މިއަދުގެ ހާލަތު ބަލާށެވެ. މާރިޔާ އަހުމަދު ދީދީ އޭ ބުނީމާ މިއަދާ ހަމަޔަށް އެމްޑީޕީގެ މަންމަގެ ލަގަބުދީ ޕާޓީއިން އުފެދުނު އެންމެ ވަރުގަދަ އަންހެން ޝަހުޝިއްޔަތަކީ މާރިޔާއެވެ. މިސަރުކާރުގައި އެންމެ ބާރުގަދަ އެއް މަގާމް މާރިޔާ އަށް ހަވާލުކުރެވުނީ ރައީސް ނަޝީދުގެވެސް ފުރިހަމަ ތާއީދާއެކުގައެވެ. ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގެ އިތުރުން ޑިފެންސުގެ އެކި ދާއިރާތަކުށް ދިވެހި ގައުމަށް އެތައް ކުރިއެރުންތައް އެކަމަނާ ދަނީ ހޯދަމުންނެވެ.
6 މޭ 2021 ވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން އަނިޔާވެރި ހަމަލާއަށް ފަހު އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ މަދުބަޔަކަށް މާރިޔާ ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ. ރައީސް ސޯލިހު އަދި މާރިޔާ އެރޭ އެހަމަލާއަށް ފަހު ވަރަށް އަވަހަށް ރައީސް ނަޝީދުގެ ހާލުކޮޅުބެލުމަށް އޭޑީކޭ އަށް ވަޑައިގެންނެވި ވަގުތު އެތަނުގައި ތިބި ރައީސް ނަޝީދަށް ވަފާތެރި މީހުންގެ ފަރާތުން ފެނުނީ އެހާލަތުގައި އެބޭފުޅުން އުއްމީދު ކުރައްވާނެ މަންޒަރެއް ނޫނެވެ. ރައީސް ސޯލިހު އާއި މާރިޔާގެ އިސްތިއުފާ އަށް އޭޑީކޭތެރޭގައި ގޮވާ އެމަންޒަރު ލައިވް ޓީވީ ތަކުން ބަލަންތިބި ރާއްޖޭގެ އެތައް ރައްޔިތުންނެއްގެ ކުރިމަތީ އެބޭފުޅުންނާއި ފޮށި ހަނގާކުރިއެވެ.
އޭރު އަދި ކަންވެގެން އުޅޭ ގޮތެއްގެ ތަފްސީލެއް މީހަކަށް ރޭކާލާވަރެއްވެސް ނުވެއެވެ. ހަމައެކަނި އެނގޭހާވެސް އެއްޗެކީ ބޮމެއް ގޮވައިގެން ރައީސް ނަޝީދައް އަނިޔާވެގެން އުޅޭކަމެވެ. ހޮސްޕިޓަލުގައި އެމަންޒަރު ދުށްމީހުންބުނީ އެދުވަހު ފެނުނީ ރައީސް ނަޝީދުގެ އާއިލާ އާއި ނަޝީދަށް ތާއީދު ކުރާމީހުން މިސަރުކާރަށް އޮތް ނަފުރަތެވެ. 7 ފެބްރުއަރީ އާއި ހަމައަށް 2008 އިން ފެށިގެން ރައީސް ނަޝީދުގެ ވެރިކަން ދެމިގެން އައިރު ޕާޓީގެ އެންމެގަދަ ތިން ޝަހުޝިއްޔަތަކީ މާރިޔާ، އިބޫ ސޯލިހާ އަދި ރީކޯ މޫސައެވެ. ގިނަމީހުން ބުނާގޮތުންނަމަ ސަރުކާރުގެ ގިނަ ނިންމުންތައް ނިންމަނީ މާރިޔާ ވިދާޅުވާ ގޮތަށެވެ. އެކަމުގެ ސާފުހެކި 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ހިމާޔަތުގައި މާރިޔާ ނިކުތުމުން ފުލުހުންނާއި ސިފައިންގެ ފަރާތުން މާރިޔާއަށް ލިބުނު އަނިޔާ ފުދެއެވެ.
