ރަމަޟާން މަހުގެ ކުރިން ބާއްވާ މާހެފުން، ދީނީ ނަޒަރަކުން

  • 5 އަހަރު ކުރިން ( އޭޕްރިލް 20, 2019 )
  • 5
  • |

“މާހެފުން ބޭއްވުމުގައި ޝަރުޢީ ގޮތުން މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެހެނީ ޝަރުޢީ ސިފައިގައި ބިދުޢަ އަކަށް ނުވަތަ މަނާ ވެގެންވާ ކަމަކަށް ވަނީ ތިމާ ކުރާ ކަންތަކުގައި 03 ކަމެއް ހަމަވުމުންނެވެ. އެއީ ވަކި ވަގުތެއްގައި ކަމެއް ކަނޑައެޅިއްޖެނަމަ އެކަން ވާން ޖެހޭނީ ﷲ ޞުބްހާނަހޫވަތައާލާ ނުވަތަ އެކަލާނގެ ރަސޫލާ ކަނޑައަޅުއްވާފައިވާ ވަގުތުގެ ތެރޭގައި އޮންނަ ކަމަކަށެވެ. ނުވަތަ ވަކި ޒިކުރެއް، ވަކި ދުޢާއެއް އެކަމުގައި ކުރާކަމެއް ކަމުގައި ވާނަމަ އެއީވެސް އަޅުކަމެކެވެ. ހަމައެފަދައިން، ކޮންމެ އަހަރަކު 01 ދުވަސް ފާހަގަކުރުން ކަމުގައިވާނަމަ، އެއީވެސް މަނާވެގެންވާ ކަމެކެވެ. މިފަދަ އެއްވެސް ކަމެއް މާހެފުމުގައި ފެނިގެން ނުދާ ހިނދު، އަންހެނުންނާއި ފިރިހެނުން އެއްވެ ފާޙިޝް ޢަމަލުތައް ނުކުރާކަމުގައިވާނަމަ، އެއީ މުޢާމަލާތުގެ ތެރެއިން ހިމެނޭ، އާދަކާދައިގެ ގޮތުގައި މީސްތަކުން ކޮށްއުޅޭކަމެއް ކަމުގައި އަޅުގަނޑަށް ބުރަވެވެއެވެ. އެހެންވީމާ، އެކަމުގައި ފާޙިޝް އެއްވެސް ޢަމަލެއް، އަންހެނުންނާއި ފިރިހެނުން އެއްވެ، ދެބައިމީހުންގެ މެދުގައި މަސްހުނިވުން އުފެދި އެކަހަލަ ފާޙިޝް ކަމަކަށް އޭގެއިން މަގުނުދައްކާ ކަމުގައިވާނަމަ، އެއީ މައްސަލައެއް އޮތްކަމެއް ކަމުގައި ނުދެކެމެވެ.”

