    26
    1
  15. ސަަަަަސަ

    ކަލޯމެނޭނަމަނަމަވެސްމުސާރަކުޑަނުކުރާތި ވަރައްބޮޑުމުސީބާތަކާކުރިމަތިލާޖެހިދާނެ އެެއީއެވެރިއްގެއަބިއްގާތުގާނުތިބެދާނެތީ މުސާރައައްބަލާފަގިނަމީހުއްއެތިބީ އެކައްއެގެއެއްނުއަހަރެމެންގެމިނިސްޑަރައްއާބަދަލުމުޅިއްސިފަބަދަލުކޮއްލިއެއްނޫ ފުޓޯދައްކާތީހާދަވަރަކައްމޭކަޕުކޮއްގެއްނޭއެދަނީ
    އެހެއްވީއިރުމުސާރަކުޑަކުރީމަކިހިނެންވާނީ ނަމަނަމަވެސްނުކުރާތި

  16. އަހުމަދުބެ

    ތީ ކުރަން ލަސްވެއްޖެ ކަމެއް. -/20،000 އަށް ތިރިކުރޭ!!! އަވަސް ކުރައްވާ!

    21
  17. ާނޫސް ކިޔާމީހާ

    ލިބެ މުސާރައާއި އިނާޔަތްތައް ކިޔާލާފައި ފިތްކަނޑައިގެން ހިނގައްޖެ. ދައުލަތުގެ މުދަލާއި ފައިސާއަކީ ރައްޔިތުންގެ ހައްޤެއް ނަމުގައި ބާއްވައިގެން ދިވެހި ރައްޔިތުން ފެލައިގެން ހޯދާފައިސާއަކީ މި އިއްޒަތްތެރިންގެ މުއްސަނދިކަން އިތުރުކުރަން ދެވޭ އެއްޗަކަށް ވެގެން ނުވާނެ. މިހާރުން މިހާރަށް ތިފައިސާތައް ޤައުމުގެ މާލިއްޔަތަށް ވައްދަންވީ. ކޮންމެ މުވައްޒަފަކީ އެމީހެއްގެ މަސްއޫލިއްޔަތުގެ މަސައްކަތް ކުރާބައެއް. ޢިއްޒަތްތެރި މެމްބަރު މޭޒުކައިރީގައި ފިނިކުރި ކޮޓަރީގައި މަސައްކަތް ކޮށް ބޮޑުމުސާރަ ނަންގަވާއިރު ފާޚާނާ ސާކުރާމީހާއާއި މަގުމަތި ކުނިކަހާމީހާ އަދި ކުނި އުކާމީ ގަދަ އަވީގައި ގުދާރު ބިންދާއިރު ކުރާމަސައްކަތަށް ހައެއްކަހާސް ރުފިޔާ ދިނުކަމީ ކޮން ހަމައެއްތޯޢެވެ. ތިޔަ އިއްޒަތްތެރި ކަމަކީ ރައްޔިތުން ދިން އިއްޒަތަކަށް ވާއިރު އެމީހުންގެ އުފަލެއްހޯދައިދެވިފައި ނުވާނަމައޮތީ ކޮން އިއްޒަތެއްބާ.

  18. ހުސޭނު

    މުސާރަކުޑައެއްނުކުރާނެ ކަންހަމަޔަގީން ވޯޓުލީމީހުން އުޅެނީކޮންހާލެއްތޯވެސްބަލާނުލާބަޔަކު މުސާރަކުޑަކުރާނެތަ ނުކުރާނެ ރައްޔެތަކައްކަމެއްވެސްނުކޮއްދޭނެ ހާލުބަލަންބިރިގަންނާނެ

  19. ދޮގެއް؟

    ތިބައިގަނޑުގެ އަދަދުވެސް މަދުކުރަން ޖެހޭ. އަތޮޅަކުން މެންބަރެއް ހުރީމަ ވީ. ހޮވުމަށްފަހު މިހާރުވެސް ތިއިން މީހެއްގެ ހިލަމެއް ވަނީއެއް ނޫން. ގައުމަށް ޖެހިފަ އޮތް ބުރަބޮޑު މުސީބާތެއް.

    10
  20. ނާބެ

    މި މީހުން މީ ޤައުމުގެ ހަލާކު..

  21. Anonymous

    سبحان الله އެއްގޮތަކަށްވެސް ކުޑަކޮށްގެން ނުވާނެ. އެ އިރުން ނާށިގަނޑު ހިފައިގެން ނުކުންނަން ޖެހިދާނެ. އަނެއްކާ ސިޔާސީ މަގާމު ހަބޭސް. އެންމެ މީހަކުވެސް ނުކަނޑާތި މުސާރައިން ވެސް ބައިސެންޓްވެސް ނުކަނޑާތި. ގައުމު ކޮޕާމީހުން. އެއީ.!! ފަހަތަށް

