ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ފުރަތަމަ ކުރިމަތިވި ބިރަކީ އެކަށީގެންވާ މިންވަރަކަށް ވެންޓިލޭޓަރު ނުލިބިދާނެ ކަމުގެ ބިރެވެ. ވެންޓިލޭޓަރުތައް ހުސްވެ، ބަލި މީހުން ގުޅާލާނެ ވެންޓިލޭޓަރެއް ނުލިބިގެން އެތައް ބަޔަކު މަރުވާން ދޫކޮށްލަން ޖެހުނު ގައުމުތައް މަދެއް ނޫނެވެ. އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުގެ މުހިއްމުކަން އޮތީ ވަރަށް ބޮޑުވެފައެވެ. ވެންޓިލޭޓަރު ވެފައި ވަނީ ބަލި މީހުންގެ "ނޭވާ ހޮޅިއަށެވެ." ކަންކަން މިފަދަ ހާލަތެއްގައި އޮއްވާ ދިވެހި ސަރުކާރުން މިވަނީ ވެންޓިލޭޓަރުތަކުން "ފުޅާ، ބޮޑު، ވައްކަމެއް" ކޮށްފައެވެ.

ކޮންމެ ކަމެއްގައި ވެސް ތަޙްޤީޤު ފަށާހެން ނިކަން އަވަހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިވަނީ ތަޙްޤީޤު ފައްޓަވާފައެވެ. ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަމިއްލަފުޅަށް ގެއަށް ވަޑައިގެންފިއެވެ. ހެލްތު މިނިސްޓްރީގެ އިސްވެރިންތަކެއް މަސައްކަތުން އެކަހެރި ކުރެވިއްޖެއެވެ. ނަމަވެސް އަދި މިހައި ހިސާބުން މައްސަލައިގެ މުލާއި ހަމައަށް ތަޙްޤީޤު އިދާރާތަކަށް ދެވިދާނެ ކަމަކަށް ނުފެނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން ޓާސްކްފޯސްއެއް އުފައްދައިގެން އެޓާސްކްފޯސް ލީޑް ކުރައްވަމުން ގެންދެވީ ރައީސް ޞާލިހެވެ. ކޮންމެ ދުވަހަކު ކޮވިޑް-19 ހާލަތާއި، ކުރެވެމުންދާ މަސައްކަތްތައް ސީދާ ރައީސް ޞާލިހަށް ދަންނަވަމުން ގެންދެވިއެވެ. ޓާސްކްފޯސްގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައިގެން ކޮންމެ ދުވަހަކު ނިންމަވަން ޖެހޭ ނިންމެވުންތައް ރައީސް ޞާލިހް ދިޔައީ ނިންމަވަމުންނެވެ.

އެހެންކަމުން ވެންޓިލޭޓަރުގެ މައްސަލަ ހަމައެކަނި މިނިސްޓަރު އަމީނާއި ހަމައިން ނުވަތަ މިނިސްޓްރީގެ ބިޑް ކޮމެޓީ އާއި ހަމައިން ނިމިގެން ނުދާނެކަން ވަރަށް ސާފެވެ. މިއީ ސަރުކާރުގެ އެންމެ މަތިން ކޮށްފައި އޮތް ވައްކަމެއް ކަން ވަރަށް ސާފުކޮށް އެނގޭ އިތުރު ހެކިތައް ވެސް އެބަހުއްޓެވެ.

އެންމެ ބޮޑު ހެއްކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިމައްސަލައިގައި އަމަލު ކޮށްފައި އޮތްގޮތެވެ. އޭސީސީގެ މެންބަރުންނާއި، ސަރުކާރާއި އޮތް ގުޅުމުގެ އިތުރު ތަފްސީލަކަށް ކޮންމެހެން ދާނެ ކަމެއް ނެތެވެ. ވެންޓިލޭޓަރުގެ މައްސަލަ ފެންމަތިވެ، "އަލިފާން ރޯވެފައި ވަނިކޮށް" އެމައްސަލައަށް ފެން ޖަހައި ނިއްވާލީ އޭސީސީންނެވެ. އޭސީސީން ނެރުނު ބަޔާނަކާއި ވެންޓިލޭޓަރުތައް ހޯދުމުގައި އެއްވެސް ގޯހެއް ނެތް ކަމަށް އޮތީ ލަފާކުރެވިފައެވެ.