8 ފެބްރުއަރީ 2012 ގައިވެސް ރީކޯމޫސަގެ މާލިމީކަމުގައި ގައުމީ މަޖްލިސް އެއްކޮށް އަދި މާރިޔާ އިސްވެހުރެ ރައީސް ނަޝީދު ގޮވައިގެން މަގުމައްޗަށް ނުކުތް ނުކުތުމާއި އަދި ބާޒާރު މަތިން ސިފައިންނާ އަދި ފުލުހުން ކުރާންފެށި އަނިޔާގައި އެމްޑީޕީގެ ސަފުތައް ރޫޅި ނަޝީދު އާއި ރީކޯ މޫސަ އާއި މާރިޔާ ބާޒާރު ފިހާރަޔަކަށް ވަނުމުން ކަންކުރި ގޮތް ރީކޯ މޫސަ ރޮއެރޮއެފައި ކިޔައިދިން ވީޑިއޯތަކާ އަދި އެތާ ކަންހިނގި ގޮތުގެ ވީޑިއޯތައް އެހެރީ ފެންނާށެވެ.
އެދުވަހު ރައީސް ނަޝީދު ސަލާމަތްކުރަން މޭއައްޑަނައަކަށް ހަދައިގެން އެފިހާރައިން ރީކޯ މޫސަ ނިކުތުމުން ތަޅާ ބޯފަޅާލާ ދިންއަނިޔާތަކުން މޫސަ މަރުނުވީ ކިރިޔާއެވެ. އަދި އޭގެ ކުރީދުވަހު އެތައް އަނިޔާއެއް ލިބިފައި ހުރި އަންހެނެއް ކަމަކު ނަޝީދުގެ ސަލާމަތައް މާރިޔާ އެފިހާރަތެރެއިން ނިކުތުމުން ފުލުހުންގެ މާރިޔާއަށް ކުރަންފެށި އަނިޔާ ތަކަށްބެލުމެއްނެތި މާރިޔާ ފުލުހުންގެ އަތްމައްޗަށް ދޫކޮށްލާފަ ނަޝީދު ވަޑައިގެންނެވީއެވެ.
އެއައްފަހު 2 އަހަރު ވަންދެން ވާރެޔާ އަދި އަވީގައި ޕާޓީ އާއި ނަޝީދާއި އެކު ރާއްޖޭގެ ރައްރަށަށް ގޮސް މާރިޔާ ކުރި މަސައްކަތުގެ އަގު 6 މޭ 2021 ގައި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިހުމާލާއި އަދި ތުހުމަތު ރައީސް ނަޝީދުގެ ވާގިވެރިން މާރިޔާ ބޮލުގައި އަޅުވާ ނިންމައިފިއެވެ.
އެމްޑީޕީ މަޖްލިސް މެންބަރު އިލިޔާސް ލަބީބުގެ ފޯނުކޯލެއް ސަބަބަކަށް ހަދާ މުޅި މިއޮއްބޮޑު ހަމަލާގެ ތުހުމަތު މާރިޔާގެ އިސްތަށިފުޅުގައި އެޅުވިއެވެ. އަދި އޭގެ އިތުރުން ރައީސް ނަޝީދުގެ ދަރިކަނބަލުން މިކަން މިނިސްޓަރު ފައްޔާޒު، މިނިސްޓަރު ޝާހިދު އަދި މިނިސްޓަރު މާރިޔާގެ އިސްތަށިފުޅުގައި ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާ އަޅުވާ ނިންމައިފިއެވެ.