  22. މުހައްމަދު

    މަޖްލިސްގެ މެމްބަރުންނާއި ސިޔާސީ މަޤާމުތަކާއި، އެކިނަންނަމުގައި ހުރި ސިޔާސީ ކޮމިޝަންތަކުގެ މެމްބަރުންނާއި އާއިލާއަށް އެމީހުންގެ މުސާރައިގެ ބަދަލުގައި ރޯދަވީއްލުމާއި ހާރު ހަމަޖައްސަންވީ. ހަމައެގޮތަށް ވަޒީފާއަށް ނިކުންނަން ނުޖެހޭގޮތަށް ތިއްބެވި މުވައްޒަފުންނަށްވެސް މުސާރައިގެ ބަދަލުގައި ކެއުމަށް ބޭނުންވާ ޕެކޭޖްތަކެއް ތަޢާރަފްކޮށް ހަމަޖައްސަވައިދެއްވަންވީ. ސަރުކާރުގެ ރައުސުލްމާލުގައި އެވަރުގެ ބަޖެޓެއް ނެތުމާއިއެކު، ރައްޔިތުންގެ ބޮލުގައި އެޅިގެން ނަގާ ލޯނުގެ ބޮޑުބައެއް، ވަކިބައެއްގެ މުސާރައިގެ ގޮތުގައި ހަމަޖެއްސުމަކީ އިންސާފުވެރިގޮތެއް ނޫން. ރައްޔިތުންނެއް ނޫން އިޤްތިޞާދުކުރަންވީކީ، މުޅި ސަރުކާރުވެސް އެބަޖެހޭ އިޤްތިޞާދު ކުރަން ދަސްކުރަން.

  23. ހ

    ރައްޔިތުންގެ ލާރިކާ ބައެއް މަޖުލީސް މެމްބަރުންނަކީ..... ހެޔޮ ރަގަޅު ބައެއް ނަމަ މުސާރަ ދެގުނަ ކުޑަ ކުރަން ޖެޙޭ... މިހާލަތުގަ ވެސް މި މެމްބަރުން ބޮޑު މުސާރަ ހިފައިގެން...

  24. ނަންނުގަތި

    ދައުލަތައް ލިބޭ ހުރިހާ ފައިސާއެއް މިދެނީ މިމީހުންނަށް ދީމިހުސްކުރަނީ. ކޮބާ ލަދުހަޔާޔް މިމީހުންގެ. ސަތޭކައިގެ ރިޕޯޓެއް. މިމަގުން މިކަންކޮށްފިއްޔަ ހުންނާނި މިބަލިމަޑުކަމަށް ޚަރަދުކުރާނެ ފައިސާ ސަލާމަތް ކުރެވިފަ.

  25. ެިފިރުޝާން

    އިންގިރޭސިވިލާތަށް ވުރެން މުސާރަ ބޮޑު.. މިފައިސާ މިހޯދަނީ ދަރަޏަށް ނަގައިގެން..

    ޓީ.ބިލް ވިއްކުމަކީ ދަރަނި ނެގުން.. ހެޔޮނުވާނެ ލޯންނަގައިގެން މިހާބޮޑު މުސާރަ ދޭކަށް.. އެހެން ނޫނަސް މިތަނަކީ އެއްވެސް މަންފާއެއް ކުރާތަނެއް ނޫން

    އެކަކު އަނެކަށް ޢީބަ ބުނުމާއި ހަޑިއެއްޗެއްހި ކިއުން ނޫންނަމަ،

    އަޅުގަނޑަށް ފެންނަގޮތް ކިއުން އެގޮތަކީ އިންސާނުންނަށް ގަބޫލުނުކުރެވޭ ފަދަ ގޮތެއްވިޔަސް ހެޔޮ
    އެއްވެސް ތަނެއް ދޮރެއް ނުދަންނަ ނުކިޔަވާ ތިބި ބީހުންގެ 90% އޮތްތަނަކުން ނެރޭ ގާނޫނުގެ އޮށްޓަރާއި މެދުގައި ސުވާލެއް ނުކުރަން.. ހަމަވާނީވެސް އެހެން

    އަނެއްކަމަކީ ކެއުމުގެ ނަމުގަިއ އެކުރާ ބޮޑު ޚަރަދު މިވެސް ހުއްޓާލަން ޖެހޭ ކަމެއް.. ދައުލަތުގެ އެހެން އޮފީސްތަކުގައިވެސް ކެއުމެއް ނުދޭ.. އަމުދުން މިފަދަ ކޮސްގޮވާ ގެއަކަށް ކާންދޭނީވެސް ކޮހުންދޯ.

  26. ބޭކާރު

    20،000 ކުޑަ ކަމުން ސަކުވާކުރާ މީހަލު ހުރިނަމަ ގެއަށް ދިޔައިމާ އެވީ މިގައިމުގާ އެބަތިބި 20،000 ން އެމަގާމް ފުރާނެ މީހުން.