ނޯޓް: މަތީގައިވަނީ ޖަމްޢިއްޔަތުއް ސަލަފް އާއި ސަން އެފް.އެމް ގުޅިގެން ކޮންމެ ހުކުރުދުވަހެއްގެ ރޭ 21:30 ން 22:55 ށް ސަން އެފް.އެމް އިން ބްރޯޑްކާސްޓްކުރާ “ޢިލްމީ ޚަޒާނާ” ގެ 72 ވަނަ ޕްރޮގްރާމްގައި 2010 އޯގަސްޓް 06 ވަނަ ދުވަހުގެ ރޭ އެހުންތެރިއަކު ކުރެއްވި ސުވާލަކަށް އައްޝައިޙް ޙަސަން މޫސާ ފިކުރީ ދެއްވާފައިވާ ޖަވާބެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މާހެފުންތައް ބާއްވާއިރު އިސްލާމްދީނުގައި ޙަރާމް ކަންތައްތައް މިކަމުގައިވެސް ކުރެވޭތަން ފެންނަމުން ދާކަމަކީ އިންތިހާއަށް ހިތާމަ ހުރިކަމެކެވެ. މިގޮތުން އިސްރާފުކުރުމާއި، ކަންދެއްކުމާއި، ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވުމާއި، ޙަރާމް މިއުޒިކާއި ލަވަޔާއި، ނެށުމާއި މިފަދަ ފާޙިޝް ކަންތައްތައް ފެންނަމުންދެއެވެ. ލައިވް މިއުޒިކާއި، ނެށުމަކީ މިފަދަ ކޮންމެ ޙަފްލާއެއްގައި އޮންނަންޖެހޭ ހަރަކާތެއް ކަމުގައި ބައެއް މީހުން ދެކެއެވެ. މާހެފުން ބޭއްވުމަށްޓަކައި ރަށްރަށަށް ދަތުރު ގޮސް ކުޅިވަރާއި މަޖަލުގައި ﷲ އަށް އުރެދޭ ހާލުގައި ރަމަޟާން މަހަށް މަރުޚަބާ ކިޔާ މީހުންވެސް މަދެއްނޫނެވެ. މިފަދަ މާހެފުންތައް ނިމޭއިރު ހަފާލަނީ މާއެކަންޏެއް ނޫނެވެ. ޢިއްފަތާއި، ޢިއްޒަތްވެސް އޮންނަނީ ހަފާލާފައެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

ވީމާ، ބަރަކާތްތެރި ރަމަޟާން މަހަށް މަރުޚަބާ ކިޔުމުގެ މިފަދަ ހަފްލާތައް ބާއްވާއިރުވެސް ﷲ އަށް ބިރުވެތިވެ، ﷲ ނަހީކުރެއްވި އެންމެހާ ޢަމަލުތަކުން ދުރުހެލިވާށެވެ. ތިމާމެންގެ ނަފްސުތައް ފާފަތަކުން ޠާހިރުކޮށް ﷲ ގެ ޙަޟުރަތަށް ތަޢުބާވެ ރުޖޫޢަވެގެންވާ ހާލުގައި ރަމަޟާން މަހާއި ބައްދަލުކުރުމަށް އަޒުމް ކަނޑައަޅާށެވެ. ﷲ އަޅުގަނޑުމެން އެންމެންނަށް އިސްލާމްދީނުގެ ހެޔޮވިސްނުމާއި، ހިދާޔަތާއި ތައުފީޤް ދެއްވާށިއެވެ. އާމީން.

ރާއްޖެއިސްލާމް.ކޮމް އިން ނަގާފައި

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދް

    ޙަސަން މޫސާ ފިކުރީ ޖަވާބު ދީފައި އެވަނީ އެވެސް ދަލީލަކަށް ބަލައިލުމެއް ނެތި ހަވާނަފްސައް ހެއްލިގެން ވާހާލު އޭނާގެ އުނި ބުއްދީން ނެވެ.
    އިސްލާމް ދީނަކި
    الله سبحانه وتعالى ވަޙީ ކުރެއްވި އެވެ.
    އަދި ނަބިއްޔާ صلى الله عليه وسلم حديث ކުރެއްވި އެވެ.
    މި ދެމަސްދަރަށް ރުޖޫޢަވެ މި ދެމަސްދަރުން ހެއްކާއި ދަލީލު ގެނައުމަކާއި ނުލާ އިސްލާމް ދީނައި ގުޅޭ ގޮތުން އޭނާގެ އުނި ބުއްދި އާއި ކޮށި ވިސްނުމުން ވާހަދައްކާ އަދި ކުރެވޭ ސުވާލު ތަކަށް ޖަވާބުދީ އެމީހެއް މޮޅުކަން ދައްކަން އުޅޭ މީހާއަކީ ނުރައްކާ ތެރި މީހެކެވެ.
    މިފަދަ މީސްމީހުންގެ ފުށުން އިސްލާމް ދީނުގެ މި މަތިވެރި ޢިލްމު ހޯދާނި ކޮން ގޮތަކުންތޯއެވެ؟
    މިފަދަ މީސްމީހުންގެ ފުށުން ދީނީ ޢިލްމުޙާސިލު ކުރުމުކީ ނުހަނަު ނުރައްތެރި އަނދަވަޅަކަށް އިސާނާ ވެެއްޓިގެން ހިނގާއި ދާނެކަމެކެވެ.
    ވީމާ ދެނެގައްނަން ޖެހޭ ޙަގީތަކީ އިސްލާމް ދީނާއި ގުޅޭ ކިތައްމެ ކުޑަސުވާލަކަށް ނަމަވެސް އަދި ކިތައްމެ ބޮޑު ސުވާލަކަށް ނަމަވެސް ޖާވާބު ލިބެން ޖެހޭނީ قرأن އާއި ނަބިއްޔާ صلى الله عليه وسلم ގެ ތާހިރު ސުންނަތުން ދާލީލާއި އެކުއެވެ.

