ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނަސާރާ ދީނުގެ މީހުންނަށް މާދަމާ ފެށޭ ކްރިސްމަސް ބަންދުގައި އެ ދީނުގެ މީހުން ކިޔައި އުޅޭ ތަހުނިޔާ އެއް ކަމުގައިވާ "މެރީ ކްރިސްމަސް" މުސްލިމުން ކިޔުމަކީ މީހަކު މެރުމަށްވުރެން ބޮޑަށް ފާފަވެރިވާނެ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޒާކިރު ނައިކު ވިދާޅުވެއްޖެއެވެ.
އީސާގެފާނު އުފަންވި ދުވަސް ފާހަގަކުރަން ނަސާރާ ދީނުގެ މީހުން ފާހަގަކުރާ މި މުނާސަބަތުގައި މިފަހަކަށް އައިސް މުސްލިމުންވެސް މަޖާ ކުރުމުގެ ގޮތުން ބައިވެރިވަމުން އަންނަ ކަމަށާއި އެއީ ވަރަށް ފާފަކަން ބޮޮޑު ކަމެއް ކަމަށްބުނެ ޒާކިރު ނައިކު ވަނީ ޓްވީޓު ކުރައްވާފައެވެ.
"ނަސާރާ އިންނަށް "މެރީ ކްރިސްމަސް" ކިޔުމަކީ ޒިނޭ ކުރުމާއި މީހުން މެރުމަށް ވުރެންވެސް ފާފަކަން ބޮޑު ކަމެއް. އަހަރެން އުއްމީދު ކުރަން މުސްލިމުން މުސްލިމުން އެފަދަ ސްޓޭޓަސްތައްވެސް އަޕްލޯޑު ނުކުރާނެ ކަމަށް އެއީ މިކަން ފާހަގަ ކުރުމަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ އެންގެންވި އެންގެވުންތަކާއި ޙިލާފުވާ ކަންކަމަށް ވާތީ" ޒާކިރު ނައިކު ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ރަށްތަކުގެ ކައުންސިލްތަކުންވެސް ދަނީ އެރަށްރަށުގައި މި މުނާސަބާ ފާހަގަ ނުކުރެވޭނެ ކަމަށާއި އެފަދަ ކަންކަން ކުރާ ފަރާތްތައްވެސް ހުއްޓުވާނެކަމުގެ އިންޒާރި ދެމުންކަން ފާހަގަކޮށްލެވެއެވެ.
މިއީ ދިވެހިން ވަރަށް ކުދި ކަންތައްތައް ކަމަށް ދެކޭ ކަންކަން. އެކަމަކު ވިސްނާލައިފިނަމަ އެނގޭނެ "ﷲ އަށް ދަރިކަލަކު ވެޔޭ ، އެދަރިކަލުގެ އުފައްދުވަހުގެ ތަހުނިޔާ އަރިސްކުރަމޭ" މުސްލިމުންނަށް ހެޔޮ ވާނެތޯ؟ ބަޔަކު ކުރާ ޝިރުކު ގެ ހަފްލާތަކުން އަހަރުމެން ދުރު ކުރަންވާށިއެވެ.
ތިމަންކަލޭގެފާނު އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާދުވަހުގައި، ތިމަންކަލޭގެފާނުގެ މައްޗަށް سلام ހުށްޓެވެ. އެއީ مريم ގެފާނުގެ ދަރިކަލުން عيسى ގެފާނެވެ. މިއީ އެއުރެން އެބަސްފުޅާމެދު شك ކުރާ، حق ތެދުބަސްފުޅެވެ. ސޫރަތުލް މަރްޔަމް 33-34
މުސްލިމުން ކުރަންވީ ކަންތައްތައް މިއޮތީ ވަރައްރީތިކޮއް ފެންނަން ކީރިތި ގުރުއާނުންނާއި ކީރިތި ރަސޫލުއްﷲސައްލައްﷲއަލައަހިވަސައްލަމަގެސުންނަތުންވަރައްސާފު.
މެރީ ކްރިސްމަސް ކިޔުން ކަޑަ، ބުދަށް އަޅުކަން ކުރާ މީހުން ކިޔާ ނަމަކްތޭ ކިޔުން އޯކޭ...އެހެން ނުނ
ކުދިންނޭ ކުދިންނޭ ކޮމެންޓް ކުރުމުގެ ކުރިން ވިސްނަވާލައްވާ! ގުރުއާނުގައި މިކަމާބެހޭގޮތުން ހުރި އާޔަތްތައް ކިޔަވާލާ. މާނަ ނޭނގޭނަމަ މާނަވެސް ކިޔާލާ. އޭރުން ޒާކިރު ނައިކް އެވިދާޅު ބަސްފުޅަކީ ކޮބައިކަމާއި އޭގެ ހަގީގަތް ސާފުވާނެ. ނޭނގި ކޮމެންޓް ނުކުރައްވާ. ހަލާކުގެ މަގު ޚިޔާރު ނުކުރޭ.