ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރަސީ ގެންނަން ކުރި މަސައްކަތާއިމެދު ސުވާލެއް ނުއުފެއްދޭނެއެވެ. ޖަލު ބަންދާއި ގޭބަންދުގައި ދުވަސްތައް ހޭދަކުރައްވަން ޖެހުނު ނަމަވެސް ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ގެނައުމަށް ނަޝީދު ކުރަމުން އައި މަސައްކަތައް ދުލެއް ނުދެއްވައެވެ. އެތައް ފަހަރަކު އެކި ގޮތްގޮތައް މަސައްކަތް ކުރައްވައިގެން ނަޝީދު އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކާމިޔާބު ކުރިއެވެ. އެއަށްފަހު ވެރިކަމަށް ވެސް ވަޑައިގެންނެވިއެވެ.

ވަރަށް ހެޔޮލަފާ ވަރަށް ހުލްގުހެޔޮ މައިންބަފައިނަށް ވަރަށް ނުބައި ޖާހިލު ދަރިން ވެސް ލިބެއެވެ. އެއީ ތަގުދީރުގެ ރޭވުމެވެ. ދުނިޔެ ހިނގާ އުސޫލެވެ. އެހެންކަމުން ޑިމޮކްރެސީގެ ހުރިހާ ސިފައަކުން ޖަރީވެ ފައްކާވެފައި އޮތް ޕާޓީއެއް ނުވަތަ ސިޔާސީ ހަރަކާތެއްގެ ތެރެއިން ހުދުމުހުތާރު، ޑިކްޓޭޓަރަކު އުފަންވުން އެއީ އަޖެއް ވެސް ނޫނެވެ. ދުނިޔޭގައި ނުހިނގާ ކަމެއް ވެސް ނޫނެވެ.

ނަޝީދުގެ ވެރިކަމުގައި ޑިމޮކްރެސީ އާއި ބީރައްޓެހިކޮށް ކުރެއްވި ކަންކަން ކޮންމެހެން މިވަގުތު ލިސްޓް ކުރުން މުނާސަބެއް ނޫނެވެ. އޭރު އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އާއި ގާސިމް އިބްރާހިމް ގާނޫނާއި ހިލާފަށް ހައްޔަރު ކޮށްގެން ގެންގުޅުމާއި ހުރިހާ ކޯޓުތަކެއްގެ އަމުރުތަކާއި ގާނޫނު އަސާސީ އާއ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށްގެން ގެންގުޅުން ހަނދާނަށް ގެނައުމަށްފަހު އެވާހަކަ ހުއްޓާލާށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ނަޝީދަށް ލިބިވަޑައިނުގަތުމުން އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް ނިކުމެވަޑައިގަތް ނިކުމެވަޑައިގަތުން އެއީ ވެސް ހުދުމުހުތާރު، ޑިމޮކްރެސީ އާއި ބީރައްޓެހި ނިންމުމެކެވެ. މިއަދުގެ ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަށް ވުރެވެސް ގިނަ މެންބަރުން ސޮއި ކުރައްވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއޮތީ މަޖިލީހަށް ހުށަހަޅާފައެވެ. އުޒުރަކަށްފަހު އުޒުރެއް ދައްކައިގެން އިތުބާރުނެތް ކަމުގެ ވޯޓުން ސަލާމަތް ވާން ނަޝީދު ކުރަމުން އެގެންދާ މަސައްކަތަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ކަން ހިނގާ ގޮތެއް ނޫނެވެ.

އިތުބާރުނެތް ކަމުގެ މައްސަލައިގައި ނަޝީދުގެ ފުރަތަމަ އުޒުރަކަށް ހެދީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމުން އެއްވެސް މައްސަލައެއް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ ދެއްކެވި އުޒުރެވެ. އޭރު ނަޝީދު ވިދާޅުވަމުން ގެންދެވީ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން އެމަނިކުފާނަށް ވެސް އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވޭނެ ގޮތެއް ނެތް ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްއަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއް ކުރިމަތިވެއްޖެނަމަ ދެން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ހޮވާނެ ގޮތާއި، އަދި އެއް މެންބަރަކަށްފަހު އަނެއް މެންބަރަކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުން ގެންދާނެ ގޮތް ބަޔާންކޮށްފައި އެބައޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ލިޔެފައި އޮތީކީ މަޖިލީހުގެ ރައީސް ނުބަތަ ނައިބު ރައީސް މަޖިލީހަށް ހާޒިރުނުވުމުން މަޖިލިސް ހުއްޓި ގާނޫނީ ހުސްކަމަކަށް ދާގޮތަކަށް ނޫނެވެ.