ކޮވިޑް-19 ކުރިމަތިވިއިރު ވެސް މިނިސްޓަރ އަމީން ހުރީ "ވައިކަޓާފައެވެ." އެމްޑީޕީގެ މެންބަރުން އޭރު ވެސް ދިޔައީ އަމީން ވަކިކުރުމަށް މަޖިލިސް ޖަލްސާތަކުގައި ވެސް ގޮވާލަމުންނެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ހުރި، ކެބިނެޓްގައި ނުފޫޒުގަދަ ނޫން މިނިސްޓަރަކަށް އެކަނި މިފަދަ ކަމެއް ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ.

އަދި ވެންޓިލޭޓަރުތައް ގަންނަން ދުބާއީ ކުންފުންޏާއި ހަވާލު ކޮށްފައި ވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ ވެސް ލަފައާއި އެކުއެވެ. ފައިސާ ދޫކޮށްފައި ވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ ހުއްދަ އާއި އެކު އެވެ. ގިނަ މަސްދަރުތަކުން ބުނާ ގޮތުގައި ވެންޓިލޭޓަރުތައް ވަކި ބަޔަކާއި ހަވާލު ކުރުމުގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ދައުރެއް ވެސް އެބައޮތެވެ. އެހެންކަމުން އިތުރަށް ސާފުވެ އެނގެމުންދާ ކަމަކީ މިއީ އެންމެ މަތިން ސީދާ ރައީސް ޞާލިހަށް އެނގިވަޑައިގެން އަދި އެތައް ވަޒީރުންނެއް ގުޅިގެން ހިންގާފައި އޮތް ވައްކަމެއް ކަމެވެ.

"ވަގުތު" އާއި ވާހަކަދެއްކި ތަޙްޤީޤީ އިދާރާއެއްގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރ އަމީން ހުރި ހާލަތާއި، ކަން ހިންގާފައިވާ ގޮތައް ބަލާއިރު މިވައްކަމުން ބޮޑު ޕަސެންޓެއް ލިބުނު މީހުން ތިބީ ހެލްތު މިނިސްޓްރީން ބޭރުގައި ކަމަށް ބެލެވޭ ކަމަށެވެ.

"ދުރުގައި ހުރި ތަޙްޤީޤީ ނަޒަރަކުން މައްސަލަ އަށް ބަލާއިރު ފެންނަނީ މިއީ އެންމެ ވަޒީރެއްގެ ބައިވެރިވުން އޮވެގެން ކުރި ކަމެއް ނޫން ކަމަށް. މިކަމުގައި އެތައް ވަޒީރުންނެއްގެ އަތް، އަދި ވަޒީރުންނަށް ވުރެ މަތިން ވެސް ވައްކަމަށް މަގުފަހި ކޮށްދިނުމުގެ ނިންމުންތަކެއް އައިސްފައިވާ ކަމަށް. ބިޑް ކޮމެޓީން ސޮއި ކުރުމުގައި އެހެން ބޭފުޅުންތަކެއް ނުވަތަ ބޭފުޅެއްގެ ނުފޫޒު އޮތްކަމަށް ވަރަށް ބޮޑަށް ބުރަވެވޭ." އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ތަޙްޤީޤުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިތުރު ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ބިޑް ކޮމެޓީގެ މެންބަރުންތައް "ބާނާލުމަށް ފަހު ވެރިން ސަލާމަތްވާން." ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