    7
    9
  2. އަޙްމަދް

    ހަސަންް މޫސާ ފިކުރީ ޖަވާބުދީ ފައި އެވަނީ (އެނާ އަށް) ފެއްނަގޮތޭކިޔާފައެވެ!.
    ބަލަ އިސްލާމް ދީނަކީ އެމީހަކަށް ފެއްނަގޮތަކަށް ޖަވާބުދީ އެމީހަކަށް ފެއްނަގޮތަކަށް ޢަމަލަު ކުރަން އޮތް ދީނެއްތޯޢެވެ؟
    ބަލަ އިސްލާމް ދީނަކީ قرأن އާއި ނަބިއްޔާ صلى الله عليه وسلمގެ ޠާހިރު ސުއްނަތުން އެކަމަކަށް ދަލީލު ކޮއްމެހެން ވެސް ބޭނުން ވާނެ ދެމަސްދަރުކަން، ޙަސަން މޫސާ ފިކުރީ އަށް ނޭނގޫނީދޯ. ޙެހޭ!!!

    7
    10
  3. ދޮންބެ

    ދެޖިންސު މަސްހުނި ނުވާނަމަ އޯކޭއޭ ބުނާއިރު؛ ހުރިހާ އޮފީސްތަކެއްގަވެސް މިކަން ކުރަނީ ދެޖިންސު މަސްހުނިވެގެން. ދެން އަނެއް މައްސަލަޔަކީ ރޯދަޔާ ގުޅުވައިގެން މާ ހަފަނީ އެހެންކަމަށް ވާނަމަ އެކަން ސާބިތުވާންޖެހޭނެ.

  4. އައްލާ ބެއްޔާ

    އަލީރަމީޒުމެން ހެސްކިޔާފަ ކިއި ލަވަތައް އޯކޭ! އޭނާއަށް ވެސް އެލަވަތައް އޯކޭ!؟ ބަޔަކު އޭނާ ކައިރީގައި އެލަވަޖެއްސަސް އޯކޭ!؟؟

  5. އަޙްމަދް

    ޝަރްޢީ ގޮތުން
    ޙަސަނަށް ފެއްނަ ގޮތް!
    ސަމީރަށް ފެއްނަ ގޮތް!
    ސަމީމަށް ފެއްނަގޮތް!
    ޖަނާބައް ފެއްނަގޮތް!
    ކާސިމަށް ފެއްނަގޮތް!
    އަނެއްމީހަކަށް ފެއްނަ ގޮތް!
    މީ ކޮންފަދަ ޢަޖައިބެއްތޯ އެވެ؟
    އިސްލާމީ ޝަރީޢަތަކީ މިބައިމީހުން ނަށް ފެއްނަގޮތަކަށް ބަސްބުނެ ފެއްނަގޮތަކަށް ޢަމަލު ކުރަން އޮތް މިބައި މީހުންގެ ވާރުތަ މުދާތޯ!؟