ސިޔަސީ މައްސަލަތަކުގައި ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައ،ި ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެންނާއި އެއް ފަރާތުން އަނެއް ފަރާތަށް އިހްތިރާމް ކުރުމާއެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެން ކަމަށް ނަޝީދުގެ މައްސަލަ މަޖިލީހުން ކުރިއަށް ގެންދިޔަ މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި އިއްވި ހުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަ ކުރައްވާފައި ވެއެވެ. ފަނޑިޔަރު ވިދާޅުވެފައި ވަނީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެ ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ދައުލަތުގެ ނިޒާމުތައް އޮމާން ކަމާއެކު ހިންގުމަށް ހުރަސް އެޅޭގޮތަށް ކަމެއް ލިޔެވިފައި އޮތްނަމަ އެކަމެއް އިސްލާހުކޮށް ހަމަމަގަށް ގެންނަންވާނީ ހަމަޖެހިފައިވާ އިޖުރާއަތުތަކުގެ ތެރެއިން ގާނޫނުއަސާސީ ނުވަތަ ގާނޫނު ނުވަތަ ގަވާއިދު އިސްލާހުކޮށްގެން ކަމަށެވެ.

ނަޝީދު ކޮންމެ ފަހަރަކު ކޮންމެ ޒާތެއްގެ އުޒުރެއް ދެއްކި ނަމަވެސް ހަގީގަތަކީ މިއުޅެނީ މަޖިލިސް ގަވައިދުގެ މައްސަލައެއް ޖެހިގެނެއް ނޫނެވެ. މިއުޅެނީ ނަޝީދު ވަކިކުރަން ސޮއި ކުރި މެންބަރުން ހުށަހެޅި ޤަރާރު އިބާރާތް ކުރުމުގެ މައްސަލައެއް ޖެހިގެނެއް ނޫނެވެ. މިއުޅެނީ ބާރާއި، މަގާމުގެ ޝަރަފް ދޫކޮށްލަން ނަޝީދު ބޭނުން ނުވެގެންނެވެ.

ހަނދާނަށް އަންނަނީ އެމްޑީޕީގެ އެއް ފައުންޑިން މެންބަރު ކަމަށްވާ އަލްމަރްހޫމް މުހައްމަދު ލަތީފު (ގޯގޯ ލަތީފު) 2008 ވަނަ އަހަރުގެ މެއި 11 ގައި އެޗްއެފްއެމްގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅެވެ. އެރޭ ގޯގޯ ލަތީފް ވިދާޅުވީ ނަޝީދުގެ އާއިލާގެ ނުފޫޒު ގަބޫލުކުރާ މިންވަރަށް ވުރެ މާ ބޮޑަށް އެމްޑީޕީ ތެރޭގައި އެބައޮތް ކަމަށެވެ.

"އެނގޭ އެއްޗަކީ އޭނަ (ނަޝީދު) ގެ ނުފޫޒު އެތައް ގުނައަކަށް ބޮޑަށް އެހެން ހުރިހާ އެންމެންނަށް ވުރެ ޕާޓީތެރޭގައި ބޮޑުކަން. އަންނިގެ ސިޔާސީ ފިކުރާއި އަޅުގަނޑުގެ ސިޔާސީ ފިކުރު އެލައިންވާކަށް ނުޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަންތައްތައް ނިންމަންޖެހޭނީ ގިނަ ބަޔަކު ވާހަކަ ދައްކައިގެން ކޮންސެސްއަކަށް އައިސްގެން،" ގޯގޯ ލަތީފް ވިދާޅުވި އެވެ.