"ސަރުކާރުގެ އަމާޒު މިހުރީ މިއީ ބިޑް ކޮމެޓީން ނިންމި ނިންމުމެއް ކަމަށް ހަދަން. ބިޑް ކޮމެޓީން އޮވެދާނެ އެޕްރޫވް ކޮށްފައި. ނަމަވެސް އެއީ އެއަށްވުރެ މަތިން އައި އޯޑަރަކަށް ކަމަށް ބެލެވޭ. ބިޑް ކޮމެޓީގެ މެންބަރުން މިކަމުގައި ކުއްވެރި ވާއިރު އެއަށްވުރެ މަތީގައި ތިބި ވެރިން ވެސް ކުއްވެރިވާނެ." އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ސީދާ ބެއްލެވުމުގެ ދަށުން ކޮވިޑް-19 އާއި ގުޅޭ ހުރިހާ ކަމެއް ހިނގަމުން ދިޔަ ދުވަސްވަރެއްގައި، އެއްވެސް ގާބިލްކަމެއް ނެތް، ދުބާއީ ކުންފުންޏަކަށް އެތައް މިލިއަނެއްގެ ފައިސާދީ، ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގުމުން އެކަމުގެ ޒިންމާ ރައީސް ޞާލިހް ނަންގަވަން ޖެހޭނެއެވެ. ޓީވީއަށް އަރައި ކީރިތި ކުރެއްވުމަކުން ނުވަތަ ތަޙްޤީޤު ކުރިއަށް ގެންދަން އިދާރާތަކަށް އަންގާ އެންގުމަކާއި ހަމައިން ރައީސް ޞާލިހްގެ ޒިންމާއެއް ނުނިމޭނެއެވެ.

ވަގުން ހޯދުމަށް ނިކުމެ، ވަގުންނަށް ވުމުން ރައްޔިތުންނަށް ލިބިފައިވާ ނުތަނަވަސް ކަމަށް ތަސައްލީއެއް ލިބެން އޮތް ހަމައެކަނި ގޮތަކީ ހުރިހާ ވަގުންނަށް ޙައްޤު އަދަބު ލިބުމެވެ. "ޒީރޯ ޓޮލަރެންސް" ސިޔާސަތު ރައީސް ވެސް ހިމެނޭހެން ހުރިހާ ވެރިންގެ މައްޗަށް ހިނގަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ހޮނޑާފުށީ ބޮޑުހުސޭނު

    މިފަހަރު ރައީސް މީހާ ރޮއެރޮއެ ދެލޯނުވެއްޓިއްޖެޔާ ވާރަގަޅު

    94
    1
  2. Anonymous

    ޢޮޑިޓް ރިޕޯޓް ބަލާފަ ކީރިތި ކުރެއްވިތަ؟

    81
  3. Anonymous

    އަދި މިހައި ހިސާބުން މައްސަލައިގެ މުލާއި ހަމައަށް ތަޙްޤީޤު އިދާރާތަކަށް ދެވިދާނެ ކަމަކަށް ނުފެނެއެވެ.

    79
    1
  4. ަައަލ

    ރައްޔިތުންގެ "ނޭވާ ހޮޅިން" ވެސް ވައްކަން!

    80
  5. ަައަލީ

    ރައްޔިތުންގެ "ނޭވާ ހޮޅިން" ވެސް ވައްކަން!

    70
  6. ކަރެކްޝަނުން

    ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން ޓާސްކްފޯސްއެއް އުފައްދައިގެން އެޓާސްކްފޯސް ލީޑް ކުރައްވަމުން ގެންދެވީ ރައީސް ޞާލިހެވެ.

    73
  7. ހ މ ޒ

    އެހެންކަމުން ވެންޓިލޭޓަރުގެ މައްސަލަ ހަމައެކަނި މިނިސްޓަރު އަމީނާއި ހަމައިން ނުވަތަ މިނިސްޓްރީގެ ބިޑް ކޮމެޓީ އާއި ހަމައިން ނިމިގެން ނުދާނެކަން ވަރަށް ސާފެވެ.

    73
  8. ޙުސް ބުރޯ

    ވަގުން ހޯދުމަށް ނު ކުތީވެސް، ވަގުން... ދެންޖެހޭނީ ރައްޔިތުން ގޮތް ނިއްމަން

    83
  9. ޙަބަރު

    ސޮހޮލު ދެއިރު ދެދަޅަޔަށް ކޮމިޝަން ހަދާ، ޓާސްކްފޯސް ހަދައިގެން ބާރަށް ބޮނޑިބަދެބަނދެ މިއޮންނަނީ. ޢެކަމް ވައްކަމެއް ހިނގާރަށް ނުކުމެ މިބުނަނީ "ފުކުސް ނިކުމެ ވަގުހޯ. " ޙިތުން ހުރިހާކަމަކުން ބަރީއަވެގެން މި ހުންނަނީ

    59
    1
  10. ޒާ

    އެންމެ ނުބައި ރޯލެއް ކުޅެފައި ތިޔަވަނީ އޭސީސީން

    57
  11. ޢައިސާ

    ޤާސިމު ކުރާކަމެއްމީ.. އޭނަގެ މީހުން އެއީ.