މީގެ ހަގީގަތަށް ނަޒަރު ހިންގާއިރު ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކުރިން ރައީސް ނަޝީދު ފިޔަވާ ދެންތިބި ހުރިހާ ސަރުކާރުގެ ވަޒީރުން އެކިގޮތްގޮތައް ފަލީހަތްކޮށް ނިންމައިފިއެވެ. މިގޮތައް ރައީސް ނަޝީދު ފެކްޝަނުން ވަނީ މީގެކުރިންވެސް އެމްޑީޕީ އުފެއްދި ގޯގޯ ލަތީފާއި އެމްޑީޕީގެ ރައީސްކަން ކުރި ޑރ.މުނައްވަރާ، އިބްރާ އާއި، ޑރ.ޑީޑީ، ނައިބު ރައީސް ކަންކުރި އަލްހާން ފަހުމީ އަދި ޗެއަރޕަރސަންކަން ކޮށް އެމްޑިޕީ އުފެދުނީއްސުރެ އެތައް ގުރުބާނީ އެއްވި ރީކޯ މޫސަވެސް ސިޔާސީގޮތުން ކަތިލިއެވެ. މީ ނަޝީދުގެ ސިޔާސީ ކުރިމަގަށް އެނަޔާ އޭނަގެ ބައިވެރިން ކުޅޭ ގޭމެއް ކަމަށް އެމްޑީޕީގެ ފެންނަން އޮތް ތާރީޚު ހެކިދެއެވެ. މިފަހަރު މިއި މާރިޔާގެ ފަހަރެވެ.
ނަމަވެސް ސުވާލަކީ ނަޝީދާއި ހާއްސަ ގުޅުމެއް އޮތް މާރިޔާ، ރައީސް ނަޝީދަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް ކޮށްފާނެހެއްޔެވެ. އެވެ.
ނަމަވެސް ނަޝީދުގެ ސިޔާސީ އައުވާނުން މިއޮތް ހިތާމަވެރި ވަގުތުގައި އަދި މިދެވުނު ނުރައްކާ އުދުވާނީ ހަމަލާގެ ސިޔާސީ ފައިދާ ނަގާ އެއްދޮނުން އެތައް ސިޔާސީ ބައެއްގެ އަގުވައްޓާލާ، މިހާރު މާރިޔާ އެވަނީ ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއަކަށްހަދާފައެވެ.
ނަޝީދުގެ ދަރިކަނބަލުން ދައްކަވާ ވާހަކަތަކުގެ ފަހަތުގައި އޮތް ސަބަބަކީ އެކިއެކި ތުއި ރާގުރާގަށް ދެކެވޭ ވާހަކަތަކުގެ ފޯން ކޯލްތައް ކުރިން ލީކުވެފައިވުން ކަމަށް ވެސް ވެދާނެއެވެ. ރައީސް ނަޝީދުގެ ދޮށީ ދަރިކަނބަލުންގެ މެދުގައި މާރިޔާ އާއިމެދު މިކަމުން ވެސް ހިތްހަމަނުޖެހުންތަކެއް އޮތުން އެކަށީގެންވެއެވެ. އެމްޑީޕީގެ އަރިސް މީހަކު ވިދާޅުވީ މާރިޔާ އަކީ ނަޝީދުގެ ކުރީގެ ތަރިއެއްކަމަށެވެ. ނަމަވެސް މިހާރުގެ ތަރިއަކީ ހިސާން ހުސެން ކަމަށާއި އަދި މާރިޔާ ސިޔާސީ ގޮތުން ކަތިލުމުގައި މިހާރު އިސްވެހުރީ ހިސާން ކަމަށް ވެސް ވެދާނެކަމަށެވެ. އެކޮމެންޓްތައްއެބޭފުޅާ ނިންމާލީ ޅެން ބައިތަކުންނެވެ.
"އިޝްގަކީ ބާރެއް ނުފޯރާ ބާރު ހުރި އަލިފާނެކޭ،
ޖެއްސިޔަސް ރޯނުވާ، ރޯއްވެއްޖެނަމަ ނުމެނިވޭ ބާރެކޭ"
އެމްޑީޕީ އިން ތާރީޚް އިޔާދަކޮށް ވަފާތެރިން އެމްޑީޕީން ވަކިކުރުމުގައި ނަޝީދު މީގެ ކުރިން ހޯދި ކާމިޔާބީ ތަކުރާރުކުރަން ކުރާ މަސައްކަތަކީ ނަޝީދުގެ ސިޔާސީ ބާރުވެރިކަން އަލުން ވަޒަން ކޮށްލެވޭނެ ކަމަކަށް ނޫނީ ނުވާނެއެވެ.