2012 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވަމުން ނަޝީދު ވިދާޅުވީ "މި ޤައުމަށާއި، މި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަބަދުވެސް ހެޔޮއެދޭތީވެ އަދި ކުރިއަށް އޮތް ތަނުގައިވެސް ނުހަނު ހެޔޮއެދޭތީވެ، އަޅުގަނޑު މިއަދު މި ނިންމީ، ވަރަށް ހެޔޮހިތުން އިޙްތިރާމާއެކު، ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ ނުހަނު ބޮޑު ތާއީދާއި އަޣްލަބިއްޔަތު ހަނދާންކޮށް، އެ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި އަޅުގަނޑު މި ރާއްޖޭގެ ރައީސްކަމުން އިސްތިޢުފާ ދިނުން." ކަމަށެވެ.

ނަޝީދު ދާދިފަހަކާއި ޖެހެންދެން ދެއްކެވީ ޑިމޮކްރެސީގެ ރީތި އުސޫލެވެ. ވެރިކަމުގެ ދަތިވެތިކަމުގައި އުޅުމުގެ ނުބައި ކަމެވެ. ނަމަވެސް މިއަދު ނަޝީދު ޑިމޮކްރެސީއަށްޓަކައި ކުރި މަސައްކަތައް ފަސް އެޅި އެދަނީ ފޮރުވެމުންނެވެ. ސަބަބަކީ އެންމެ ސަބަބެކެވެ. ނަޝީދު ހުދުމުހުތާރު ޑިކްޓޭޓަރަކަށްވުމެވެ. މަންޑޭލާގެ ލަގަބުން ކިމް ޖޮން އިލްގެ ލަގަބަށް ނުވަތަ ބައްޝާރުލް އަސަދުގެ ލަގަބަށް ނުވަތަ މުގާބޭގެ ލަގަބު ނަޝީދަށް ލިބުން އެއީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ަސދަސދ

    މިލިއުން ކިޔާލުމުން އަސްލު މައްސަލަ ސައުފުވެއްޖެ.
    އައްނިއަށް ލިބުނު ހުރިހާ ފުރުސަތެއް ގެއްލިގެން ދިޔައީ އަމިއްލަޔަށް ހެދުނު ގޯހުން އަދި އެއްކަމެއްވެސް ރަނގަޅަކަށް ކުރެވިފައިނެތް. ވީމާ މިފަހަރު އިސްތިއުފާ ދިނުން ނުވަތަ ވޯޓްނަގައި ބޭރުކުރުން ވާނީ ޗެއިނަކަށް އިތުރުވާ ބޮޅަކަށް. އަދި އެއީ ސިޔާސީ ކަންކަމުން ބާކީވުން.

    46
    2
  2. ަސދަސަ

    އައްނި، ޑރ.ޝަހީދު މިކަހަލަ މުސްލިމް ނަން ކިޔާ މީހުންނަށް ދޭން ހަދާފައި ހުންނަ ވަޒީފާތައް ހުންނާނެ.
    އދ.ގެ ކޮއްމެވެސް ވަޒީފާއަކަށް ގޮސް ދީނީގޮތުން އެޖަމްއިއްޔާއެއް ބޭނުންވާ ނެރޭޝަނެއް ނެރެދީފައި ގޮނޑިކޮއްކޮ ހެދިގެން އުޅުނީމާ ކަލޭމެންނަށް ރަނގަޅުވާނެ.

    37
    2
  3. ސުކުން

    ނަޝީދަކީ އެއްއިރަކުވެސް ރަނގަޅު މީހެއް ނޫން. ޑިމޮކްރެސީ ގެންނާށޭ ކިޔައިގެން އުޅުނީވެސް، އަދި މީހުންނަށް މާ އޯގާތެރި މީހަކަށް ހެދިގެން އުޅުނީވެސް ވެރިކަމުގެ ދަހިވެތިކަމުގައި. އޭނާގެ ވެރިކަމުގައި ޖަލްސާއެއްގައި ބުނި "އަޅުގަނޑުގެ ޕާޓީގެ މީހެއް ނޫން މީހަކު އަޅުގަނޑުގެ ގާތުގައި ކަމަކަށް އެދިއްޖިއްޔާ އަޅުގަނޑުގެ ނުބައިކަން ރީތިކޮށް ފެނިގެން ދާނެ، އަޅުގަނޑު ކޮށްފައި ނުކުރާނެ ކަމެއް ތިޔަ ބޭފުޅުން ހިތަށް ގެންނަންވެސް ނޭނގޭނެ" ޔޭ. މިކަމުން ވެސް އެނގެނީ، އޭނާއަކީ ނުބައި ނުލަފާ މީހެއްކަން. އަދި އޭނާ އުޅުނީ އަދި އުޅެނީވެސް ރައްޔިތުންނަށް ހެވެއް އެދިގެން ނޫންކަން. އޭނާ އުޅުނީ ވެރިކަމުގެ ދަހިވެތިކަމުގައިކަން.