    27
    27
  12. ސީލާ

    ދަށުގައި ތިބި އެންމެންނަށް އެބަ އެގޭ ވެރިޔަކަށްހުރީ ސޮހޮލެއްކަން! އެހެންވެ ޖާހިލެއްގެ ކުރިމަތީގައި ހަދާންބޭނުންއެއްޗެއް ހެދޭނެކަން!

    49
  13. ޒަމާން

    ވައްކަންކޮށްގެން އައިސަރުކާރެއް މިކިޔަނީ ރަށްޔަތުންގެ ނޭވާހޮޅިންވެސް ވަށްކަމޭ ބަލަ ބެއްޔާ ތިޔައީ މިގައުމުގެ ވަލިއްޔުލް މައިހޮޅި ތިހޮޅިވެސް ތިހުރީ ވަށްކަންކޮށްގެން .ދެންދާނީ ވަށްކަން ފުޅާވަމުން ފުޅާވަމުންގޮސް އެހިފީ ނޭވާ ބޮޑުހޮޅީގަ.

    48
    2
  14. ނޫސްކިޔާމީހާ

    މިވައް ކަން ކުރި ހިސާބުން ފަޅާއަރާފި. މިހާރު ދިވެހިން ވަރަށް ފައް ކާވެއްޖެ މި ކަހަލަ ވައް ކަންތަ ކަށް. ޥޭތުވެދިޔަ ދުވަސް ތަ ކުގެ ވައް ކަން ވަނީ ކަފުން ކުރެވިފަ

    24
    2
  15. ނިކަމެތިތައްޔަތެއް

    ކީކޭދެންބުނާނީ. ބޭފުޅުން ތިސާބިތު ކޮށްދެއްވީ ރައްޔަތުން ވަރަށް ފޮނިއުއްމީދުގައި ހޮވިސަރުކާރު އޮތީ ރައްޔަތުންގެ ނޭވާހޮޅިތައް ބުރިކޮށް ރައްޔަތުންގެ ފުރާނަދުއްވާލައިގެން ވިއަސް ފޭރެވުނު އެންމެ ގިނައަދަދެއްގެ ފައިސާ ފޭރުމުގައި އަވަދިނެތިކަން. އެންމެ ބޭފުޅުންނަށް ވަރަށް ސަލާމް.

    40
  16. ދަވާލި19

    ކުރީގެ ސަރުކާރާހެދީ ރައްޔިތުންގެ ނޭވާހޮޅިން ވައްކަން ކުރަން މިސަރުކާރައްމަޖުބޫރުވީ ?

    9
    46
  17. ހޯހޯ

    ދެން މި މީހުން ވައްކަން ނުކުރާނީ ކޯންޗަކުން މިތަ އެބުނާ އަޑަށް ބާރުލާ 0 ޓޮލަރެންސް . ޕިސް ޕިސް

