ޚިޔާލުފާޅު ކުރުމުގެ ނަމުގައި، ދީން ހުއްދަ ނުކުރާ ވާހަކަތައް ދެކެވިގެން ނުވާނެ ކަމަށް މިއަދުގެ ޙުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ޙައްޤުަތައް ހޯދުމުގެ ނަމުގައި އިސްލާމް ދީން ހުއްދަ ނުކުރާ ވާހަކަތައް މި ދިވެހި މުޖުތަމައުގައު ދެކެވިގެން ނުވާނެއެވެ. އެހެނީ އިންސާނާއަށް ލިބެން ޖެހޭ މިންވަރަކީ، ވައިޖަހާފައި ފުއްޕާހަމެއް ދޫކޮށްލީމާ ދާ ބީދައިން އެއްވެސް ހިފެހެއްޓުމެއް، މިސްރާހެއް ނެތި އިންސާނާގެ ޚިޔާލާއި ފިކުރުގެ ބޭނުން ދިމާއަކަށް ދާން ދުކޮށްލުމެވެ. ނަމަވެސް މިނިވަން ކަމާއެކު ފަޚްރުވެރި ކަމާއިއެކު ވިހުރެވޭ ދިދައެއް ހެން އެއްކޮޅު ނުހަނު ގަދައަށް ބަނދެ، މުޅި ދިދަ ހޫރުވެން ދުކޮށްލާފައި ހުރުން ފަދަ ކަމެކެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ

މީގެ އިތުރުން މިއަދުގެ ޚުތުބާގައި ވިދާޅުވީ، ނުބައި ކަންކަމަށް ހިތްވަރުދީ، ލަފާދީ، ބާރުއަޅައިއުޅޭ މީހުންނާއި އެކަންކަން މަނާ ކުރުމަށް މަސައްކަތް ނުކުރާ މީހުންގެ މައްޗަށް ﷲ ގެ ކޯފާ އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މިއަދުގެ ޚިތުބާގައިވަނީ ވިދާޅުވެފައެވެ. މިގޮތުން ޤައުމެއްގައި ފާޙިޝް ޢަމަލުތައް ފެތުރި އާއްމުވެއްޖެނަމަ މީގެ ކުރިން ދެކެފައިނުވާ ފަދަ ބަލިތައް ފެތުރުމަކީ އެކަށީގެންވާ، އަދި މީގެ ކުރިން ހިނގާފައިވާ ކަންކަން މިއަދުގެ ޚުތުބާގައި ވަނީ އިރުޝާދު ދެއްވާފައެވެ.

މިއަދުގު ޚުތުބާގައި އިތުރަށް ވިދާޅުވީ، އިސްލާމްދީން ޚަރާމް ކުރާ ކަންކަމަކީ، މުޅި އިންސާނީ ނަސްލު ނެތިކޮށްލާ ފަދަ ކަންކަން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ބަޔަކު އިންސާނީ ޙައްޤުގެ ގޮތުގައި ކަނޑައަޅާ ކޮންމެ ކަމަކީ އިންސާނީ ޙާއްޤެއް ނޫން ކަމަށްވެސް މިއަދުގެ ޚުތުބާގައިވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮލި މުލައް

    އެއޮތީ ނަސީދު ދައްކާފަ ފުލުހުންަށް ސުވާލެއްވެސް ކޮށްލަން ނުކެރުނު

  2. ކެނެރީގޭ ވަގު

    ދީނާ ހިލާފުވާހަކަ ދައްކާ މީހުންނައް ދެވޭއަދަބެއްނެ
    އިސްލާމިކް މިނިސްޓަރ ހުރީ އެމީހުން ދަށުވެފަ

  3. މަ

    ޚުތުބާ އަޑެއްނާހާނެ ތިޔަ މީސްމީހުންނެއް ހުކުރު އަޅާފަ ދަތުރު ދިއުމާ ކަންކަން އޮންނާނީ... ނޫނީ ނިދާނީ

  4. ރާލު

    މިއަދުގެ ހުތުބާ އަކީ ވަކިމީހަކަށް ބަދުބަސްބުނަން ލިޔެފަ އޮތް ސިޔާސީ ހުތުބާއެއް.

    1
    5