އެމްޑީޕީން މިފަހަރު ސިޔާސީ ގޮތުން ކަތިލަނީ މާރިޔާ ކަމަށްވާނަމަ މާރިޔާ ޑިފެންސް މިނިސްޓަރު ކަމުން އިސްތިއުފާ ދޭންވީއޭ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ މާރިޔާ އިސްތިއުފާ
ތިހެންވިއްޔާ އެނގޭ އެއްޗަކީ އެމްޑީޕީގާ ވަކިމީހަކަށް ބެލުމެއްނެތި ފިޔަވަޅުއޅަމުންދާކަން. އިންސާފަށް ލޯބިކުރާ ހަމައކަނި ޕާޓީ
'ހަރު' ލިޔުމެއް. ކުޅަދާނަ ލިޔުންތެރިންގެ ތެރޭވެވިދާނެ ކަމަށް ބެލެވޭ! ނަން ނުބަލާ ކިޔާނިންމާލަފަ ހީކުރެވުނީ މުންޑޫ އާދަމް ހަލީމްގެ ކިޔުމެކޭ. ފަހުން ނަން ފެނުމުން ހައިރާންވި. ކުރިމަގު އޮތް ލިޔުން ތެރިއެއް. 'އިންވެސްޓިގޭޓިވް ޖަރނަލިޒްމް' އަށް ފޮޅެމުން އަންނަ މަލެއް. ބާއްޖަވެރި މުސްތަޤްބަލަކަށް އެދެން.
މާރިޔާ އާ ރީކޯ އަށް އޮތް ތާ އީދު މަބޮޑުވާނެ މިހާރުވެސް ނަޝީދަށް ވުރެން. ސަބަބަކީ ސިޔާސީގޮތުން ނަޝީދު ގެނެސްދިން އިނގިލާބު ބަލަ އިގަތީ އެންމެން ކަހަލަ ފޮތަކަށް. ދީނީގޮތުން ނަޝީދު ފެންނަން އެ އުޅޭ އިންގިލާބާ ހަމަ އެންމެންވެސް ދެކޮޅު. އިސްލާމް ދީނާ ހިލާފު ގޮތްތަށް ފެންނަން ނޫޅުނުނަމަ. ނަޝީދު ރަސްގެފާނަށް ހަދަންވެސް ދިވެހިން ތިބިހީ ރެޑީގަ. މާރިޔާ އަދި ރީކޯވެސް މިކަމަށް ހެކި ވާނެ.
މާރިޔާ އަކީ ފެބްރުއަރީ ގެ 8 ގެ ޓެރަރިސްޓެއް..
ޢެގޭ އެއްޗަކީ ހަމައެކަނި މީހަކީ ނަޝިދުކަން. ޢެގޮތްރަނގަޅު ނޫންތޯ . ނަޝީދު ދިދައަކަށް ނަގައިގެން އެންމެން އުޅެނީ. ޙުރިހާ މޮޅެއް ނަޝީދައް .