    20
  18. ދިވެހި ފުލުހެއް

    އުފެދެނީ ހައްތަހާވެސް ސުވާލެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގަ ކޮވިޑްގެ ނުރައްކާ ބޮޑުވެ ސަލާމަތް ނުވެގެން އުޅޭއިރު ރާއްޖޭގެ ހެލްތު މިނިސްޓަރު އެއްމެ ކުރީގަ ހުރެ މިވަރުގެ ބޮޑު ވައްކަމެއް މި ކުރީ ހަގީގަތުގަވެސް މި ގައުމުގަ ކޮވިޑްގެ ބިރު އޮވެގެންބާ،، ގައުމު ލޮކްޑައުންކޮއް ރައްޔިތުން ފައްސި ވަނީއޭ ނައްސި ވަނީއޭ ކިޔާ ރައްޔިތިން އެކި ތަންތާނގަ ވީހާލެއްގަ ވާން ކަރަންޓީނުކޮއް ބޭރު ގައުމުތަކުން ބޮޑެތި އެހީ ހޯދާ އޭގެން ވެރިން ފެންވަރާ ތާހިރުވެ ހަދާނެ އެއްޗެއް ހަދަނީ މި ގައުމުގަ ނުރައްކާ ވާ ވަރައް ކޮވިޑް 19 މި ބަލި ފެތުރޭތީބާއޭ ހިތައް އަރާ، ބަލި ގިނަވެ ވެންޓިލޭޓަރު މުހިނމު ނަމަ ހެލްތު މިނިސްޓަރު ތިޔަ ވައްކަމެއް ނުކުރީސް، އަދި އެޗްޕީއޭ އިން ހިތައް އެރީމަ މީހުން ފައްސި ވެ ނައްސިވެ ކަރަންޓީނައް މީހުން ގެންދިއުމުގަ އިހުމާލެެއްވެ ބަޔަކުމީހުން ނުރައްކަލަކައް ހުށައެއް ނާޅާނެ،، ގައުމު ލޮކް ކޮއްގެން ރައްޔިތުންގެ ގައިން ފެލައޮގެން ވެސް އެބަލަނީ ލޭކޮޅު ބޮވޭތޯ، މި ސަރުކާރު އިސްތިއުފާ ދޭން ޖެހޭ ރައްުޔިތުންނާ ގައުމު ދެކެ ކުޑަކޮންވެސް ލޯބިވާނަމަ، އަދި ލިބުނުހާ އެހީގެ ފައިސާއިން ކޮންމެ ބޮލަކައް 10000ރފ ގެ ރޭޓުން ރައްުޔިތުންނައް އެހީވާން އެބަޖެހޭ، ލޮކްޑައުން ނެގުމައް ގޮވާލަން، އާމްދަނީ ހޯދަން އެބަ ޖެހޭ ނިކަމެތިން

    11
    1
  19. ހަނި

    އިބޫ ބަލަތިވައް ކަން ޒިމާ އިބޫ ނުއުނަގާ ޔާމިނު ހޭނަގަން ޖެެހެެނީ ދެެންްބުނޭ ބަޑިޖަށާގެން އަރެންލަށްވާ ވަށް ކަން އެމީހުން ކުރުވީއެވެ މިސަަރު ކާރުގާތިބީހުސްވަގުން އިސްތިފާ

    20
  20. ކަނީރު

    މިސަރުކާރުން މިކަހަލަ ކަންކަން ބަލާފަ ފިޔަވަޅުއަޅާތީވެ އުފާވަނީ

    1
    17
  21. Anonymous

    މަޖާކަމެއް. ދިވެހިން ފައިސާއާހެދިބހޭބަލިވެ ވެރިކަން ބަދަލިކުރީ 5 މާމުލުންގެ 5 ވަގާ ގައުމު ހަވާލުކުރުމަށް. ތާހިތުގޮތެއް ދިވެހިންނަށް ވެފައިމިތިބީ.

    20
  22. ނ

    ޜޭޕް...ޖިންސީފުރަށްސާރައަށް ވީހެން ހަމަ ވާނީ
    މަހުލޫފުވެސް ހުދުފޮތިކޮޅަކަށް ހެދިއެއްނު
    އޭރީޒް މައުސޫމުވެސް ހަމަ ހުދު ފޮތިކޮޅެއް
    ކޮބާ މިހާރު އަލީވަހީދު.
    ކޮބާ ހަސަން ބަނޑޭ...

    13
  23. ފަޒޫ

    ކޮންމެ ކަމެން ހިތަށް އރިގޮތަކައް ކޮއްފާ މިސަރުކާރުން ކަޑާލާނީ ކުރީސަރުކަާރު ބޮލައް.އެހެންނުވާނީ އެންމެ މަތިން ފަށާން ތިރިޔައް ވެސް ވަންކަން.މިލާދީނީބައިގަޑު ނެތިކުރައްވާށި..