    51
    1
  4. ޗައި

    ހަމަ ފައްކާ ތިބުނާ ކަހަލަ އެއްޗެއް.

    37
    1
  5. ޖެރާޑް

    ކޮއްކޯ މީގައި މިއުޅެނީ އިތުބާރުގެ މައްސަލައެއްވެސް ނޫން.. އެހެންނޫންނަމަ އޭގެ އަނެއްދުވަހު ހަމަ އެމީހުން ތިމަންނަމެންގެ އިތުބާރު މިހާރު އެބައޮތޭކިޔާފައި ޤަރާރު އަނބުރާ ނުނަގާނެ.. މިޖެހިގެން މިއުޅޭ މައްސަލައަކީ އިބޫ ވެރިކަމަށް ނުހޮވުނީމާ އެމީހުން ބޭނުންނުވަނީ މުއިއްޒު ވެރިކަމުގެ ހުވާކުރާއިރު މަޖިލިސްގެ ރައީސްކަމުގައި ނަޝީދު ބަހައްޓަން.. އެމީހުން ޤަބޫލްކުރަނީ އިބޫ ވެރިކަމަށް ނުހޮވުނީ ރައީސް ނަޝީދުއާއި ހެދިއޭ.. އެހެންވީމާ ޙަސަދައެއް އެފިލުވާލަނީ..

    28
    38
  6. މަޑޭ

    ބައެއް މީހުން މިވަރެއް ނެތިގެން އޭރު އުޅުނީ ، މިހާރު އިނގޭ މީ ފައްކާ ބީތާއެއްކަން ، މުޅި މިގައުމުގެ ޒަމާނުންސުރެއް އޮތް އެއްބައިވަންތަކަން ޑިމޮކްރަސީގެ ނަމުގައި ހަލާކޮށްލި ޑިކްޓޭޓަރެއް. މީނަ ގެނައި ޕާރޓީ ކުލައިގައި ގައުމު މިވަނީ 2 ފަޅިވެފައި.އެކަކު އަނެކަކަށް މޫނު ދިއްނުކޮށްލެވި މިތިބެނީ ހަތުރުންނަށް ވެފައި. ޕާރޓީ ނިޒާމް އުވާލާ ރައްޔިތުން އެކަތިގަނޑަކަށް ނުވެ މިގައުމަށް ކުރިއެރުމެއް ނެތް.

    31
    2
  7. ާަމަރީ

    އަސްލަމްމެން ވަގަށް ފުލެޓްތައް ބަހާލީމާ އެވާހަކައިގެ އަޑުކަނޑުވާލަން މޑޕ އިން ކުރާކަމެއްމިއީ ރޮޒޭނާ ވެސް އޮތް އޭނަ ބޭނުންވި ކޮންމެވެސް މީހަކަށް ފުލެޓެއް ނުލިބިގެން އެއްޗެހިގޮވާފަ ކައިގެން ފަސްއަޅަން އެބޭނުންކުރަނީ މަޖިލިސް

    5
    6
  8. މަމެން

    ބަލަ ތިޔަރައީސްއަކައް އިސްރޭލު ކުއްވެރިއެއްނުކުރެވުނު.. ތިޔައީ ބޮޑު ކާ..

    6
    2
  9. ާއެޑަމް

    ތިކަމަކީ އެމްޑީޕީއާ ދަޑިމޮކްރޮސީޢާ ދެބައިމީހުން ގުޅިގެން ހިންގާ ޖަރީމާއެއް މަޖިމީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގަކީވެ އެކަން ނުވަންވީ

    4
    1
  10. ހަސަން

    މިކަހަލަމީހުން ކޮންމެމެވެސް ގޮތަކަށް ސިޔާސީކަންކަމުން ދުރުކުރަން އެބަޖެހޭ!