ހަޤީޤތަކީ ކޮބައިތޯއެވެ؟ ނަޝީދު ފުރުމުން ހާމަކުރި ފޮޓޯތަކަކީ އެޑިޓެޑް ފޮޓޯތަކެއްކަށް ވަރަށް ސާފުކޮށް ކަމުގެ މާހިރުން ބުނާކަމަށްވެއެވެ. ދެން އޮތީ ބޮމުގެ ބާރުމިނެވެ. ސަލްޓަންފާކްގައި ގޮއްވާލި ބޮމުން އަލިފާންރޯވިއެވެ. މިފަހަރު މީހަކު މަރަން ދެވުނު ހަމަލާގައި ހަމައެކި ރޭދާ ފުއްތަކެއް ބޭނުންކުރި ސަބަބަކީ ކޮބައިތޯއެވެ؟ އިލްޔާސް ލަބީމެވެ. ހަމަލާގެ މައުލޫމާތު ހުރި ހަމައެކި މީހާއެވެ. އިއްތިފާގެވެ. ހަމަލާ ދެވުނު ވަގުތު އެތަނުގައި ހުންނެވުނީއެވެ. މާރިޔާ ކަތިލަން ކުރާ މަސަައްކަތް ފުލުހުން ހުއްޓުވަން އެބަޖެހެއެވެ. އިލްޔާސް ލަބީބު އެބުނާމީހަކު ނުދެއްކިއްޖެނަމަ މިއީ ސީދާ އިލްޔާސް ލަބީބު ހިންގި އަމަލެެއްކަމަށް ބަލާ ހައްޔަރުކުރަންވީއެވެ. އެހެންޏާ އެވަރުގެ ވާހަކަައެއް މީހަކު ބުނުމުން އެމީހަކީ ކާކަން ބަލާ އެމީހަކު ހައްޔަރުކޮށް މައުލޫމާތު ލިބުނުގޮތް ބަލަން އެބަޖެހެއެވެ. 3.5 ޑޮލަރ އެވެ. ފަންޑުކުރަން ހުރީ ކާކުތޯ އިލްޔާސް ލަބީބަށް ނުވަތަ އެމައުލޫމާތު ދިންމީހަކަށް އެގެންވާނެއެވެ. މީސްމީހުންގެ ބޮލުގައި ދޮގުތުހުމަތު އެޅުވުމުގައި އަބަދުވެސް އެންމެ ކުރީގައި ހުންނަތަން ފެންނަ އެކަކީ ތިޔަ އިލްޔާސް ލަބީބުނޫން ދެން ކާކުތޯއެވެ؟
ދީނަށް ފުރައްސަރަ ކުރާ މީހުން ނިކަމެތިކޮށް ފަޟީހަތް ކުރައްވާނެ މިހިރަ ފެންނަނީ އެ ކަމުގެ ހެކި ލާދީނީ އެމް ޑީ ޕީ
އެމް.ޑީ.ޕީ އާ މާރިއާ ، މާރިއާ އާ އެމް.ޑީ.ޕީ ހަމަކަށަވަރުންވެސް ނަޝީދަށް އޮޅިގެން ނުވާނެ. އެހެންކަމާއެކުވެސް ނަޝީދު މިކަމާ ގުޅިގެން އެއްޗެއް ވިދާޅުނުވުމަކީ ސުވާލު އުފެދޭކަމެއް.
މޮޔަނުވޭ. ތިނަޝީދުމެން ފިލާ ތިބިއިރު އެންމެ ބޮޑު ގުރުބާނީއެއް ވީ މާރިޔާ. މީ ހަގީގަތް. ނަޝީދުއަ ކީ އެހެން މީހުންގެ މަސައް ކަތުގެ ފޮނި ބޯ މީހެއް.
ރައީސް ސޯލިހް އާއި މާރިޔާ މިހާރުން މިހާރައް އިސްތިއުފާ ދިނުމައް ގޮވާލަން
ކުރީގެ ސަރުކާރުން ކުރިކަމެއްނަމަ ގަޓުހުރީތީ މޫނަކަށް ކަނދުރާއަކަށް ނުބަލާ މިސަރުކާރުވީމަ ސިޔާސީގޮތުން ކަތިލަނި ދެފަހަރު އެއްލަވައެއް ތިޔަބުނާދުވަހު މާރިޔާއަށާ ރީކޯއަށް އަނިޔާވީކަން އެނގުނީމިހާރުތަ
ރަންގަޅު ވާހަކަޔެއް ،
ކިހިނެތް މާރިޔާކަތިލާނީ އެންޑީ ޕީއަކީ މާރިޔާ މާރިޔާ އަކީ އެންޑީ ޕީ ހައިރާން ވެއްޖެ
ވަގުތުކުދިންކޮޅު ވަރައްގަދަ ތިޔަބޭފުޅުން ވަރައްގަދަ ކަންކަން ސިޔާސީ ކުރަން ދޯ
ޒަމާނަކީ އިރު އޮއަްސޭއިރު މިތުރަކައް ހުއްނަމީހާ އިރު އަރާއިރު ހުއްނަނަނީ ހަތުރަކަށް ބަދަލުވެފާ