    20
  24. Anonymous

    ދިވެހިންގެ ދުލުގެ ނުބައިކަން. މީހަކަށް ލައްކަ ވަގަށް ގޮވިދޯ. މިއަދު މިއޮތީ ވަގުން ގައުމާހަވަލުވެފައި. ލައިގެން ހުރި ޖަނގިޔާގަނޑުވެސް ވަހަށްނަގާފާނެތި ބިރުން މިޖެހެނީ ތިބެން

    23
  25. ޝޮޓްގަން

    މިއޮތީ ވާ ބަލާވެރިކަމެއް ދިވެހިންގެ މަދުބަޔަކު ވޯޓުލައިގެން ގެނެއްސަ. ދެން ހޯދި ވޯޓަކީ ވޯޓުން ވައްކަންކޮށްގެން ހޯދިވޯޓު. ކައްޗަށް އެޅިބިންގާ ކެއްޗާ ހަމަޔަށް ދިޔަޔަސް ދާނީ ކައްޗަށް،

    17
  26. ޚިޔާލު 3

    މުޅިގައުމުގަ ވަގުންނަށްވީމަ ދެން ކުރާނީ އެންމެންވެސް ވައް ކަން ރ.ސާލިހުގެ ގާބިލު ކަން ނެތުމެއްނޫން އެންމެން ވައް ކަން ކުރުމަ ކީ ވައް ކަން ކުރިމީހުނަށް ހައްގު އަދަބު ނުދެވޭނަމަ ރ ސާލިހުގެ ގާބިލުކަން ނެތުމަ ކީ. ޢުމަރު ބުނި ހައްތާބު އެޅުއްވިފަދަ ފިޔަވަޅުތަކ ކެއް އަޅައިގެން ނޫނީ ވައް ކަން މަދެއްނުކުރެވޭނެ.

  27. ބަލާތި

    އޮޑިޓަރ ޖެނެރަލް އަށް ފެނުނު ކޮރަޕްޝަން އޭސީސީ އަށް ނުފެންނަނީ އެއީ އޭސީސީ އަށް ހެލްތް މިނިސްޓްރީން ނާއި ފޮރިންގް މިނިސްޓްރީން ނާއި އަދި ފިނޭންސް މިނިސްޓްރީން ކަޓް ދީގެންނޭ ހެލްތް މިނިސްޓަރުގެ ކޮއްކޮ އަށް ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއިން މަހަކު 2 ލައްކަ ރުފިޔާގެ މުސާރަ އެއް ހަމަޖެއްސީ އެއީ މިވެންޓިލޭޓަރު ތައް ދަ ކިއްލި ތަޅާ ވިޔަފާރި ކުރާ ދުބާއީ ކުންފުންނަށް ދީގެންނޭ މިކުންފުނި މީ ފޮރިންގް މިނިސްޓަރު ތައާރަފް ކޮށްގެން އުޅޭ ކުންފުންނެކޭ އެއީ މީއޭ ހަގީގަތަކީ މަމެން އަތުގައި އެބަހުރި ތިޔާ ހުރިހާ މައުލޫމާތެއް ތަމެން ހީނުކުރައްޗޭ މަމެންގެ އިންޓެލިޖެންސް ނެޓްވާރކް ބަލި ކަށިވާނެ ކަމަށް ފުރަތަމަ މަމެންނަކީ ބޮޑެތި ވަގުން ދެން މަމެންނަށް އޮޅުވާލާ ވައްކަން ކުރަން އިނގޭނެ ވަގުން ތަމެންގެ ތެރޭގައި ތިބޭނެ ކަމަށް މަމެން ނުދެކެމޭ ބިކޮޒް މަމެންގެ ފެމިލީ އެއީ މާލޭގެ ފަސްމާމުލު ފަސްވަގުންގެ ފެމިލީ ވިއްޔާ ދޯ...

  28. ނާދިރާ

    މިމީހާ މިފަހަރު ޒިއްމާ އުފުލާކަށް ނުޖެހޭތަ؟

    14
  29. ސޭކްސްތާން

    ކޯއްޗެއް ތަހުގީގު ކުރަން މިއުޅެނީ. އެއްކަމެއްވެސް ނުކުރާނެ. ރައްޔިތުންނަށް ދަޅަ ދައްކަން މައްސަލަ ބަލަނިއްޔޯ. މި ބޮޑު ވައްކަމުގައި ކުކުޅު ރިހަ ކައްކާ ކޮރޮކްޑައިލް ޖާނޫ އާއި އޭސީސީ އާއި ވަޒީރުންނާއި ބޮޑުން ހިމެނޭ. މިހާރުން މިހާރަށް މި މީހުން ހިފާ ހައްޔަރުކުރަން ޖެހޭ.