    12
    1
  11. އަންނި

    ވޯޓް ނެގިއަސް ނުފައިބާނަން!

  12. Anonymous

    ސަމާލުކަމަށް ދަންނަވާލަން!
    ''ވެސްޓަން އަށް'' އުފަން ހުޅަނގުން ބޭނުންކުރާ ދެއުޅިއެއްނުވާ ސިސްޓަމެއް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދައުރުވަމުން އެބަދެއެވެ. މިއީ އޭގަ ޖެހިއްޖެ މީހަކުވިއްޔާ ހަލާކުގެ ތެރެއަށް ވައްޓާލާ އެއްޗެކެވެ. މީގެ އެންމެ ބޮޑު ނުރައްކަލެއްކަމުގައި ފާހަގަވެފައިވަނީ އޭގައި ޖެހިގެން ހަލާކުވާއިރުވެސް އެމީހަކަށް ވާނުވާ ނޭނގި ހުރެ ހަލާކުވަމުންދާ ދިޔުމެވެ. މިގޮތަށް ދިމާވާ ސަބަބެއްކަމުގައި ކަމާބެހޭ މާހިރުން ލަފާކުރަނީ އޭގެ ބޭރު (ތޮށި) މީހުން ހިތްއެދޭނޭހާ ގޮތަކަށް ޖަރީ ކުރެވި ޒީނަތްތެރި ކުރެވިފައިވުމެވެ.

    • ބޮޑުބެ

      100 ގެ ކޮމެންޓެއް

      2
      1
  13. ނާރިނގު

    ބަރާބަރު ވާހަކައެއް ހަމަ އިބޫސޯލިހު ވެރިކަމައް ނުހޮވުނީމާ އަންނިއަކީވެސް ރަނގަޅު ބޭފުޅެއްނޫން އިބޫސޯލިހުވެސް. މިސަރުކާރުގެތެރޭގަ ހިނގި ހުރިހާކަމެއްގެ އެންމެ ފުނުގަތިބި ދެމީހުން އަންނިއާ އިބޫސޯލިހަކީ

    9
    1
  14. ގައިސް

    މިހާރުވެސް މީނަ ހަދައިގެން އުޅޭ ޕާޓީގެ ނިށާނު ރަމްޒުކޮށްދެނީ ހައްދުފަހަނައެޅި އިޒުރާއީލުގެ ދިދަ. ދެން ހުންނާނެވަރު ވިސްނާލާ.

    9
    2
  15. ޒަރީނާ

    ވަރަށްވެސް ދުއްތުރާބޭފުޅެއް ދެއްތޯ ؟؟

    7
    1
  16. ކޮސްފަހަރި

    ﷲ ގަންދީ ހުވާކޮށްފަ މިބުނީ މިއަށްވުރެ ބޮޑު ޑިކްޓޭޓަރެއް މި ގައުމުގަ ކީއްކުރަން މުޅި ދިނިޔޭގަ ވެސް ނުހުންނާނެ. އަދި އޭގެ ވެސް އެންމެ ނުބައި ވައްތަރު. ޢެއީ ޑިމޮކްރެޓިކް ވެލިއުސް ގެ ނަމުގައި ބާރަށް ވާހަކަ ދެއްކުމަށްފަހު ހުދުމުޛްތާރު ސިފަތައް ދިރުވައި އާލަ ކޮށް މަގާމާ ބައިތުލްމާލުގަ ބަގުޑި ބައްދައިގެން އުމުރަށް އުޅެން އުޅޭ ފޭކެއް މީ

    9
    1
  17. އައްބެ

    "ޑިމޮކްރަސީގެ ބަނޑުން އުފަންވި ޑިކްޓޭޓަރު ނަޝީދު" މިނަންކިޔާފައި ފޮތެއް ނެރޭނެ ލިޔުންތެރިޔަކު ނެތްބާ! ދިވެހި ތާރީޚާއި ސިޔާސީ އިލްމުގެ ދިރާސާކުރާ ދަރިވަރުންނަށް ޓަކައި މިފޮތް ނެރުން ލާޒިމު.

    6
    1