އަހުންނާއި އުހުތުންނެވެ. ރަމަޟާން މަހުގެ އެންމެ މުހިއްމު ދިހަ ދުވަހަށް ގުނަން ފެށުނީއެވެ. ހިތްވަރާއެކު އާހިރަތް ބާއްޖަވެރި ކުރުމަށް ތެދުވަންވީއެވެ. ގަދައަޅާ މަސައްކަތް ކުރަންވީ 10 ދުވަސް އައިސް ޖެހުނީއެވެ. ލައިލަތުންޤަދުރީގެ ޘަވާބާ ދަރުމައަށް އެދި މަސައްކަތް ކުރަންވީއެވެ. ކާމިޔާބީ ފަލާހް ހޯދުމަށް ބުރަކޮށްވެސް ވަގުތުތައް ހޭދަކުރަން ޖެހޭ ދުވަސްތަކަކީ މިއީއެވެ.

ޢާއިޝާ رضي الله عنها ޤަދްރި ވިލޭރޭ ކުރަށްވާނެ ދުޢާއަކާއި ބެހޭގޮތުން ސުވާލުދެންނެވުމުން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.

”ކަމަނާ ވިދާޅުވާށެވެ. (اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)“

މާނައީ: ”އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާންދޭވެ.“

އެއްވެސް ރެޔަކު މި ދުޢާ ނުކޮށް ދޫކޮށް ނުލާށެވެ. ލައިލަތުންޤަދުރީގެ މާތްކަން ހޯދުމަށް އަބަދާ އަބަދު، މި ދުޢާ ކިޔަންވީއެވެ. ބުރަކޮށް އުޅެމުންވެސް ވަގުތު ހޯދާ، މި ދުޢާ ތަކުރާރު ކުރަންވީއެވެ.

ކިޔުންތެރިންގެ ހިޔާލު