    17
  30. ޙުސައިން

    މި ސަރު ކާރުން ވައް ކަމެއް ނު ކުރާނެ. މިއޮށް ދަނީ ހެސް ކިޔާފަ ތައްޤީ ވަމުން. ރާއްޖޭގެ ތަރައްޤީގެ ބާރުމިން ސައިންސް ވެރިންނަށްވެސް ނުހޯދޭ.

    16
  31. ކާޅު

    ވައްކަން ނުކުރަނީ ޔާމީން އެކަނި ތަ ؟؟؟؟؟؟

    4
    10
    • Anonymous

      ރައީސް ޔާމީން ވައްކަމެއް ނުކުރާނެ. އެކިޔާ އެއްމިލިއަން ޑޮލަރުވެސް މިހާރުވެސް ހުރީ ސަރކާރުގެ އެކްސްކްރޯ އެކައުންޓެއްގައި. ވަގުން މިހާރު ތިފެންނަނީ. އަދި ބަލަންތިބޭ ދިވެހިގައުމުވެސް ވަގަށް ނަގާނެ މިވެރިން. ފެށީ ވޯޓުން ވައްކަން ކޮށްގެން.

  32. ކަމަނަ

    ރ. ޔާމީނު ޖަލަށް ލާފައިވަނީ ވައްކަންކޮށްގެން އިންސަފުން ކަމަށްބުނެ އޮޅުވާލުމަށް ފަހު ތިމަންނާމެންގެ ސަރުކާރުގައި އެހެން ނުވާނެއޭކިޔައި މަޖިލީހުގައި ފެލި ރޯޔަލްގުރޫޕްގެ މައްސަލަ ފޮރުވައި، މިކަންވެސް ތިރިން މައްޗަށް ކުެއްވެރިކުރަން އުޅުމުން ދޭހަވަނީ މީ ބޮޑުވަގުންގެ ސަރުކާފެއްކަން.

    6
    1
  33. ދަވާލާ

    މީ މިރާްއްޖޭގަ މިހާތަނައް އުފެދުނު އެންމެބޮޑެތި ވަގުންތިބި ސަރުކާރު

  34. ޚިބަރު

    މިސަރުކކކ ކާރަ ކީ ކުއްނު ކުރާ މީހުންނައް އަދަބުދޭ ނުލަފާ ސަރުކ ކާރެއް ﷲ އިރާދަފުޅު ކުރެއްވިޔާ މިސަރުކ ކާރު ވަރައް އަވަހަށް ވެއްޓޭނެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

  35. އަލިބެއްޔާ

    އާދަމް ނަވާޒުގެ ލިޔުންތައް ކިޔާލުމުން ހިތްހަމަ ޖެހޭ.. ތަފާތު އިނގޭ.. ވިސްނަންވީ ތެތު މަޢުލޫމާތު ހިމަނަން. އޮޅުން އަރާގޮތަށް ނުލިޔަން..

  36. ސާ

    ބޮޑެތި ވައްކަން ކުރުމުގެ ބޫމެއްދޯ؟

  37. ޖާބެ

    ޢިބޫއެއް ނުކުރާނެ ތިޔަކޮންމެވެސް އެހެން މީހެއްގެ ބޮލުގަ އަޅުވާފަ ނިންމާލާނެ. ފްރަންޓްލައިންގަަ މަސައްކަތް ކުރި ބައެއް މީހުންނައް އެބައޮތް 3 މަހުގެ އިނާޔަތުގެ ގޮތުގައި އެއްމެ 200ރ ޖަމާކޮށްފަ މިވެސް 0 ޓޮލަރަންސް.. ސިޓީ ކައުންސިލްގަ މަސައްކަތްކުރި މީހުން އެބައުޅޭ ނުލޮބޭ މީހުން. ޖެންޑާގަ އެބައުޅޭ ނުލިބޭ މީހުން

  38. ޖާބެ

    ރައްޔިތުން ގުނބޯ ހެއްދުމުގަ

  39. ލލ

    ޖިރުބާ ގަތުމުގައިވެސް ކޮރަޕްޝަން !

  40. ކެކެކެ

    ކީރިތި ކުރެވުނުތަ؟