  27. އަންކުލެސިފައިޑް ޓުރުތް

    ޢަސްލު ގިނަބަންގުލަދޭސް މީހުން އަންނަނީ ޓުއަރިސްޓް ވިސާގަ އައިސް 5 އަހަރު ނުވަތަ އެއައްވުރެންވެސް ގިނަ އަހަރު ހަލާލު މަސައްކަތުން ފެށިގެން ގޮސް ހަރާން މަސައްކަތްތައް ކުރަމުދަނީ. މިކަމުގައި އަޑީގަވަނީ ޓުއަރިސްޓް އޯނަރުން ފެށިގެންގޮސް އޭރެއްގަ ހުންނަ ރައީސް މަޖުލިސް މެމްބަރުން އާހަމައަށް. އަދި މިބައިގަނޑާއި އެހީތެރިވަނީ އިމިގުރޭޝަން އަދި ބަމްގުލަދޭސް މާސްޓަރ. ބަންގުލަދޭސް މީހުންނަށް އިނގޭ ޓުއަރިސްޓް ވިސާގަ އައިސް ހުރިހައި ތަނަކު މަސަތްކައް ކުރެވޭކަން. ޢެހެންވެ މީހެއްގެ ދަށުގަ ނުހުރެ އަމިއްލަ އަށް މަސައްކަތް ކޮށްގެން 5 ސް އަހަރު ރާއްޖޭގައި އުޅެލީމައި މުއްސަނދި ވީކަން. ޢެހެންވެ މި މައުލޫމާތު ކުރިން މިވެރިންނަށް ވަނީ ލިބިފަ. ނަމަވެސް ކޮވިޑް19 އައިސް މިސިސްޓމްވެސް ފެއިލް . ދެން މިހާރު ދޮންމީހުން ހިންގާ ރިސޯޓްތައް ބަންދުކޮށްފަ ދެން މިބުނެވި ދިޔަ ބަންގުލަދޭސް ޓުއަރިސްޓުން ވަޒީފާ އެހިސާބުން ނިމުނީ އދި މިބުނެވިދިޔަ ޓުއަރިސްޓުން ހިންގާ ހަށިވިއްކާ ހާލިތައް އެހެނީ އެމީހުންގެ ފުރީ ޓެކްސް ގެސްޓް ހައުސްތަކާއި އެހެނިހެން ފުރީޓެކްސް ފުރީ އަންޑޮކިޔުމަޓް ވިޔަފާރިތައް ބަންދުވުމުން މިމީހުން ގެ އަސްލު މިފުރުސަތު މިމީހުންނަށް ދިން މީހުން އާދެ ސަރުކާރު ގެ ދަށަޢްދިޔުން _ މީ އަން ކުލެސިފައިޑް ޓުރުތް_

  28. ނަހުލާ

    ޢަދި ވިއްސަކަ ހާސްއިތުރު ކޮއްލާ ނިކަމެތި މެންބަރުންނަ

  29. ޞުރުމުތި ލާލް ޗައުދަރީ

    މި ދަނޑިވަޅުގައި އިއްޒަތްތެ ރި މެންބަ ރުންގެ މުސާ ރަކޮޅު މަދުކު ރުމަކީ މުޅި ގައުމަށް ލިބޭ ގެއްލުމެއް.ދާއި ރާޔަށްވެސް ލިބޭ ގެއްލުމެއް..އެބޭފުޅުންގެ އޮފީސް ކޮޅާއި ގެކޮޅު ތަކުގެ ކުލި ދެއްކެން ޖެހޭނެ. މިހާ ރުވެސް ލިބޭ މަދު ފައިސާކޮޅު ހޭދަކު ރައްވަނީ ދާއި ރާގެ ނިކަމެތި ރައްޔަތުންނަށް.. ވީއި ރު އިތު ރު 50000 ރ މުސާ ރަ ކޮޅާއި އެލަވަންސް ކޮޅުގެ ތެ ރެއަށް އިތު ރު ކޮށްލަން ފެނޭ.

    • އަހްމަދު

      އާން ވަރަށް ރަނގަޅު ޚިޔާލެއް. އަދި އެފަކީރުމެން އުޅެމުން ދާތަނުގެ ކުލިވެސް ސަރުކާރު ޚަރަދުގަ ދައްކަވާލަދެއްވާފަ ސަރުކާރު ޚަރަދުގަ އެ ފަކީރުމެންގެ ކެއުން ބުއިމުގެ ކަންކަންވެސް ހަމަޖައްސަވާލަދެއްވާ.

  30. ނަސީމް

    ވަގުތުން އިސްނަގައިގެން މަޖްލިސްމީހުންގެ މުސާރަ ކުޑަކުރަން ޕެޓިޝަނެއް ހަދަން.

  31. ނުރަބޯ

    މުސާރަ އެކަންޏެއް ނޫން މެންބަރުންގެ ޢަދަދު ވެސް މަދު ކުރަން ޖެހޭ. މާލޭގެ މިހިރަ ކުދިކުދި އަވަށް ތައްވެސް ފަޅި ފަޅި ކޮށް އުތުރު ދާއިރާ، ދެކުނު ދާއިރާ، މެދު ދާއިރާ، މެދު އުތުރު ދާއިރާ، އަރިހުރަސް ދާއިރާ. މީދެން ކޮންފަދަ ކަމެއް ތޯއެވެ.....؟